ގައުމީ ބާސްކެޓްބޯޅަ ލީގު: ކިންގްސް އާއި ޓީރެކްސް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި

ގައުމީ ބާސްކެޓްބޯޅަ ލީގު: ކިންގްސް އާއި ޓީރެކްސް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގައި ޓީރެކްސް ބާސްކެޓްބޯޅަ ކްލަބާއި ކިންގްސް ބާސްކެޓްބޯޅަ ކްލަބުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ޓީރެކްސް އާއި ކިންގްސް އިން ވަނީ ކާމިޔާބުކޮށްފަ އެވެ. މި ދެ ޓީމުގެ ފަހަތުން ރެޑްވިންގްސް ބީސީ އާއި ދަ ބައުސް ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްފަ އެވެ.

ރެޕްޓާސްއާ ދެކޮޅަށް ކުޅުނު މެޗު ކިންގްސް އިން ކާމިޔާބުކުރީ 102-79 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ރެޕްޓާސް އަށް ކިންގްސްގެ އެޓޭކުތައް ހުއްޓުވޭގޮތެއްނުވި އެވެ. މި ދެ ކުއާޓާ ކިންގްސް އިން ޑޮމިނޭޓްކޮށްގެން ކުޅުނެވެ. ނަމަވެސް ފަހު ދެ ކުއާޓާގައި ރެޕްޓާސް އިން ވަނީ ކުޅުން ރަނގަޅުކޮށް ކިންގްސް އަށް ރަނގަޅު ފައިޓެއްދީފަ އެވެ.

މެޗުގައި ދެ ޓީމުގެ ވެސް މައިގަނޑު ތަފާތެއްގެ ގޮތުގައި ފެނުނީ ބިދޭސީ ދެ ކުޅުނުތެރިންނެވެ. ރެޕްޓާސްގެ ޖެފްރީ ކޯބީ ވަނީ 31 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކިންގްސްގެ އާލަންޑޯ ކުކް ވަނީ 33 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީފަ އެވެ.

ފުރަތަމަ ޑިވިޝަންގައި ސްޓިންގާސް ބީސީ އާއި ޓީރެކްސްގެ ކުރިމަތިލުން ޓީރެކްސް ކާމިޔާބުކުރީ 104 ޕޮއިންޓް 55 ޕޮއިންޓުންނެވެެ. މެޗުގެ ފުރަތަމަ ކުއާޓާ އިން ފެށިގެން ޓީރެކްސް އޮތީ ކުރީގަ އެވެ. ޖުމްލަކޮށް ބަލާއިރު ޓީރެކްސްގެ ބިދޭސި ކުޅުންތެރިޔާ ފިލިޕް ވުކޮސަވްލެވިޗެކޭ އެއްގޮތަށް ދިވެހި ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން އަހުމަދު ޒަބީރު، ހުސައިން ހަލީމް އަދި އިސްމާއިލް ފަަރުހާން ގިނަ ޕޮއިންޓްތަކެއް ސްކޯ ކޮށްދިނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްއަށް 29 ޕޮއިންޓް ހޯދައިދީ 11 ރިބައުންޑް ނަގައި، ހަ އެސިސްޓް ކޮށްދިން ވުކޮސަވްލެވިޗް އެވެ. މެޗުގައި ސްޓިންގާސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 16 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައި ހަތަރު އެސިސްޓް ކުރި މުހައްމަދު ސަބީހު އެވެ.

ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަންގައި ދަ ބައުސް އިން ވަނީ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ރެޑްވިންގްސް ބާސްކެޓްބޯޅަ ކްލަބާ ވާދަކޮށް ބައުސް މޮޅުވީ 94-89 ޕޮއިންޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ މައިގަނޑު ތަފާތަކަށްވީ މެޗުގެ ފަހު ކުއާޓާ އެވެ. ފަހު ކުއާޓާ އާއި ހަމައަށް ރެޑްވިންގްސް އޮތީ 73 ޕޮއިންޓް 69 ޕޮއިންޓުން ކުރީގަ އެވެ. ފަހު ކުއާޓާގައި ރެޑްވިންގްސް އަށް ވުރެ ނުވަ ޕޮއިންޓް އިތުރަށް ހޯދައި ބައުސްއިން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބައުސްގެ އަށް 29 ޕޮއިންޓް ހޯދައިދީ 13 ރިބައުންޑް ނަގައިދިން ޖޭމްސް ސްޓެންބެކެވެ. ބައުސްގެ އަހުމަދު އަދުހަމް ވެސް ވަނީ މެޗުގައި 20 ޕޮއިންޓް އެ ޓީމަށް ހޯދައިދީފައެވެ. މެޗުގައި ރެޑްވިންގްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 23 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގައިދިން ތޯމަސް މަލިކެވެ.

މުބާރާތުގެ އަންހެން ބައިގައި އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކުރީ ސައިކްލޯން ބީސީންނެވެ. ބެންޗް ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅެ ސައިކްލޯންއިން މެޗު ކާމިޔާބުކުރީ 67 ޕޮއިންޓް 44 ޕޮއިންޓުންނެވެ. މި މެޗުގެ ފުރަތަމަ ތިން ކުއާޓާ ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ކޮންމެ ކުއާޓާއެއްގެ ނިމުނިއިރު ސައިކްލޯން ކުރީގައި އޮތީ ކުޑަ ތަފާތަކުންނެވެ. ބިދޭސީ ކުޅުންތެރިޔާ އަނާ ބޮރޮވްޔަކްގެ މޮޅު ކުޅުމާއިއެކު ސައިކްލޯންއިން މެޗު ކާމިޔާބުކުރީ އެވެ.

މެޗުގައި ސައިކްލޯންއިން އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާނާ އެވެ. އަނާވަނީ އެޓީމަށް 28 ޕޮއިންޓް ހޯދައިދީ 19 ރީބައުންޑް ނަގައިދީފައެވެ. ބެންޗަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 25 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދިން އާމިނަތު އިސްރާއު އެވެ.

މުބާރާތުގައި މިއަދު ވެސް ތިން މެޗެއް މިއަދުވެސް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ފުރަތަމަ ޑިވިޝަންގެ ރެޑްވިންގްސް އާއި ޓީރެކްސް އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ދެވަނަ ޑިވިޝަންގެ ވައިޕާސް ނުކުންނާނީ ވުލްވްސް ބީސީއާއި ދެކޮޅަށެވެ. ފަހު މެޗުގައި އަންހެން ޑިވިޝަންްގެ އެލީޓް ސްޕޯޓްސް ކުލަބާއި ކީންސް ސްޕޯޓްސް ކުލަބު ވާދަކުރާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox