ކޭން އިތުރު ވަގުތު ގޯލު ޖަހައި ޓޮޓެންހަމުން ސިޓީ ބަލިކޮށްފި، ލިވަޕޫލް ވިއްދާފައި

Feb 19, 2022, 8:40 PM
ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.

ލަންޑަން (ފެބްރުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ހެރީ ކޭން އިތުރު ވަގުތުގައި ޖެހި ގޯލުން ޓޮޓެންހަމް ހޮޓްސްޕާސް އިން 3-2 އިން އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބަލިކުރިއިރު، ދެ ވަނައިގައި އޮތް ލިވަޕޫލުން ލީގުގެ ރޭހުގައި ސިޓީ ފަހަތުގައި ވިއްދައިފި އެވެ.

ލިވަޕޫލުން ވަނީ މިރޭ ފަހަތުން އަރައި ނޮރިޗް ސިޓީ އަތުން 3-1 އިން މޮޅުވެފަ އެވެ. ލިވަޕޫލްގެ މެޗު އޮތީ ކުރިންނެވެ. އެ ޓީމު މޮޅުވުމުން ސިޓީގެ ލީޑު ވަނީ ހަ ޕޮއިންޓަށް ކުޑަވެފަ އެވެ. ސިޓީ އަށް ޓޮޓެންހަމް ބަލިކޮށް އަލުން ނުވަ ޕޮއިންޓަށް ލީޑުފުޅާުކުރުމުގެ ފުރުސަތު އޮތް ނަމަވެސް ބަލިވުމުން ހަ ޕޮއިންޓުގެ ލީޑަކުން ފަރުޖައްސާލަން ޖެހުނީ އެވެ. ލިވަޕޫލުން މެޗު ހަމަކުރާއިރު، ސިޓީއާ ތިން ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ސިޓީ އެއް ވަނައިގައި އޮތީ 26 މެޗުން 63 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ދެ ވަނައިގައި އޮތީ 25 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދާދި ފަހުން ކްލަބް ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ޗެލްސީން މިރޭ ވަނީ ފަހު ވަގުތު ހަކީމް ޗިޔެޗް ޖެހި ގޯލުން 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ޗެލްސީ އަށް ވަނީ 25 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލް ހާސްކޮށްލުމަށް ފަހު ދެ ވަނަ ހާފުގެ ކުރީކޮޅުގައި ނޮރިޗް ސިޓީން ލީޑުނެގީ މިލޯސް ރަޝީކާ ޖެހި ގޯލުންނެވެ. މެޗުގެ 48 ވަަނަ މިނިޓްގައި ރަޝީކާ އޭރިއާބޭރު ރޮނގުކައިރިން ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.

ބަދަލުތައް ގެނެސްގެން ލިވަޕޫލުން މޮޅުވާން މަސައްކަތްކުރިއިރު، ދެ ގޯލު ޖެހީ ތިން މިނިޓް ތެރޭގަ އެވެ. މެޗުގެ 64 ވަނަ މިނިޓްގަައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ކޮސްޓާސް ސިމިކާސް ދިން ބޯޅައަކުން ސަޑިއޯ މާނޭ އެކްރަބެޓިކް ކިކަކުން ޖެހި ގޯލަކުންނެވެ. އޭގެ ތިން މިނިޓް ފަހުން ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަވަސްކޮށްލާފައި ކުރިއަށް ކުޅުނު ބޯޅައެއް ހޯދައި، މުހައްމަދު ސަލާހު ވަނީ ނޮރިޗް ސިޓީ ކީޕަރު އެންގަސް ގަން ކައިރިން ނައްޓާފައި ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، ސަލާހު ލިވަޕޫލަށް ޖަހައިިދިން 150 ވަނަ ގޯލެވެ. ސަލާހަކީ ލިވަޕޫލަށް 150 ގޯލު ހަމަކުރި 10 ވަނަ ކުޅުންތެރިޔާ އެވެ.

ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ލުއިޒް ޑިއާޒް އެވެ. ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލުން ގެނައި ޑިއާޒް މި ގޯލު ޖެހީ ކެޕްޓަން ޖޯޑަން ހެންޑަސަން ދިން ބޯޅައަކުންނެވެ.

ޖެހިޖެހިގެން ތިން މެޗުން ބަލިވެފައި އޮތްނަމަވެސް ޓޮޓެންހަމުން މިރޭ ނުކުތީ އިތުބާރާ އެކު އެވެ. ޓޮޓެންހަމުން މެޗުގެ ހަތަރު ވަަނަ މިނިޓްގައި ލީޑުނެގީ ކައުންޓަ އެޓޭކެއްގައި ސޮން ހެއުން މިން ހުސްކޮށްލާފައި ދިން ބޯޅައަކުން ޑޭޖާން ކުސުލެވްސްކީ ޖެހި ގޯލުންނެވެ. މެޗުގެ 33 ވަނަ މިނިޓްގައި ޓޮޓެންހަމް އޭރިއާތެރެއިން ތަނަވަސްވި ފުރުސަތެއްގައި ސިޓީ އަށް އެއްވަރުކޮށްދިނީ އިލްކާއި ގުންޑޮގާން އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 59 ވަނަ މިނިޓްގައި ޓޮޓެންހަމުން ދެ ވަނަ ފަހަރަށް ލީޑުނެގީ ކޭން ޖެހި ގޯލުންނެވެ. ސޮން ހުސްކޮށްލާފައި އޭރިއާތެރެއިން ކޭން އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

ސިޓީން އެއްވަރުކުރީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ރިޔާދު މާރޭޒް މަތީ ކަނަށް ފޮނުވާލި ޕެނަލްޓީންނެވެ. މިއީ އެރިއާތެރެއިން ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އަތުގައި ބޯޅައިން ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ އެންތަނީ ޓޭލާ ދިން ޕެނަލްޓީ އެކެވެ.

ޓޮޓެންހަމް މެޗުން މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގަ އެވެ. ކުސުލެވްސްކީ ނެގި ހުރަހަކުން ކޭން މި ގޯލު ޖެހީ ބޮލުންނެވެ.

ލީގު ތާވަލުގެ ހަތަރު ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 25 މެޗުން 43 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނަ އަށް އަރަން ފުރުސަތު އޮތް ވެސްޓް ހޭމް ޔުނައިޓެޑް މިއަދު ވަނީ 1-1 އިން ނިއުކާސަލާ އެއްވަރުވެފަ އެވެ. ވެސްޓް ހޭމަށް 26 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. އާސެނަލުން މިރޭ 2-1 އިން ބްރެންޓްފޯޑް ބަލިކުރިއިރު، ހަ ވަނައިގައި އޮތީ 23 މެޗުން 42 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް ހަތް ވަނައިގައި އޮތީ 23 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރެލިގޭޝަން ޒޯނުގައި އޮތް ވަޓްފޯޑުން 1-0 އިން އެސްޓަން ވިލާ ބަލިކުރިއިރު، ބްރައިޓަން ދަނޑުގައި ބާންލީ ވަނީ 3-0 އިން ބޮޑު މޮޅެއް ހޯދައިފަ އެވެ. އަދި ސައުތެމްޓަނުން ވަނީ 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox