މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްދުގައި ގޯސްހަދާ މީހުން އިދާރާތަކުގައި އެބަތިބި: އޭޖީ

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު: އޭނާ ވިދާޅުވީ ގަސްދުގައި ގޯސްހަދާ މީހުން ދައުލަތުގެ އިދާރާތަކުގައި އެބަތިބި ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު: އޭނާ ވިދާޅުވީ ގަސްދުގައި ގޯސްހަދާ މީހުން ދައުލަތުގެ އިދާރާތަކުގައި އެބަތިބި ކަމަށް -- ފޮޓޯ: އަދަދު ފައިލް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ރާވައިގެން ގަސްދުގައި ގޯސްހަދާ މީހުން ދައުލަތުގެ އިދާރާތަކުގައި އެބަތިބި ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ، ގޯސްހަދާ ފަރާތްތައް ފުލުހުންގެ އިދާރާއާއި ތަހުގީގީ އެހެން އިދާރާތަކުގައި ވެސް އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން އިންތިޒާމްވެގެން ކުރާ ކަމެއްގެ ގޮތުގަ އެވެ.

"ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަމަ ރޭވިގެން އިންތިޒާމްވެގެން ވެސް އެބަ ތަހުގީގީ އިދާރާތަކުގެ މެދުގައި ނޫނީ ފުލުހުންގެ ތެރޭގައި ނޫނިއްޔާ ދައުލަތުގެ އެހެން ތަންތަނުގައި ވެސް އެބަ ތިބި ހަމަ ގޯސް ހަދާ މީހުން،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ނިޒާމު ރަނގަޅަށް އެނގިގެން، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ކަމަށާއި އެކަން އެގޮތަށް ކުރަނީ ގަސްދުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށެވެ.

"މިހަގީގަތް ވެސް އަޅުގަނޑުމެން އެބަ ޖެހޭ ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

ކުށްކުރާ މީހުން ދޫވާ ސަބަބުތަކާ ބެހޭ ގޮތުން ރިފްއަތު މިހާ ތަފްސީލުކޮށް ވާހަކަ ދެއްކެވީ ޖުޑިޝަރީ ކޮމިޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އާއި އެ ކޮޮމިޝަންގެ އެހެން ބައެއް މެމްބަރުންނާއި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ސުވާލުކުރައްވަމުން ރައްޔިތުންގެ ކަންބޮޑުވުން އޮތީ މުޖުރިމުންގެ ގޮތުގައި ފާޅުގައި ފެންނަން ތިބި މީހުން ދޫވާތީ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެކަން އެހެން ވަނީ ޓެކްނިކަލް ކަމަކާ ހެދިތޯ ނުވަތަ އެހެން ކަމަކާ ހެދިތޯ ރައްޔިތުން ނުބަލާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

"ރައްޔިތުންހެ ކަންބޮޑުވުން މިހުރީ މައްސަލަތައް ސާބިތުނުވާތީ މުޖުރިމުންގެ ގޮތުގައި، ކްރިމިނަލުންގެ ގޮތުގައި ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަކަށް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ތިބި މީހުން ދޫވެގެން ދާތީ. އެއީ ރައްޔިތުންގެ ކަންބޮޑުވުމަކީ. އެހެންވީމާ މީގެ ކޮން ކަމެއް ނުވެގެންތޯ މިއުޅެނީ،" އަލީ ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ އޭގެ ފުރަތަމަ ސަބަބަކީ ރާއްޖޭގައި އަމަލުކުރަމުން އަންނަ ހެއްކާ ބެހޭ ގަނޫނަކީ އެހާ ތަފްސީލު ނޫން، މާކުރީގެ ގާނޫނަކަށް ވުމެވެ. ހެކި ވަޒަންކުރާނެ ރަނގަޅު އުސޫލުތަކެއް އެ ގާނޫނުގައި ނެތުމުން ހެކި ވަޒަން ކުރުމުގައި ފަނޑިޔާރުންނަށް ބޮޑެތި ބާރުތައް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ވުން އެކަށީގެންވޭ، ތަފްސީލީ ގޮތެއްގައި ހެކި ވަޒަންކުރުމުގެ އުސޫލުތަކާ ހަމަތައް ލިޔެވިފައި ނެތީމާ، ނޫނީ ސާފުކޮށް އެނގެން ނެތީމާ، މިކަހަލަ ލޫޕްހޯލްތައް ހުރެގެން މައްސަލަތައް ސާބިތުނުވީ ކަމަށް،" ރިފްއަތު ވިދާޅުވި އެވެ.

ރާވައިގެން ގަސްދުގައި ގޯސްހަދާ މީހުން ތިބުމަކީ އޭނާ ވިދާޅުވި ގޮތުގައި މައްސަލަަތައް ސާބިތުވާ ދެވަނަ ސަބަބެވެ.

އެކަމަށް ލިބެން އޮތް ހައްލަކީ އޭނާ އޭޖީ ވިދާޅުވި ގޮތުގައި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުފާސްކޮށް ގާނޫނަކަށް ހެދުމެވެ. ޒަމާނަށް ފެތޭ ވަރަށް ގިނަ ކަންތައްތައް އެބިލުގައި ހިމަނާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ހެކިބަސްދޭ މީހުންނަށް ހިމާޔަތް ހޯދުމާ ގުޅޭ ގޮތުން، ހެކިބަސްދޭ މީހާޔަށް ހިމާޔަތްދިނުުމުގެ އަމުރު ނެރެދޭނެ އުސޫލުތައް ވެސް އެބިލުގައި އަޅުގަނޑުމެން ވާނީ ހިމަނާފައި،" ރިފްއަތު ވިދާޅުވި އެވެ.

ސިއްރު ހެކިންގެ ސިއްރުވެރިކަން ގެއްލޭ ގޮތް މެދުވެރިވުމަކީ ވަރަށް ގިނައިން ދިމާވާ ކަމެއް ކަމަށާއި އެގޮތަށް ކަންތައް ވުމުން ހެކިބަސް އަނބުރާ ނަގާގޮތް ވެސް މެދުވެރިވާ ކަމަށް އޭޖީ ވިދާޅުވި އެވެ. އެއީ ވެސް މައްސަލަތައް ސާބިތުނުވާ ސަބަބެކެވެ.

އެހެންވެ ހެއްކާ ބެހޭ ބިލު ވީހާ އަވަހަކަށް ފާސްކޮށްދެއްވަން އޭނާ އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox