ޕާކިން ސްލޮޓްގެ ގުރު ނަގަން ހުޅުވާލި ލިންކް ބްލޮކްކުރި ތުހުމަތު ދޮގުކޮށްފި

މިއަދު ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މެމްބަރުން: ޕޯޓަލް އަޕްޑޭޓް ނުވާގޮތް ހެދުމަށް އަނެއްކާވެސް ބްލޮކް ކުރުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ ޕޯޓަލް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނޭ-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މިއަދު ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މެމްބަރުން: ޕޯޓަލް އަޕްޑޭޓް ނުވާގޮތް ހެދުމަށް އަނެއްކާވެސް ބްލޮކް ކުރުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ ޕޯޓަލް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނޭ-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތަކަށް ކުރިމަތިލާން މިއަދު ހުޅުވާލަން ނިންމާފައި ވަނިކޮށް ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލި ޕޯޓަލް ސަރުކާރުން ބްލޮކް ކޮށްފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތު ކޮމިޔުނިކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ބުނީ ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ކުރިން އުފައްދާފައިވާ ޕޯޓަލް އަށް ނުވަދެވޭ ކަމަށެވެ. ނަމަވެސް ފަހުން މާލެ މުއިއްޒު ވިދާޅުވީ ހުޅުވާލި ޕޯޓަލް ސަރުކާރުން ބްލޮކް ކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާ ޕޯޓަލެއް ހެދުމަށްފަހު މިހާރު އެޕްލައި ކުރެވޭނެ ކަމަށެވެ. ނަމަވެސް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި ޕޯޓަލް އަޕްޑޭޓް ނުވާގޮތް ހެދުމަށް އަނެއްކާވެސް ބްލޮކް ކުރުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ ޕޯޓަލް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ޕޯޓަލަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު އެޕްލިކޭޝަން ހުޅުވާލާނެ ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ކޮމިޔުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "އަދަދު"އަށް ވިދާޅުވީ އެ މިނިސްޓްރީއިން ވެސް އަދި އެހެން އިދާރާއަކުންވެސް އެފަދަ ކަމެއް ނުކުރާ ކަމަށެވެ.

"ކޭމް [ކޮމިނިޔުކޭޝަންސް އޮތޯރިޓީ] އަކުންވެސް އަދި އެހެން އިދާރާއަކުން ވެސް އެފަދަ ކަމެއް ނުކުރޭ. އެ ލިންކު ބްލޮކް ކުރުމުގެ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ،" އަލީ ސޯލިހު ވިދާޅުވި އެވެ.

މުއިއްޒު އިސްވެ ހުންނަވައި، ސިޓީ ކައުންސިލުން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަ ދައްކަނީ ސަރުކާރު ބަދުނާމު ކުރަން ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

ދައުލަތުގެ އިދާރާތަކުން އޮންލައިންކޮށް ހުޅުވާލައި މިފަދަ ޕޯޓަލްތައް އާންމުކޮށް ހޯސްޓު ކުރަނީ ނެޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގަ އެވެ. ގިނަ ބަޔަކު އެއް ފަހަރާ ވަނުމުން ޕޯޓަލް ކްރޭޝްވުން ފަދަ މައްސަލަތައް ކުރިމަތިނުވާ ގޮތަށް ލިންކަށް ވަންނަ މީހުން ޓްރެފިކް އެ އިދާރާއިން މޮނިޓާ ކުރެ އެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި ޕާކިން ސްލޮޓުތަކުގެ މި ލިންކް ހޯސްޓުކޮށްފައިވަނީ އެންސީއައިޓީ މެދުވެރިވެގެން ނޫނެވެ.

މިއަދު ހުޅުވާލަން ނިންމާފައި ވަނީ މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ވެހިކަލް ޕާކު ކުރުމަށް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަން ކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި ސްލޮޓް ހޯދުމަށް ކުރިމަތިލައިގެން ސްލޮޓެއް ނުލިބުނު ބައެއް މީހުން ވަނީ އެ މައްސަލަ އޭސީސީއަށް ހުށަހަޅާފަ އެވެ.

އޭސީސީއަށް މައްސަލަ ހުށަހެޅުމުން މާލެ ސިޓީ ކައުންސިލުން ފަހުން ނިންމީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލީ މީހުން ފާހަގަކުރި މައްސަލަތައް އިސްލާހު ކުރުމަށް ފަހު އޭރު ކުރިމަތިލި މީހުންގެ މެދުގައި އަލުން ގުރުއަތު ލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށެވެ. ނަމަވެސް އޭސީސީން ވަނީ ޕާކިން ސްލޮޓްތަކަށް އަލުން ހުޅުވާލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށް ސިޓީ ކައުންސިލަށް އަންގާފަ އެވެ.

ކައުންސިލުން ފަހުން ވަނީ ޕާކިން ސްލޮޓަށް ކުރިމަތި ލާފައިވާ މީހުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުނެގުން ބާތިލް ކޮށްފަ އެވެ.

ޕާކިން ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާ ގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. އަދި އެއީ ގަރާޖުގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ސްލޮޓް ތަކެއް ނޫނެވެ. އެ ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނެ އެވެ.

ކޮންމެ މީހަކަށް ވެސް މާލޭގެ ތަފާތު ތިން ސަރަހައްދަކުން ޖާގައަށް ހުށަހެޅޭ ގޮތަށް ކުއްޔަށް ދޫކުރާ 211 ސްލޮޓްގެ ތެރެއިން 25 ޕަސަންޓް ސްލޮޓް ހާއްސަކޮށްފައިވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ.

ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މިހާރު މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހޭ ނަމަވެސް 1500އަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އެއީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުންނެވެ. ޕާކު ކުރުރަށް ޓެކްސީއަކުން ނަގަމުންދަނީ މަހަކު 750 ރުފިޔާ އެވެ.

ޕާކިން ސްލޮޓްތަކަށް އަލުން ހުޅުވާލާފައި ވާއިރު، މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމި މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް ނިންމުން ފަސްކުރަން ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ވަނީ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox