އަސްކަރީ އިންޓެލިޖެންސްގެ ވެރިއަކަށް ޒުހުރީ

ޒުހުރީ މިދިޔަ އަހަރު ބްރިގޭޑިއާ ޖެނެރަލަކަށް ހެއްދެވުމަށް އެކަމުގެ ނިޝާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާގެ ޔުނީފޯމުގައި ހަަރުކޮށްދެނީ: ޒުހުރީ މީގެ ކުރިން ހުންނެވީ ރިޔާސީ ގާޑުންގެ ވެރިއެއްގެ ގޮތުގައި އަދި އޭގެ ކުރިން ހުންނެވީ ފަޔާ ސާވިސްގެ ކޮމާންޑަރަކަށް -- ފޮޓޯ: ރައީސް އޮފީސް

ޒުހުރީ މިދިޔަ އަހަރު ބްރިގޭޑިއާ ޖެނެރަލަކަށް ހެއްދެވުމަށް އެކަމުގެ ނިޝާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާގެ ޔުނީފޯމުގައި ހަަރުކޮށްދެނީ: ޒުހުރީ މީގެ ކުރިން ހުންނެވީ ރިޔާސީ ގާޑުންގެ ވެރިއެއްގެ ގޮތުގައި އަދި އޭގެ ކުރިން ހުންނެވީ ފަޔާ ސާވިސްގެ ކޮމާންޑަރަކަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ އިންޓެލިޖެންސް ސާވިސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ އައްޔަންކޮށްފި އެވެ.

ޒުހުރީ މިހާތަނަށް ހުންނެވީ ރިޔާސީ ގާޑުންގެ ކޮމާންޑަރަކަށެވެ. އޭގެ ކުރިން ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑަރަކަށް ވެސް ހުންނެވި އެވެ. އަދި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިމާލްގެ ދަށުން މީގެ ކުރިން އިންޓެލިޖެންސް ސާވިސްގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ޑިފެންސް އިންޓެލިޖެންސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި މީގެ ކުރިން ހުންނެވި ވައިސް ޗީފް އޮފް ޑިފެންސް ފޯމް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ ބަދަލުގައި އެ މަގާމަށް ޒުހުރީ އައްޔަން ކުރީ މިދިޔަ މަހުކަން މި ނޫހަށް އެނގިފައިވެ އެވެ.

ސިފައިންގެ މީޑިއާ އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ ސިފައިންގެ މަގާމުތަކަށް އަންނަ ބަދަލުތަކުގެ ތަފްސީލަކީ ހާމަ ކުރާ މައުލޫމާތެއް ނޫން ކަމަށެވެ. އެހެންކަމުން އަސްކަރީ އިންޓެލިޖެންސްގެ ވެރިޔާ ބަދަލުވި ތާރީހު ސީދާ ކަށަވަރުވެފައެއް ނުވެ އެވެ.

"ވަކި ރޭންކެއްގެ މަގާމުތަކަކީ އަބަދުވެސް ބަދަލު ކުރެވެމުންދާ މަގާމްތައް. އެބޭފުޅުން ހޯއްދަވާ ތަމްރީނުތަކާއި ވަރަށް ބައިވަރު ކަންކަމަށް ބަލާފަ މި ބަދަލުތައް ގެންނާނީ. އެކަމަކު އެއީ އެއްވެސް އިރަކު ސިފައިން ހާމަކުރާ މައުލޫމާތެއް ނޫން،" ހަނާ ވިދާޅުވި އެވެ.

ސިފައިންގެ އިންޓެލިޖެންސްގެ ވެރިޔަކަށް އަބްދުއްރަހީމް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ، 2016 ގަ އެވެ. އެހެންކަމުން ޑިފެންސް އިންޓެލިޖެންސްގެ ވެރިޔާ މި ބަދަލުވީ ހަ އަހަރަށްފަހު އެވެ. ނަމަވެސް މިހާރު ވެސް ސިފައިންގެ ބައެއް އެހެން އިސް މަގާމުތައް އަބްދުއްރަހީމް ފުރުއްވަ އެވެ. އޭގެ ތެރޭގައި ސިފައިންގެ މާލީ ޒިންމާދާރު ވެރިޔާގެ މަގާމު ހިމެނެ އެވެ.

މީގެ 37 އަހަރު ކުރިން ފެބްރުއަރީ، 1985 ގައި ސިފައިންގެއަށް އެންލިސްޓު ކުރެއްވި އަބްދުއްރަހީމް، 57، އަށް ވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އެވޯޑް މިދިޔަ އަހަރު ލިބިވަޑައިގެންފަ އެވެ. އެ މުއްދަތުގައި އަބްދުއްރަހީމް ވަނީ އަސްކަރީ ގިނަ ތަމްރީނުތަކެއް ހައްދަވައި، ސިފައިންގެއަށް މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox