ސޯޝަލް ހައުސިންގެ ފްލެޓުތައް ދެން ކުއްޔަށް ދެވޭނީ ހުއްދަ ނަގައިގެން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓްތައް ފެންނަ ގޮތަށް މަތިން ނަނގާފައިވާ ފޮޓޯއެއް: ސޯޝަލް ހައުސިންގް ސްކީމްގެ ފްލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދެވޭނީ ހުއްދަ ލިބިގެން -- ފޮޓޯ: އާއިމް / އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓްތައް ފެންނަ ގޮތަށް މަތިން ނަނގާފައިވާ ފޮޓޯއެއް: ސޯޝަލް ހައުސިންގް ސްކީމްގެ ފްލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދެވޭނީ ހުއްދަ ލިބިގެން -- ފޮޓޯ: އާއިމް / އަދަދު

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާއި، ރޯ ހައުސްތައް ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލެއް އެކުލަވާލައިފި އެވެ.

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގެ ދަށުން ރޭ ދަންވަރު އާންމުކޮށްފައިވާ އެ ގަވާއިދަށް މިއަދުން ފެށިގެން އަމަލު ކުރާނެ އެވެ.

އޭގައިވާ ގޮތުން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން ކުއްޔަށް ދެވޭނީ އެ މަޝްރޫއުއެއް ހިންގި އިދާރާގެ ހުއްދަ ލިބިގެންނެވެ.

އަދި އެފަދަ ތަންތަން އެއްކޮށް ކުއްޔަށް ނުދެވޭނެ ކަމަށާއި މިހާރު އެގޮތަށް ދޫކޮށްފައިވާ ތަންތަނުގެ ހުއްދަތައް ބާތިލުވާނެ ކަމަށްވެސް އޭގައި ބަޔާން ކުރެ އެވެ.

"...މި ގަވާއިދަށް އަމަލުކުރަން ފަށާއިރު އަދި ގާނޫނަށް އަމަލުކުރަން ފެށި ފަހުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަނުގެ ތެރެއިން އެއްކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލްވާނެ،" އެ ގަވާއިދުގައި ވެެއެވެ.

އުސޫލުގައިވާ ގޮތުން އެފަދަ ތަންތަން ކުއްޔަށް ދޫކުރެވޭނީ ގިނަ ވެގެން ފަސް އަހަރަށެވެ.

ނަމަވެސް ތަނުގެ މިލްކުވެރިކަން، ތަން ދޫކުރެވުނު މީހާގެ ނަމަށް ބަދަލުވެ ރަޖިސްޓަރީ ކޮށްފައިވާ ނަމަ ކުއްޔަށް ދޫކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އުސޫލުގައި ބުންޏެވެ.

މި ގަވާއިދު އެކުލަވާލާފައި މިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައި ހުރި ހިޔާ ފްލެޓްތައް ކުއްޔަން ދޫކުރަން ބައެއް މީހުން އިއުލާންކޮށްފައި ވަނިކޮށެވެ.

މީގެ ކުރިންވެސް ސޯޝަލް ހައުސިންގެ ދަށުން ލިބޭ ފްލެޓުތައް ކުއްޔަށްދޭ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox