ބިމުގެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދީފި

ކާށިދޫގެ ފަޅޯ ދަނޑެއް: އަގުތައް ކަނޑައެޅުމަށްފަހު ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ވެސް ޖެހޭ-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ކާށިދޫގެ ފަޅޯ ދަނޑެއް: އަގުތައް ކަނޑައެޅުމަށްފަހު ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ވެސް ޖެހޭ-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

މާލެ ފިޔަވައި އެހެން ރަށްރަށުގެ ބަންޑާރަ ގޯތި ފިޔަވައި، މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެރަށެއްގެ ކައުންސިލަކުން ކަމަށް ކަނޑައަޅައި ކަމާ ގުޅޭ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.

އެ އިސްލާހު ގެނެސްފައި ވަނީ ބިން ދޫކުރުމުގައި ބިމާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީއަށް ލިބޭ ބާރުތަކެއް އުވާލައި "ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ދޫކުރުމާ ބެހޭ ގަވައިދު" ގެ ނުވަ ވަނަ މާއްދާއަށެވެ.

އެ ގަވާއިދު ހަތަރު ވަނަ ފަހަރަށް އިސްލާހުކޮށް އަލުން ގެޒެޓް ކޮށްފައިވާއިރު އޭގައި ބުނީ އެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުންނެވެ. ގަވާއިދުގައިވާ ގޮތުން ކުލި ކަނޑައެޅުމުގައި ބަލަންޖެހޭނީ ތަނަވަސްކަމަށާއި އިގްތިސޯދީ ފުދުންތެރިކަމަށް އަދި ބިމުގެ ޑިމާންޑަށެވެ.

Advertisement

އެ ގަވައިދުގައި ބުނާ ގޮތުން އަގު ކަނޑައަޅާއިރު އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ އަގުތަކަށް ރިއާޔަތްކުރަންޖެހެ އެވެ. އަދި އެ އަގުތައް ކޮންމެ ދެ އަހަރަކުން އެއް އަހަރު މުރާޖައު ކުރަންޖެހޭ ކަމަށް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.

ދޫކުރާ ބިންތަކުގެ ކުލި ތަފާތު ކުރުމުގެ އިހުތިޔާރު ކައުންސިލްތަކަށް ލިބޭ ނަމަވެސް ފަތުރުވެރިކަމަށް ދޫކުރާ ބިންތައް ދޫކުރަން ޖެހޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox