"ސުޕަ ފާސްޓް" ޕްރޮމޯޝަން މުނިގެ ފިހާރަތަކުން ފަށައިފި

މުނި ހޯމްކެއާ ލިވިން ސެންޓާ:ސުޕަ ފާސްޓް ޕްރޮމޯޝަން މުނިގެ ތިން ފިހާރާގަ ކުރިއަށް ގެންދާނެ-- އަދަދު ފޮޓޯ މުހައްމަދު ޝާބިން

މުނި ހޯމްކެއާ ލިވިން ސެންޓާ:ސުޕަ ފާސްޓް ޕްރޮމޯޝަން މުނިގެ ތިން ފިހާރާގަ ކުރިއަށް ގެންދާނެ-- އަދަދު ފޮޓޯ މުހައްމަދު ޝާބިން

ކޮންމެ ރޯދަ މަހަކަށް ހާއްސަކޮށް މުނިގެ ފިހާރަ ތަކުގައި ކުރިއަށް ގެންދާ "ސުޕަ ފާސްޓް" ޕްރޮމޯޝަން އިއްޔެ ފަށައިފި އެވެ.

އެޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް، މުނިގެ ތިން ފިހާރަ އާ މުނި ހޯމްކެއާ ވެބްސައިޓުން އޮންލައިންކޮށް ތަކެތި ބައްލަވާ ގަންނަ ފަރާތްތަކަށް މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ އެވެ.

ފފފ
ފފފ

މުނި ހޯމްކެއާ ލިވިން ސެންޓާ: އެޕްރީން 20 ގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށްދާނެ-- އަދަދު ފޮޓޯ/ މުހައްމަދު ޝާބިން

މުނިން ބުނި ގޮތުގައި މި ރޮމޯޝަން ގައި ދެ ބައެއް ހިމެނެ އެވެ. ފުރަތަމަ ބަޔަކީ، 5،000ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް މުނިން ދޭ ރޯދަ ހަދިޔާ އެވެ. އެ ހަދިޔާ، ވަގުތުން ލިބޭނެ އެވެ.

ޕްރޮމޯޝަންގެ ދެވަނަ ބަޔަކީ 500ރ. ގެ ވިޔަފާރި ކޮށްގެން ބައިވެރިވެވޭ ލަކީ ޑްރޯ އެވެެ. ރޯދަ މަސް ފެށުމުގެ ކުރިން ތިން ނަސީބުވެރިން ހޮވާ އިނާމު ހަވާލު ކުރާނެ އެވެ.

  • އެއް ވަނަ އަށް ބެޑްރޫމް ސެޓެއް
  • ދެ ވަނަ އަށް އައުޓްޑޯ ޑައިނިން ސެޓެއް
  • ތިން ވަނަ އަށް ކޮޕީ ޓޭބަލް އެއް

ކަސްޓަމްސް ސަރަހައްދުގައި ހުން މުނި ފާނީޗާ ސެންޓާ އާއި އަމީނީ މަގުގައި ހުންނަ މުނި ހޯމްކެއާ ލިވިން ސެންޓާ އާއި ބާޒާރު މަތީގައި ހުންނަ މުނި ޓްރޭޑާސްގަ އެއް އުސޫލަކުން ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.

ރޯދަ މަހަށް ތައްޔާރުމަށް ބާއްވާ މި ޕްރޮމޯޝަންގެ ސަބަބުން ގޭތެރެއަށް ބޭނުންވާ ސާމާނު އަގުހެޔޮކޮށް ގަތުމުގެ ފުރުސަތު ގިނަ ބަޔަކަށް ލިބިގެން ދެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox