ސަވާދީއްތަ ދަތުރުން ދިވެހިންނާއި ޓޫރިސްޓުން ގުޅުވާލަދީފި

ސަވާދީއްތަ ދަތުރުގައި ބައިވެރިވި ޔޮޓްތައް ރަށެއްގަ ބަނދަރުކޮށްފައި: ރަށްރަށުން ޓޫރިސްޓުންނަށް ކީ ހޫނު މަރުހަބާ އެއް-- ފޮޓޯ/ އެމްއައިޓީޑީސީ

ސަވާދީއްތަ ދަތުރުގައި ބައިވެރިވި ޔޮޓްތައް ރަށެއްގަ ބަނދަރުކޮށްފައި: ރަށްރަށުން ޓޫރިސްޓުންނަށް ކީ ހޫނު މަރުހަބާ އެއް-- ފޮޓޯ/ އެމްއައިޓީޑީސީ

ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުން ދައްކާލާ، ސެއިލިން ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމަށް އިންތިޒާމުކުރި، ސަވާދީއްތަ ދަތުރު ވެގެން ދިޔައީ ހީކުރި ވަރަށްވުރެ ކާމިޔާބު ދަތުރަކަށެވެ. ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ވެސް، އެ ރެލީ ކާމިޔާބު ވާނެ ކަމަށް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް، ފުރަތަމަ ރެލީން ވެސް ރަށްފުށުގެ ދިރިއުޅޭ ފަރާތްތަކާއި ޓޫރިސްޓުންނާ ދެމެދު 'ހިތާއިހިތުގެ' ގުޅުމެއް ވަނީ އުފެދިގެން ގޮސްފަ އެވެ.

ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދިވެހިންގެ ދިރިއުޅުން ހުންނަ ގޮތް ޓޫރިސްޓުންނަށް ބުނެ ދިނުމަކީ މި ދަތުރުގެ އެއް މަގުސަދެވެ. ރަށްރަށުގެ ކައުންސިލްތަކުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވި އެވެ. އެ ރަށެއްގަ ކުޅެއުޅޭ ކުޅިވަރުތަކާއި އެ ރަށަކަށް ހާއްސަ ކެއުންތަކާއި ކުރާ މަސައްކަތްތައް ފެންނާނެ ގޮތަށް ކަންކަން އިންތިޒާމުކޮށް، ރެލީގައި ބައިވެރިވި ޓޫރިސްޓުންނަށް ކީ ހޫނު މަރުހަބާއެކެވެ.

SS
SS

SS

ދަތުރުގެ އަންހެން ބައިވެރިއަކު ރަށަކަށް ގޮސް ކަޅުހިލަ ދައެއްގެ ކަރީ ތިރި ގޮނޑިއެއްގައި ހަވާދު ފުނޑަން އިށީނދެ އިން މަންޒަރުން މެސެޖު ސާފެވެ. ދިވެހިންވަންތަ ދިރިއުޅުމަށް ޓޫރިސްޓުންގެ ޝައުގުވެރިކަން ހުރިވަރު އެކަމުން އެކަނިވެސް އެނގިގެން ދެ އެވެ.

"ފާހަގަ ކުރެވުނު، ދިވެހި ކެއުންތައް ޓޫރިސްޓުންނަށް ވަރަށް ކަމުދިޔަކަން، މިރަށުގައި ހަދާ ހާއްސަ އެއްޗެއް ރަސަމް އަކީ، އެއީ ޑަބިޔަލުގަ ހަދާ ކުކުޅެއް،" ނ. މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހުމާނު ސޮބީހު ވިދާޅުވި އެވެ. "ކުރުފަލީގައި އެމީހުންނަށް މަރުހަބާކީ، ހުރިހާ ކަމަކާ ވެސް އެމީހުން ވަރަށް ގަޔާވި."

ޓޫރިޒަމް ފުޅާކުރުމުގެ ބޮޑު ޕްލޭނެއް އޮތް މަނަދޫ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ސަވާދީއްތަ ދަތުރުގެ ސަބަބުން އެރަށުގައި ޓޫރިޒަމް ތައާރަފު ކުރުމަށް ކުރާ މަސައްކަތަށް އިތުރު ހިއްވަރެއް ލިބިގެން ހިނގައްޖެ އެވެ.

މިރަށުގައި ވަނީ ސިޓީ ހޮޓަލެއް އެޅުމަށް ބިން ވެސް ދޫކޮށްފައި، ގެސްޓު ހައުސް އެޅުމަށް 20 ބިން ލޭންޑް ޔޫސް ޕްލޭނުގައި ކަނއަޅާފައި ވާނެ، ހޯމް ސްޓޭ އަށް ހުޅުވާލުމަށް ތަންތަން ރަޖިސްޓްރީ ކުރަމުން ވެސް އެބަ ގެންދޭ، ސަވާދީއްތަ ދަތުރުގެ ސަބަބުން ވަރަށް ބޮޑު ޔަގީންކަމެއް ލިބިއްޖެ، އެއީ މިރަށް އިސްތިހާރު ވުމަށް ވެސް ލިބުނު ފުރުސަތެއް،" ސޮބީހު ވިދާޅުވި އެވެ.

ނ. ލަންދޫ ކައުންސިލުގެ ރައީސް އަބަދުލް އަޒީރު މުހައްމަދު ވިދާޅުވީ، ސަވާދީއްތަ ދަތުރުގެ ބައިވެރިން އެ ރަށަށް ދިޔަ ދުވަހަކީ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ، މުޅި ރަށަަށް ވަރަށް ބޮޑު އުފަލެއް ލިބުނު ދުވަހެއް ކަމަށެެވެ.

"އެ ދުވަހަށްޓަކައި މިރަށުގެ އަވަށްތަކުން ވާދަވެރި ކަމާއެކު ތައްޔާރުވި، ދަތުރުގެ ބައިވެރިން ތިބީ މިރަށުން ފުރައިގެން ދާން ބޭނުންނުވެފަ، އެހާވެސް ފުރިހަމައަށް މިރަށުން ކަންތައް އިންތިޒާމު ކުރެވި، މިރަށް ޓޫރިސްޓުންނަށް ކަމުދިޔަ،" އަބްދުލް އަޒީޒު ވިދާޅުވި އެވެ.

ދެ ގެސްޓުހައުސް ލަންދޫގައި ހިންގާއިރު، އެރަށުން ވެސް އަންނަނީ ހޯމް ސްޓޭގެ ވިޔަފާރިއަށް ވަނުމަށް ތައްޔާރުވަމުންނެވެ.

މިމަހުގެ ފަސްވަނަ ދުވަހު، ސަވާދީއްތަ ދަތުރު ފެށިއިރު، އޮމިކްރޯން ވޭރިއަންޓުގެ ސަބަބުންނާއި އާ އަހަރުގެ ޗުއްޓީ ތެރޭގައި ގިނަ ބަޔަކު ރަށަރަށަށް ދަތުރު ކުރުމުން ސަބަބުން ކޮވިޑް-19 ގެ ހާލަތު އޮތީ ގޯސްވެފަ އެވެ. ބައެއް ރަށްތައް މުނިޓަރިންއަށް ލުމާ ގުޅިގެން، ސަވާދީއްތަ ދަތުރުގެ ދެ ރަށެއް ޝެޑިއުލް އިން އުނިކުރަން މަޖުބޫރުވި އެވެ. ހަތް ޔޮޓާ އެކު ކުރި ކާކިޔާބު ދަތުރު، މާލެ އަތޮޅު ފަރި މޯލްޑިވްސް ރިސޯޓުގަ ރޭ ބޭއްވި ގާލާ ނައިޓާއެކު ވަނީ ނިންމާލައިފަ އެވެ.

ސަވާދީއްތަ ދަތުރު އިންތިޒާމުކުރާ މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ޓީމުން ދަތުރުގެ ބައިވެރިންނާ އެކު ހުރިހާ ރަށްތަކަށް ޒިޔާރަތްކުރި އެވެ. ރަށްރަށުގެ ކައުންސިލްތަކުން ދަތުރަށް ދިން އެއްބާރުލުން އެމްޓީޑީސީން ފާހަގަ ކުރެ އެވެ. ގޮންޖެހުމާއި ކުރިމަތިލައި އެމްއައިޓީޑީސީން ވަނީ ސަވާދީއްތަ ދަތުރު ކާމިޔާބުކޮށްފަ އެވެ.

"ކުރިން ޓޫރިސްޓުންނަށް ވިސްނިފައި އޮތީ ދީނާއި ސަގާފަތުގެ ގޮތުން ދިވެހިންނާ ހުރެދާނެ ދުރުކަމެއް، ރަށްރަށުން ލިބުނު މެހެމާންދާރީ ޓޫރިސްޓުންނަށް ވަރަށް ކަމުގޮސްފި، ރެލީގެ ބައިވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި،" އެމްއައިޓީޑީސީގެ ޑިރެކްޓަރު އަޒްހާނާ ޝަފީގު ވިދާޅުވި އެވެ. "މަލާފަތުގައި ގެންނަ ދިވެހި ކޭން، ވަރަށް ކަމުދިޔަ، ކަލްޗާ އެކްސްޕީރިއަންސް ކުރަން ޓޫރިސްޓުން ބޭނުންވޭ،"

ދަތުރުގައި ބައިވެރިވި ދުނިޔޭގެ މަޝްހޫރު ސެލިބްރިޓީ ޔޮޓް، "ސެއިލިން ޒަޓާރާ" އިން ވަނީ ހދ. ކުޑަމުރައިދޫގަ އެ ޔޮޓް ބަނދަރުކުރާ ވީޑިއޯއެއް، ޔޫޓިއުބް ޗެނަލްގައި ހިމަނާފަ އެވެ. އެނޫން ވެސް ފަރާތްތަކުން ދަތުރުގެ ވަރަށް ގިނަ ފޮޓޯތައް ސޯޝަލް މީޑިޔާގައި ހިއްސާ ކޮށްފައިވެ އެވެ.

އެމްއައިޓީޑީސީގެ އުންމީދަކީ މިދަތުރަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އިވެންޓަކަށް ހެދުމެވެ. ރާއްޖޭގެ ބައިގަރުނުވީ ޓޫރިޒަމްގައި ނުދީ އޮތް އަހަމިއްޔަތު ރިޔަލުގަ ދިގު ދަތުރުކޮށްފައި އަންނަ ޓޫރިސްޓުނަށް ދިނުމެވެ. ދިވެހިންގެ ތާރީހާއި ސަގާފަތުގެ ސަފްހާތައް ޓޫރިސްޓުންނަށް ހުޅުވާލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox