ބާސެލޯނާ އަކީ ޔޫރޮޕާ ލީގުގެ ފޭވަރިޓުންނެއް ނޫން: ޒަވީ

Feb 17, 2022, 7:28 AM
ބާސެލޯނާ އަކީ ޔޫރޮޕާ ލީގުގެ ފޭވަރިޓުންނެއް ނޫން: ޒަވީ

ބާސެލޯނާ (ފެބްރުއަރީ 17) - ބާސެލޯނާ އަކީ ޔުއެފާ ޔޫރޮޕާ ލީގުގެ ފޭވަރިޓުން ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާ ނެތި އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅުނީ 2003/2004 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އެ ފަހަރު ބާސެލޯނާ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެ ކުޅުނީ ޔުއެފާ ކަޕް (މިހާރުގެ ޔޫރޮޕާ ލީގުގަ) އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުން ކަޓައި ބާސެލޯނާ އަށް ޖެހިފައިވަނީ 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގައި ކުޅެން ޖެހިފަ އެވެ.

ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ބާސެލޯނާ މިރޭ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅޭއިރު، އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ ވަނީ އެ ޓީމަކީ މުބާރާތުގެ ފޭވަރިޓަށް ނުވާ ސަބަބު ކިޔައިދީފަ އެވެ.

"އަހަަންނެއް ނުބުނާނަން. އަހަރެމެންނަކީ ފޭވަރިޓުންނެކޭ. ސަބަބަކީ މިއީ އަހަރެމެންނަށް އާ ލެވަލެއްގެ މުބާރާތެއް. ވަރުގަދަ ގޮތްގޮތަށް ކުޅޭ ޓީމުތައް އެބައޮތް. މި މުބާރާތުގެ ތަޖުރިބާ އަށް ބަލާއިރު ސެވިއްޔާ އަކީ ފޭވަރިޓެއް. އަހަރެމެން ވެސް ފޭވަރިޓުންގެ ތެރޭގައި ކިޔާނެ. އެކަމަކު، ސީދާ އެންމެ ބޮޑު ފޭވަރިޓަކީ އަހަރެމެންނެއް ނޫން،" މި ސީޒަނުގެ މެދުތެރެއިން ބާސެލޯނާއާ ހަވާލުވި އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ބުންޏެވެ.

ނަޕޯލީ އާއި ބާސެލޯނާ ވަނީ 2019/2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ކުޅެފަ އެވެ. ނަޕޯލީ ދަނޑުގައި 1-1 އިން އެއްވަރުވިއިރު، ބާސެލޯނާ ދަނޑުގައި އެ ޓީމު މޮޅުވީ 3-1 އިންނެވެ. ޒަވީ ބުނީ މި ވަގުތު އޮތް ނަޕޯލީ އާއި ބާސެލޯނާ ސްކޮޑަކީ ވެސް ހަގީގަތުގައި ޗެމްޕިއަންސް ލީގުގެ ލެވަލް ކަމަށެވެ.

"ނަޕޯލީ އަކީ ވެސް ޗެމްޕިއަންސް ލީގު ލެވަލް ކްލަބެއް. އަހަރެމެންގެ މި މެޗު ހަމަ މިއީ ޗެމްޕިއަންސް ލީގު ލެވަލްގެ ކުރިމަތިލުމެއް. އަހަރެމެން ވިސްނަން ޖެހޭ ކުޅުންތެރިންތަކެއް ނަޕޯލީގައި އެބަތިބި،" ޒަވީ ބުންޏެވެ.

ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް ބުނީ ޔޫރޮޕާ ލީގުގެ ފޭވަރިޓަކީ އެ ޓީމު ކަމަށް ބުނާތީ އޭގެ ޕްރެޝަރާ ކުރިމަތިލާން ޖެހުނަސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި ބާސެލޯނާ އިން މަސައްކަތް ކުރާނީ ކޮންމެ މެޗަކުން ވެސް މޮޅުވެ، ކާމިޔާބު ހޯދުމަށް ކަމަށެވެ.

އަނިޔާގެ ސަބަބުން ބާސެލޯނާގެ އުރުގުއޭ ޑިފެންޑަރު ރޮނާލްޑް އަރައުހޯ އަށް ނުކުޅެވޭނެ އެވެ. ބާސެލޯނާގެ ކޯޗު ޒަވީ މިރޭ ނެރޭ ފުރަތަަމަ އެގާރައިން އޮސްމާން ޑެމްބެލޭ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާ އާއި ނަޕޯލީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:45 ގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox