ސަލްޒްބާގާއި ބަޔާން އެއްވަރު، އިންޓަ ބަލިކޮށް ލިވަޕޫލް ކުއާޓާއާ ގާތަށް

Feb 17, 2022, 1:44 AM
ސަލްޒްބާގާއި ބަޔާން އެއްވަރު، އިންޓަ ބަލިކޮށް ލިވަޕޫލް ކުއާޓާއާ ގާތަށް

މިލާން (ފެބްރުއަރީ 17) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ފަހު ވަގުތު ގޯލު ޖަަހައި ބަޔާން މިއުނިކުން އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ 1-1 އިން އެއްވަރުކުރިއިރު، އިންޓަ މިލާން ދަނޑުގައި އެ ޓީމު 2-0 އިން ބަލިކޮށް, ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

ބަޔާން ސިއްސުވާލުމަށް ފަހު ރޭ އަމިއްލަ ދަނޑުގައި ކުޅުނު ސަލްޒްބާގުން ލީޑުނެގީ 21 ވަނަ މިނިޓްގަ އެވެ. އޭރިއާރޮނގުކައިރިން ޗުކްވުބުއީކޭ އަޑާމޫ މި ގޯލު ޖެހީ އޭރިއާރޮނގުކައިރިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ލީޑުފުޅާކުރަން ސަލްޒްބާގުގެ ކަރީމް އަޑޭމީ ޖެހި ބޯޅަ ބަޔާން ކީޕަރު ސްވެން އުލްރެއި މަތަކުރިއިރު، އަޑަމޫ ފޮނުވާލި ރިބައުންސް ވަނީ ބްލޮކްވެފަ އެވެ.

ސަލްޒްބާގުން ރޭ ނެރުނު ޓީމުގެ އެވްރެޖް އުމުރަކީ 21 އަހަރެވެ. މިއީ 2003 ވަނަ އަހަރަށް ފަހު އަޔަކްސް އަށް ފަހު ޗެމްޕިއަންސް ލީގުގެ ނޮކައުޓް މެޗަކަށް ނެރުނު އެންމެ ޒުވާން ޓީމެވެ.

މި ހަފްތާގައި ޖަރުމަނު ލީގުގައި ބަޔާން ވަނީ ބޯކުމް ދަނޑުގައި 4-2 އިން ބަލިވެފަ އެވެ. ރޭގެ މެޗުން ސަލްޒްބާގް އަތްދަށުވެ، 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުން ބަލިވާންދަނިކޮށް އެ ޓީމު ސަލާމަތްވީ އިތުރު ވަގުތުގަ އެވެ. ތޯމަސް މުލާ ޖައްސާލި ބޯޅަ ކިންގްސްލީ ކޯމަން ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މި ގޯލުގެ ކުރިން ބަޔާންގެ ލެރޯއި ސާނޭ ޖެހި ޝޮޓެއް ސަލްޒްބާގް ކީޕަރު ފިލިޕް ކޯން ވަނީ މަތަކޮށްފަ އެވެ.

ބަޔާން ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހު އެވެ.

ދިހަ އަހަރު ތެރޭ އިންޓަ އިން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ނުކުތް ފުރަތަމަ ފަހަރު އެ ޓީމުން ރޭ ލިވަޕޫލާ ދެކޮޅަށް ނުކުތީ ވަރުގަދަ ރޫހެއްގަ އެވެ. ފުރަތަމަ ހާފުގައި އިންޓަ އިން ލީޑުނަގަން ތުރުކީގެ މިޑްފީލްޑަރު ހަކަން ޗަނޮނޮގްލޫ ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން އޭރިއާ ރޮނގުކައިރިން ލަޓާރޯ މާޓީނޭޒް ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ލިވަޕޫލް މެޗުން މޮޅުވީ ދެ. ވަނަ ހާފްގައި ގެނައި ބަދަލުތަކާ އެކު ފަހު 15 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ.

މެޗުގެ 75 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ. ދެ ވަނަ ހާފުގައި ޑިއޯގޯ ޖޮޓާގެ ބަދަލުގައި ކުޅެން އެރި ފިރްމީނޯ މި ގޯލު ޖެހީ އެންޑީ ރޮބަޓްސަން ނެގި ކޯނަރަކުން ބޮލުންނެވެ. އޭގެ އަށް މިނިޓް ފަހުން، މެޗުގެ 83 ވަނަ މިނިޓްގައި އިންޓަ އޭރިއާތެރެއިން ވާޖިލް ވެން ޑައިކް ބޮލުން ޖައްސާލި ބޯޅައެއް ހޯދައި، މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ސަލާހު ޖެހި ބޯޅަ ގޯލަށް ވަނީ އިންޓަގެ ދެ ޑިފެންޑަރުން ފައިކައިރިން ތިރިތިރިން ގޮހެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ކުޅުނު ހަތް މެޗުގައި ވެސް ވަނީ މޮޅުވެފަ އެވެ. ކުއާޓާގެ ޖާގަ އެއްކޮށް ޔަގީންކުރަން އަންނަ މަހު ނުވަ ވަނަ ދުވަހު އިންޓައާ ދެކޮޅަށް ލިވަޕޫލް ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ފުއްދާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox