ޔޫކްރެއިން މައްސަލަ: ރަޝިއާ ސިފައިން ދާން ފަށާފައިވާ ކަމަށް ބުނެ ހެދީ ދޮގެއް

ރަޝިއާ ސިފައިން ބުނީ ޔޫކްރެއިން ބޯޑަރު ކައިރިން ސިފައިން ދާން ފަށާފައިވާ ކަމަށް. -- ފޮޓޯ: އީޕީއޭ

ރަޝިއާ ސިފައިން ބުނީ ޔޫކްރެއިން ބޯޑަރު ކައިރިން ސިފައިން ދާން ފަށާފައިވާ ކަމަށް. -- ފޮޓޯ: އީޕީއޭ

ޔޫކްރެއިންގެ ބޯޑަރު ކައިރިން ރަޝިއާގެ ސިފައިން ދާން ފަށާފައިވާ ކަމަށް ބުނެ ރަޝިއާއިން ހެދީ ދޮގެއް ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި އެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ބުނީ އޭގެ ބަދަލުގައި އިތުރު 7000 ސިފައިން ބޯޑަރު ކައިރިއަށް ފޮނުވާފައިވާ ކަމަށާއި "ދޮގު ހަދައިގެން" ކޮންމެ ވަގުތަކު ވެސް ޔޫކްރެއިނަށް ހަމަލާއެއް ދީފާނެ ކަމަށެވެ.

ރަޝިއާއިން ބުނެފައި ވަނީ އަސްކަރީ ތަމްރީންތައް ނިމުމުން ބޯޑަރު ކައިރީގައި ތިބި ސިފައިންނާއި އަސްކަރީ އުޅަނދުތައް އަނބުރާ ދާން ފަށާފައިވާ ކަމަށެވެ.

އެކަމަކު ހުޅަނގުގެ އޮފިޝަލުން ބުނާ ގޮތުގައި އެ ވާހަކަ ކަށަވަރު ކުރަން އެއްވެސް ހެއްކެއް ނެތެވެ.

ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް 100،000 އަށް ވުރެ ގިނަ ސިފައިން ޖަމާވި ނަމަވެސް ރަޝިއާއިން ތަކުރާރުކޮށް ބުނަމުން ދަނީ ހަމަލާއެއް ދޭން ނޫޅޭ ކަމަށެވެ.

އަސްކަރީ ތަމްރީން ނިންމުމަށް ފަހު ފައުޖުތައް އެނބުރި މަރުކަޒަށް ދާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ އާއްމުކޮށްފަ އެވެ.

ނަމަވެސް ވައިޓް ހައުސްގެ އިސް އޮފިޝަލަކު ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ހާސް ސިފައިން ބޯޑަރު ކައިރިއަށް ފޮނުވި އިރު، ބުދަ ދުވަހު ވެސް ސިފައިން އިތުރު ކުރި ކަމަށެވެ.

ޔޫކްރެއިންގެ ރައީށް ވޮލޮޑިމިރް ޒެލެންސްކީ ވެސް ކުރިން ވިދާޅުވީ ބޯޑަރު ކައިރިން ސިފައިން ދާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވެސް ވިދާޅުވީ އެގޮތަށެވެ.

ބެލްޖިއަމްގައި ނޭޓޯ ގައުމުތަކުގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމެއްގައި ސްޓޮލްޓެންބާގް ވިދާޅުވީ ޔޫރަޕުގެ މެދުތެރެ އާއި އިރުދެކުނުގައި ކުދި އަސްކަރީ ޔުނިޓުތަކެއް ހަދަން ވިސްނަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ އިރުމަތީ ޔޫރަޕުގެ ދިފާއު ވަރުގަދަ ކުރުމުގެ ގޮތުން ރާވާފައިވާ ކަމެއް ކަމަށެވެ. އެ ހިސާބުގެ ދިފާއީ މަސައްކަތަށް 2014 ވަނަ އަހަރުން ފެށިގެން 270 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

ނަމަވެސް ނޭޓޯއަކީ ރަޝިއާއަށް ނުރައްކަލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ރޮމޭނިއާގައި ނޭޓޯގެ ކުޑަ ފައުޖުގައި އިސްކޮށް އުޅެން ފްރާންސުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ ސްޓޮލްޓެންބާގް ދައްކާ ވާހަކަތާ މެދު މިހާރު އެއްވެސް "ޝައުގުވެރިކަމެއް ނެތް" ކަމަށެވެ.

ރަޝިއާއިން ޑިމާންޑު ކުރަނީ އެމެރިކާއިން އިސްކޮށް އުޅޭ ނޭޓޯ އަސްކަރީ ކޯލިޝަނުގެ މެމްބަރެއްގެ ގޮތުގައި ޔޫކްރެއިން ނުހިމެނުމަށެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ވެސް ދޫދޭކަށް ބޭނުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox