ރާއްޖެ އަތުން ސީޝެލްސް އަށް ތާރީހީ މޮޅެއް

ސީޝެލްސް އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސީޝެލްސް އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

މާލޭގައި މިހާރު ކުރިއަށްދާ އަންހެން ފުޓްބޯޅައިގެ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުގެ ސިލްސިލާ ދެ ވަނަ މެޗުގައި ރާއްޖާގެ އަންހެން ގައުމީ ޓީމު އަތުން 4-0 ސީޝެލްސްގެ އަންހެން ޓީމު ތާރީހީ މޮޅެއް ހޯދައިފި އެވެ.

މިއީ ބައިނަލްއަގްވާމީ އަންހެން ފުޓްބޯޅައިގައި އެ ޓީމުގެ ފުރަތަމަ މޮޅެވެ. މި ވަގުތު ސީޝެލްސްގައި އަންހެން ފުޓްބޯޅަ ލީގެއް ނޯވެ އެވެ. އަދި ސީޝެލްސް އަކީ ފީފާ ރޭންކިންގަައި ހިމެނޭ ޓީމެއް ވެސް ނޫނެވެ. ސަބަބަކީ އެ ޓީމުން ފީފާ އެޕްރޫވްޑް މެޗެއް ކުޅެފައި ނުވުމެވެ. އެހެންކަމުން މި މެޗުން މޮޅުވުމަކީ އެގައުމުގެ އަންހެން ފުޓްބޯޅައިގެ ކުރިއެރުމަށް އެޅުނު ބޮޑު ފިޔަވަޅަކަށްވާނެ އެވެ.

ރާއްޖެ އާއި ސީޝެލްސް ވާދަކުރި ފުރަތަމަ ރާއްޖެ އިން ކާމިޔާބުކުރީ 1-0 އިންނެވެ. ފުރުތަމަ މެޗުން ރާއްޖެ މޮޅުވެފައިވުމުން ދެ ވަނަ މެޗަށް ސާބިއާގެ ކޯޗު ޑޭވޯ ބާބާގެ ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ.

ޓީމުގައި ހިމެނޭ ސީނިއާ ގިނަ ކުޅުންތެރިންނަށް ރެސްޓު ދިނުމަށް ފަހު ބާބާ ފުރުސަތު ދިނީ ޒުވާން އާ ކުޅުންތެރިންނަށެވެ. އެ ގޮތުން ފުރަތަަމަ އެގާރަ އަށް އެކަނިވެސް ވަނީ ހަ ބަދަލެއް ގެނެސްފަ އެވެ. ސީޝެލްސް އަށް ބަލާއިރު އެ ޓީމުންވެސް ވަނީ މި މެޗަށް ފަސް ބަދަލެއް ގެނެސްފަ އެވެ.

ފުރަތަމަ މެޗާއި ހިލާފަށް މި މެޗުގައި ގިނަ ހަމަލާތައް ތަނަވަސްކުރީ ސީޝެލްސް އިންނެވެ.

ސީޝެލްސް އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސީޝެލްސްގެ ފުރަތަމަ ނުރައްކާތެރި ހަމަލާ އެޓީމުން އުފެއްދީ 10 ވަނަ މިނިޓްގަ އެވެ. ނެލީ ލަރޫ ޖައްސާލި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ނަތާޝާ ބިބީ ފޮނުވާލި ހަމަލާ ދިޔައީ އަރިމާތީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން ސީޝެލްސް އިން މެޗުގައި އެޓީމްގެ ފުރަމަ ގޯލް ޖެހި އެވެ. ރީނާ އެސްތާ މި ގޯލް ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ގޯލް އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުން ރީނާ ފޮނުވާލުމުން ގޮސް ގޯލުގެ ކަނަށް ވަނީ ރާއްޖޭގެ ކީޕަރު އައިމިނަތު ލީޒާ ބޯމަތިން ގޮހެވެ.

ގޯލަށް ފަހު ޖެހިގެން ދެ ކޯނަރެއްގައި ސީޝެލްސްއިން ނުރައްކާކުރި އެވެ. ދެ ފަހަރު ވެސް ބޯޅަ ލިބުނީ ފޯވަޑް ނަތާޝާ އަށެވެ. އޭނާ ފޮނުވާލި ބޯޅަ އަރިމަތީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ ފުރަތަމަ 20 މިނެޓަށް ބަލާއިރު ރާއްޖެ އަށް ލިބުނު ހަމައެކަނި ފުރުސަތަކީ އިނާޝާ އާދަމް އަށް ލިބުނު ފުރުސަތެވެ. ހިލޭ ޖެހުމަކުން މައީޝާ އަބްދުލް ހަންނާން ނެގި ބޯޅަ ސީޝެލްސްގެ ކުޅުންތެރިއެއްގެ ގައިގައި ލިބުނީ އިނާޝާ އަށެވެ. އޭނާ އެއް ފަހަރުން ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.

ރާއްޖޭގެ ހަމަލާއަށް ފަހު ސީޝެލްސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ސީޝެލްސްގެ ނަތާޝާ ފޮނުވާލަން އުޅުނު ބޯޅަ ދިވެހި ޓީމުގެ ދެ ޑިފެންޑަރުން ބްލޮކްކުރި އެވެ. އެ ބޯޅަ ދެން ލިބުނީ ސީޝެލްސްގެ ކެޕްޓަން ޕަސްކަލީނާ މުސްޓާޝް އަށެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

ލީޑު ފުޅާކުރުމާ ގާތަށް ސީޝެލްސް އިން މިހާފުގައި ޖެހިލި އެވެ. ކޯނަރަކުން ރީނާ ނެގި ބޯޅަ މިފަހަރު ވެސް ފޮނުވާލީ ނަތާޝާ އެވެ. އޭނާ ފޮނުވާލި ބޯޅަ ރާއްޖޭގެ ޒުލޭހާގެ ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ނިކުތް ބޯޅަ ސީޝެލްސްގެ އިޓަރާ ފޮނުވާލުމުގެ ކުރިން ރާއްޖޭގެ ރިޝްމާ އަބްދުﷲ އެބޯޅަ ބޭރުކޮށްލި އެވެ. އެ އެޓޭކުގައި އެ ޓީމުން ނެގި ކޯނަރުން މައީޝާ ދިފާއުކުރި ބޯޅަ އެއް ފަހަރުން ފޮނުވާލީ ކެޕްޓަން ޕަސްކަލީނާ އެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު ލީޒާ ބޯމަތިން ގޮސް ޖެހުނީ ހުރަސް ދަނޑީގަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިންވެސް ސީޝެލްސް އިން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ރާއްޖޭގެ ޒުލައިހާ ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ ނަތާޝާ ބޯޅަ ފޮނުވާލުމުގެ ކުރިން ކީޕަރު ލީޒާ ކުރިއަށް ނިކުމެ އެބޯޅައިގައި ޖެއްސި އެވެ. ދެ ވަނަ ފަހަރަށް ނަތާޝާ ގޯލަށް ފޮނުވާލި ބޯޅަ ރޮނގުމަތިން ދިފާއުކުރީ މައީޝާ އެވެ.

ދެ ވަނަ ހާފުގައި ދިވެހި ޓީމުން އާ ގިނަ ކުޅުންތެރިންތަކަށް ފުރުސަތުދިނެވެ. މި ހާފުގައިވެސް ގިނަ ހަމަލާ އުފައްދައި މެޗު ޑޮމިނޭޓްކުރީ ސީޝެލްސް އިންނެވެ. ފަހު ހާފުގައި އޭޓިމުން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ނަތާޝާ ބިބީ އެވެ.

މެޗުން މޮޅުވުމުން ސީޝެލްސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު

ނަތާޝާ ޖެހި ފުރަތަމަ ގޯލަކީ މެދުތެރެއިން ކެޕްޓަން ޕަސްކަލީނާ ދިން ބޯޅައެއް ގޯލްގެ މަތީ ކަނަށް ވައްދާލައިގެން ޖެހި ގޯލެކެވެ. ބަދަލު ކީޕަރު ޝާއިގާ ހުސައިން އަށް މި ބޯޅަ ދިފާއުކުރަން މާ ބޮޑު ފުރުސަތެއް ނުލިބުނެވެ.

މި ގޯލު ޖެހިތާ މާގިނަ އިރުތަކެއް ނުވެ ކެޕްޓަން ޕަސްކަލީނާ ސީޝެލްސްގެ ތިން ވަނަ ގޯލު ޖެހި އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަނީ ކީޕަރު ޝާއިގާ އަތުގައިޖެހިފަ އެވެ. ސީޝެލްސްގެ ފަހު ގޯލް ނަތާޝާ ޖެހީ މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށެވެ.

މި މެޗުން މޮޅުވުމުން ސީޝެލްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މާލޭގައި ކުރިއަށްދާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ ސިލްސިލާ މެޗުތަކުގައި ރާއްޖެ ކުޅޭ ފަހު މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މި މެޗުގައި ދިވެހިރާއްޖެ ނިކުންނާނީ ސައުދީ އަރަބިއްޔާއާއި ދެކޮޅަށެވެ. އޭގެ ކުރިން ސީޝެލްސްއިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox