ޔޫކްރެއިން މައްސަލަ: ބައިޑެން ވިދާޅުވީ ޔޫކްރެއިނަށް އަރަން ޕުޓިން ނިންމަވައިފި ކަމަށް

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިނަށް ސިފައިން ފޮނުވަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ނިންމަވައިފި ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަންޒަރު ފެންނާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެންގެ ވާހަކަ ބިނާކުރެއްވީ އެމެރިކާގެ ޖާސޫސީ މައުލޫމާތަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަޝިއާގެ ހަމަލާ ޔޫކްރެއިންގެ ވެރިރަށް ކިޔެވް އަށް އަމާޒު ކުރާނެ ކަމަށް ބެލެވެ އެވެ.

ޔޫކްރެއިން ހިފަން ނޫޅޭ ކަމަށް ރަޝިއާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ރަޝިއާއިން މަސައްކަތް ކުރަނީ ޔޫކްރެއިންގައި ސަރުކާރާ ވަކިވެގަނެގެން އުޅޭ ރަޝިއާއަށް ތާއީދު ކުރާ ގްރޫޕުތަކުން ކޮންޓްރޯލް ކުރާ އިރުމަތީ ހިސާބުތަކުގައި ބޮޑު ކާރިސާއެއް ހިނގާ ކަމަށް ދެއްކުމަށް ފަހު، ޔޫކްރެއިންގެ އެހެން ސަރަހައްދުތަކަށް އެރުމަށެވެ.

އެމެރިކާއިން ލަފާކުރާ ގޮތުގައި އިރުމަތީ ޔޫކްރެއިނާއި ބޯޑަރު ކައިރީގައި ރަޝިއާގެ 169،000 އާއި 190،000 އާ ދެމެދުގެ އަދަދަކަށް ސިފައިން ޖަމާވެފައި އެބަ ތިއްބެވެ.

އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް އަކީ ރަޝިއާއިން ތާއީދު ކުރާ ގްރޫޕުތަކުން އަމިއްލަ ޖުމްހޫރިއްޔަތުތަކެއް ހިންގާ ތަންތަނެވެ. އެމެރިކާއިން އަންދާޒާ ކުރި ސިފައިންގެ އަދަދުތަކުގެ ތެރޭގައި އެ ދެ ތަނުގައި ތިބި ފައުޖުތައް ވެސް ހިމެނެ އެވެ.

ހުކުރު ދުވަހު ޑޮނެސްކް އާއި ލުހާންސްކްގެ ވެރިން ވިދާޅުވީ ޔޫކްރެއިން ސިފައިން އެ ހިސާބުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވާތީ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން އިވެކުއޭޝަން ޒޯނެއްގެ ގޮތުގައި ރައްޔިތުން ގެންދާނީ ރަޝިއާ އަށެވެ.

ނަމަވެސް ޔޫކްރެއިނުން މީގެ ކުރިން ބުނީ އިރުމަތީ ހިސާބުތަކަށް ހަމަލާއެއް ދޭން ނޫޅޭ ކަމަށެވެ. ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލޭބާ ވިދާޅުވީ އެއީ "ރަޝިއާއިން ފަތުރާ ދޮގު ހަބަރުތަކެއް" ކަމަށެވެ.

ރަޝިއާ ސަރުކާރުން ބުނީ އިރުމަތީ ޔޫކްރެއިނުން އިވެކުއޭޓް ކުރާ މީހުންނަށް ހާއްސަ ރެފިއުޖީ ކޭމްޕުތައް އަޅަން ރައީސް ޕުޓިން އަމުރު ކުރައްވާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox