ޔޫކްރެއިން މައްސަލަ: ބޯޑަރު ކައިރިން ރަޝިއާގައި ކުއްލި ނުރައްކާ އިއުލާނުކޮށްފި

ޔޫކްރެއިންގެ ރެފިއުޖީން. -- ފޮޓޯ: އޭޕީ

ޔޫކްރެއިންގެ ރެފިއުޖީން. -- ފޮޓޯ: އޭޕީ

އިރުމަތީ ޔޫކްރެއިންގެ ރައްޔިތުން އިވެކުއޭޓް ކުރަން ފެށުމާ އެކު ޔޫކްރެއިނާ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ރަޝިއާގެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް އަކީ ރަޝިއާއިން ތާއީދު ކުރާ ގްރޫޕުތަކުން އަމިއްލަ ޖުމްހޫރިއްޔަތުތަކެއް ހިންގާ ތަންތަނެވެ.

ހުކުރު ދުވަހު ޑޮނެސްކް އާއި ލުހާންސްކްގެ ވެރިން ވިދާޅުވީ ޔޫކްރެއިން ސިފައިން އެ ހިސާބުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވާތީ ރައްޔިތުން އިވެކުއޭޓް ކުރަން ނިންމާފައިވާ ކަމަށެވެ.

ރަޝިއާގެ ރޮސްޓޮވް ސަރަހައްދުގެ ގަވަރުނަރު ވަސިލީ ގޮލުބޭވް ވިދާޅުވީ ގިނަ ބަޔަކު ބޯޑަރު ހުރަސްކޮށް ރަޝިއާއަށް އެތެރެވަމުން ދާތީ، ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާ ކަމަށެވެ.

އިރުމަތީ ޔޫކްރެއިންގައި ހަމަނުޖެހުން ބޮޑުވީ 2014 ވަނަ އަހަރު ރަޝިއާއަށް ތާއީދު ކުރާ ގްރޫޕްތަކުން ސަރުކާރާ ވަކިވެގަތުމުންނެވެ. އެ ފަހަރު ރަޝިއާއިން ވަނީ ޔޫކްރެއިންގެ ކްރިމިއާ ސަރަހައްދު ހިފާފަ އެވެ. އޭގެ ފަހުން ހަމަލާ ބަދަލުކުރުންތަކުގައި 14،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ރަޝިއާގެ އެމެޖެންސީޒް މިނިސްޓްރީން ބުނީ ޔޫކްރެއިނުން އެތެރެވާ މީހުންނަށް އެހީވުމަށް ހިންގާ އޮޕަރޭޝަނުގައި 400 މުވައްޒަފުންނާއި 150 އުޅަނދު ބޭނުން ކުރަމުންދާ ކަމަށެވެ.

ޑޮނެސްކްގެ އެމެޖެންސީ ހިދުމަތުން ހޮނިހިރު ދުވަހުގެ ހެނދުނު ބުނީ މިހާތަނަށް 6،600 މީހުން އިވެކުއޭޓްކޮށްފައިވާ ކަމަށެވެ. ރަޝިއާއިން ބުނީ އެ މީހުންނަށް ސިއްހީ އަދި ނަފްސާނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ލުހާންސްކްގެ ކަމާ ބެހޭ އިދާރާތަކުން ބުނީ 25،000 އަށް ވުރެ ގިނަ މީހުން އަމިއްލައަށް ބޯޑަރު ހުރަސްކޮށްފައިވާ ކަމަށާއި އިތުރު 10،000 މީހުންނަށް ބޯޑަރު ހުރަސްކުރަން އެހީވަމުންދާ ކަމަށެވެ.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ހުކުރު ދުވަހު ސަރުކާރަށް އެންގެވީ ބޯޑަރު ހުރަސް ކުރާ ކޮންމެ މީހަކަށް 100 ޔޫރޯ ނުވަތަ 10،000 ރޫބަލް ދިނުމަށެވެ. އިވެކުއޭޓް ކުރާ މީހުންނަށް ހާއްސަ ރެފިއުޖީ ކޭމްޕުތައް އަޅަން ވެސް ޕުޓިން ވަނީ އަމުރު ކުރައްވާފަ އެވެ.

ޔޫކްރެއިން ސަރުކާރުން މީގެ ކުރިން ބުނީ އިރުމަތީ ހިސާބުތަކަށް ހަމަލާއެއް ދޭން ނޫޅޭ ކަމަށެވެ. ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލޭބާ ވިދާޅުވީ "ރަޝިއާއިން ފަތުރަނީ ދޮގު ހަބަރުތަކެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox