ޓޫރިޒަމްގެ ރަންޔޫބީލް އަހަރަށް ހާއްސަ ސްޓޭމްޕް ކަލެކްޝަކް ނެރެފި

މިއަދު ނެރުނު ސްޓޭމްޕްތައް މިހާރު މޯލްޑިވްސް ޕޯސްޓްގެ އީޓުކުރި އޮންލައިން ޝޮޕުން ލިބެން ހުންނާނެ -- ފޮޓޯ: މޯލްޑިވްސް ޕޯސްޓް

މިއަދު ނެރުނު ސްޓޭމްޕްތައް މިހާރު މޯލްޑިވްސް ޕޯސްޓްގެ އީޓުކުރި އޮންލައިން ޝޮޕުން ލިބެން ހުންނާނެ -- ފޮޓޯ: މޯލްޑިވްސް ޕޯސްޓް

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް 50 އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް ޕޯސްޓް ލިމެޓާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ނެރޭ ސްޓޭމްޕްތައް މިއަދު ތައާރަފްކޮށްފި އެވެ.

މި ސްޓޭމްޕްތައް ނެރެދެއްވީ ރާއްޖޭއަށް ޓޫރިޒަމް ގެނެސްދެއްވި ބާނީން ކަމަށްވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ ހުސެއިން އަފީފް އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އިތުރުން އިޓަލީގެ ޖޯޖް ކޯބިން އަދި ރާއްޖޭގެ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާ އެވެ.

ސްޓޭމްޕްތައް ނެރެދެއްވުމަށްފަހު އެ ބޭފުޅުން ވަނީ ސްޓޭމްޕް އިޝޫތަކުގައި ސޮއިކުރައްވާފަ އެވެ. މި އިޝޫގައި ފަސް ސްޓޭމްޕެއް ތައާރަފްކޮށްފައިވެ އެވެ.

އެގޮތުން، އެންމެ ފުރަތަމަ ސްޓޭމްޕްގައި ހިމެނެނީ ކުރުނބާ މޯލްޑިވްސްގެ ފޮޓޯ އެކެވެ. މިއީ ރާއްޖެއިން ދުނިޔެ އަށް ތައާރަފްކުރި 'ވަން އައިލެންޑް ވަން ރިސޯޓް' ކޮންސެޕްޓް ރަމްޒުކޮށްދޭ ސްޓޭމްޕެވެ. މިއީ 5ރ. ގެ ސްޓޭމްޕެކެވެ.

ދެވަނަ ސްޓޭމްޕްގައި ހިމަނާފައި ވަނީ 1986 ވަނަ އަހަރު ރާއްޖެއިން ތައާރަފްކުރި ވޯޓާ ބަންގަލޯގެ ފޮޓޯ އެވެ. މިއީ 10ރ. ސްޓޭމްޕެކެވެ. އަދި 20.ރ އަށް ވިއްކާ ތިންވަނަ ސްޓޭމްޕްގައި ހިމަނާފައި ވަނީ 1987 ވަނަ އަހަރު ރާއްޖޭގައި ހުޅުވި ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިން ސާވިސަސްގެ ފޮޓޯ އެކެވެ. މިއަދު އެ ސްކޫލަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއެކެވެ.

ހަމައެހެންމެ، މިއަދު ތައާރަފްކުރި ހަތަރުވަނަ ސްޓޭމްޕްގައި ޖަހާފައި ވަނީ 1993 ވަނަ އަހަރު ރާއްޖޭގައި ތައާރަފްކުރި ސީޕްލޭން ހިދުމަތުގެ ފޮޓޯއެކެވެ. މި ސްޓޭމްޕް ވިއްކާނީ 30.ރ އަށެވެ. އޭގެ އިތުރުން 40.ރ އަށް ވިއްކާ ގޮތަށް މިއަދު ތައާރަފްކުރި ފަސްވަނަ ސްޓޭމްޕްގައި ހިމަނާފައި ވަނީ 2010 ގައި ރާއްޖޭގައި އަލަށް ފެށި ގެސްޓްހައުސް ޓޫރިޒަމް ދައްކުވައިދޭ ފޮޓޯއެކެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިޔާ ޒިޔާރަތްކުރިތާ 50 އަހަރު ފުރިގެންދިޔުމަކީ ރާއްޖޭގެ ތާރީހުގައި ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ސިފަކުރެއްވި އެވެ.

"16 ފެބްރުއަރީ 1972 އަކީ ތާރީހީ ދުވަހެއް. އެއީ ޖޯޖް ކޯބިން ހިމެނޭހެން ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓް ގްރޫޕް ޒިޔާރަތްކުރި ދުވަސް،" މި ރަސްމިއްޔާތުގައި ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 3، ގައުމީ ފެންވަރުގައި ފާހަގަކުރާ ޓޫރިޒަމް ދުވަހުގެ ގޮތުގައި ހަމަޖެއްސެވީތީ ރައީސް އިބްރާހިމް ސޯލިހަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. އެއީ، 30 ކޮޓަރިއާއެކު 1972 ގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ކަމަށްވާ ކުރުނބާ މޯލްޑިވްސް ހުޅިވި ތާރީހެވެ.

މިއަދު ނެރުނު ސްޓޭމްޕްތައް މިހާރު މޯލްޑިވްސް ޕޯސްޓްގެ އީޓުކުރި އޮންލައިން ޝޮޕުން ލިބެން ހުންނާނެ އެވެ.

މިއަހަރަކީ ޓޫރިޒަމްގެ ރަންޔޫބީލް އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މުޅި ރާއްޖޭގައި ކުލަގަދަކޮށް މިކަން ފާހަގަކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox