ކޭން ގަންނަން ސިޓީ އިން ވަރަށް މަސައްކަތްކުރި: ގާޑިއޯލާ

Feb 19, 2022, 4:49 AM
ކޭން ގަންނަން ސިޓީ އިން ވަރަށް މަސައްކަތްކުރި: ގާޑިއޯލާ

މެންޗެސްޓާ (ފެބްރުއަރީ 19) - ޓޮޓެންހަމްގެ މުހިންމު ފޯވާޑް ހެރީ ކޭން ގަތުމަށް މެންޗެސްޓާ ސިޓީން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި އެކަމަކު، ޓޮޓެންހަމުން އޭނާ ވިއްކާލަން ބޭނުން ނުވީ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ވާދަކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނަ ބަޔަކު ގާޑިއޯލާއާ ސުވާލުކޮށްފައިވަނީ ޓޮޓެންހަމްގެ ފޯވާޑް ކޭންއާ ބެހޭގޮތުން.

ކޭން އަކީ މި ސީޒަން ފެށުމުގެ ކުރިން ސިޓީން ގަންނަން އެންމެ ބޮޑަށް މަސައްކަތްކުރި ކުޅުންތެރިޔާ އެވެ. ކޭން ގަތުމަށް ތިން ފަހަރެއްގެ މަތިން ސިޓީން ބިޑް ކުރިކަމަށް ރިޕޯޓްތައް ބުނެ އެވެ. ސިޓީގެ ވާދަވެރި ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ވެސް ކޭން ހޯދުމަށް ރޭހުގައި އޮތެވެ. އެކަމަކު، ޓޮޓެންހަމުން ސާބިތުވެތިބެ، ޓްރާންސްފާ މާކެޓް ނިންމާލީ ކޭން ކްލަބްގައި ބެހެއްޓުމުގައި ކާމިޔާބު ހޯދައިގެންނެެވެ.

"ކޭން ގަންނަން އަހަރުމެންނަށް އެތައް ފަހަރަކު މަސައްކަތް ކުރެވިއްޖެ. އެއް ފަހަރަކު ދެ ފަހަރަކު އެއް ނޫން. ހަތަރު ފަހަރަށް ވެސް މަސައްކަތް ކުރެވިއްޖެ. އެކަމަކު، ދެން ހިއެއް ނުވޭ ސިޓީން އެކަމާ އުޅޭނެހެން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ކޭން ވިއްކާލަން ބޭނުންނުވީ ޓޮޓެންހަމުން ކަމަށާއި، ސިޓީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ. ގާޑިއޯލާ ބުނީ ކޭން ނުގަނެވުނު ކަމުގައި ވިޔަސް މިވަގުތު ސިޓީ އޮތީ އޭނާ ހިތްހަމަޖެހޭ ހަލާތުގައި ކަމަށެވެ.

ކޭން ނުގަނެވުމުން އޭރު ގާޑިއޯލާ އާއި ސިޓީގެ މެނޭޖްމަންޓާ ދެމެދު ހިތްހަމަނުޖެހުންތަކެއް ދިޔަކަށް ކުރިމަތިވި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ގާޑިއޯލާ ބުނީ ކުލަބުގެ ބާރުގައި ހުންނަ ކަންކަން އަބަދުވެސް ކުލަބުން ކުރަމުން އަންނަ ކަމަށެވެ. ޓްރާންސްފާ މާކެޓްގައި ހިނގާ ގިނަ ކަންކަމަކީ ކްލަބަށް ބާރުފޯރުވޭ ވަރަށް ވުރެ އެހެން ބައެއްގެ ކޮންޓްރޯލްގައި އޮންނަ ކަމެއް ކަމަށްވާތީ ޓްރާންސްފާގައި ހިނގާ ކަންތައްތަކުގައި ކުލަބާ ދެމެދު ދެބަސްވުމެއް ނޯންނާނެ ކަމަށެވެ. އަދި ކަމެއް ދިމާވެއްޖެ ނަމަ ވާހަކަދައްކައިން ކަންކަން ހައްލުކުރެވޭނެ ގާބިލުކަން ސިޓީގެ ހުންނާނެ ކަމަށާއި އޭގެއާ ބެހޭ ހުރިހާ މައުލޫމާތަކީ މީޑިއާ އަށް ތިލަވާންޖެހޭ ކަންކަމެއް ނޫން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މެންޗެސްޓާ ސިޓީން ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި އެކުލަބަށް ގެނައި ކުޅުންތެރިއަކީ ރިވަ ޕްލޭޓްގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. މި ސީޒަންގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން އަލްވަރޭޒް ހުންނާނީ ރިވާ ޕްލޭޓްގަ އެވެ. އޭނާ އަކީ އާޖެންޓީނާ މީޑިއާ އިން ސިފަކުރާގޮތުގައި މުސްތަގުބަލުގައި އާޖެންޓީނާގެ އެއް ވަނަ ފޯވާޑެވެ.

ސިޓީ ދަނޑުގައި މިރޭ ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox