ކޮލަމް: އެއީ މުޖުތަމަޢުގެ ގުރުޑު ފިޔައެއް ނޫނެވެ.

އުމުރުން ދުވަސްވީ މީހުންތަކެއް ހިނގާލަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުމުރުން ދުވަސްވީ މީހުންތަކެއް ހިނގާލަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަހަރެންވެސް ބައިވެރިވި މެހެފިލެއްގައި ދެކެވުނު ވާހަކައެކެވެ. ރައްޓެއްސެއްގެ އޮފީހުގައި އުޅޭ "ފަސްހާސް ލިބެން ގާތްވެފައިހުރި" މުވައްޒަފެއްގެ ވާހަކަ އެވެ. ޒަމާނީ ވަޞީލަތްތަކަށް އޭނާ ކޮށި ވާހަކަ އެވެ. އޭނާ އެ ހުރި މަޤާމަށް، އޭނާގެ ދަށުން ތިބި އެތައް މުވައްޒަފުންނެއް މާ އެކަށޭނަ ވާހަކަ އެވެ. އޭނާ ހުރުމުން ވާ ފަސޭހައަށް ވުރެ، އޭނާ ނެތުމުން ވާނޭ ލުއިފަސޭހަ ބޮޑުވާނެ ވާހަކަ އެވެ. މި ވާހަކަ އަޑުއަހަން ނުހުރެވިގެން އަހަރެންނަށް އަހާލެވުނެވެ. އަޅެ އަހަރެމެންވެސް އެ ޢުމުރަށް އެޅުމުން، ޅަ ކުދިން ތިޔަ ގޮތަށް އަހަރެމެންނަށްވެސް ފާޑުކިޔާނެ ދޯ އެވެ. އަހަރެންގެ އެކުވެރިޔާ ބުނީ، އޭނާ އެ ޢުމުރަށް އަޅާއިރު، އެއަށްވުރެ ގިނަ، މުހިއްމު ޚިދުމަތްތައް އޭނާގެ ފުށުން އެ އޮފީހަށް ލިބިފައިވާނޭ ކަމަށެވެ. އޭނާ މުސްކުޅި ވާ ދުވަހު، އޭނާ ހުންނާނީ ޤަދަރާއި އިޙުތިރާމު ލިބޭ މީހެއްގެ ގޮތުގައި ކަމަށެވެ.

އެހެން ވެއްޖެނަމަ ކިތައްމެހާވެސް ރަނގަޅެވެ. އެހެންނަމަވެސް ދުނިޔެ ދައުރުވަނީ އެ އުޞޫލަކުން ނޫނެވެ. މިއަދު ގެ ޒުވާނުންނަށް މިއަދުގެ އިސް ރަށްވެހިންނާއި ޢުމުރުން ދޮށީ މީހުން ފެންނަނީ "ބުރަ"އެއްގެ ގޮތުގަ އެވެ. ގުނާލެވެނީ އެމީހުންގެ މޫނާއި އަތްތިލައިގައި ހުންނަ ރޫކަތެކެވެ. ދުޅަވެފައިވާ ހުޅުތަކުން ނެތް ހިތްވަރު ނެރެގެން އަޅާ ލަސް ފިޔަވަޅުތަކެވެ. ފާޑުކިޔެނީ އެމީހުންގެ "މުސްކުޅި"، "ކަޓު" ވިސްނުމަށެވެ. ހަޖޫ ޖެހެނީ އެމީހުންގެ ތަފާތު އާދަކާދަތަކަށެވެ. މިހުރިހާ ތަޢައްޞަބެއްގެ ތެރޭގައި އަހަރެމެން ހަނދާން ނެތެނީ، އަހަރެމެން މިއަދު މި ދެކޭ ފަހިކަން ހޯދައިދިނުމަށް އެމީހުން ވެފައިވާ ޤުރުބާނީ ތަކެވެ. އެމީހުންނަކީވެސް އެއް އިރެއްގައި އަހަރެމެންފަދަ ޒުވާނުންކަމެވެ. މުޖުތަމަޢުގެ ފުސްމޫނުގެ ބަދަލުގައި އިޙުތިރާމް ޙައްޤު އާބާދީއެއް ކަމެވެ.

ހުރިހާވެސް މައްސަލައަކީ އެ ޖީލާއި މި ޖީލާ ދެމެދު ހުންނަ ތަފާތުތަކެވެ. ދަތިކަމަކަށް ވަނީ އެއްބަޔަކަށް އަނެއް ބައިމީހުންގެ ތަފާތުތަކާއެކު އެމީހުން ބަލައިގަތުމެވެ. ކޮންމެވެސް މިންވަރަކަށް މި ތަފާތުތައް ދޭހާކުރެވޭތޯ ބަލަމާ ހިނގާށެވެ.

އަހަރެމެން ޒުވާނުން މިއަދު މިކުރާ ތަޖުރިބާތައް އެމީހުންވެސް ވަނީ ތަޖުރިބާކޮށްފަ އެވެ. ވަގުތާއި ޙާލަތާއި ޒަމާން ތަފާތުވެދާނެ އެވެ. އެހެންނަމަވެސް އަހަރަމެން މިއަދު ކުރާ ތަޖުރިބާތައް، ކޮންމެވެސް ސިފައެއްގައި، އެމީހުންވެސް ވާނީ ދެކެފަ އެވެ. އަހަރަމެންގެ ޢުމުރުފުރާގެ މީހުންނަށް ކުރިމަތިވާ އެކި ގޮންޖެހުންތައް އެމީހުން ދަންނާނެ އެވެ. އަހަރެމެންގެ "ފައިވާނުގައި ހިނގަން" އެމީހުން ދަންނާނެ އެވެ. އެހެންނަމަވެސް އަހަރެމެންނަށް، އެމީހުން މިއަދު ކުރާ ތަޖުރިބާތައް ދަންނަމެކޭ ބުނާނޭ ޖާގައެއް ނޯންނާނެ އެވެ. އެހެންކަމުން، އެމީހުންގެ ޚިޔާލާއި ނަޞީޙަތް އަގުކުރަން، އަހަރެމެން ދަންނަން ޖެހެ އެވެ.

އެމީހުން މުޑުވަށްކުރި ދުނިޔެއަކީ ތަފާތު ދުނިޔެއެކެވެ. އެމީހުން ތަރައްޤީގެ ގޮތުގައި ދުށީ ސިނާޢީ ޢިންޤިލާބާއި ޓެކްނޮލޮޖިކަލް އިންޤިލާބުގެ ފެށުމެވެ. އަހަރެމެންގެ ޖީބުގައި މިއަދު ގެންގުޅޭ ޕެން ޑްރައިވްތަކާއި މެމޮރީ ކާޑުތަކަށް އެމީހުން ނުފަރިތަ ވެދާނެ އެވެ. އެހެންނަމަވެސް އެ ތަކެތީގެ މަސްދަރުތައް އުފެއްދީ އެމީހުންނެވެ. އެއީ ފޮތުން ކިޔެވި މީހުންނެވެ. އަހަރެމެންގެ ޑޖިޓަލް ދުވެއްޔާ އެމީހުން ދޯޅު ނުވެދާނެ އެވެ. އެހެންނަމަވެސް އަހަރެމެންނަށް ވުރެ ފުރިހަމައަށް، ތެދު އަދި ސައްޙަ މަޢުލޫމާތު އަގުކުރަން އެމީހުން ދަންނާނެއެވެ. އެމީހުންނަކީ ރަސްމަތިފުށު އާދަކާދަތަކުގެ ތެރޭ އުޅެ ބޮޑުވި މީހުންނެވެ. އަހަރެމެންގެ "މިނިވަން ޚިޔާލުގެ ބަސްމަގު" އެމީހުންނަށް އެހާ ކަމު ނުގޮސްފާނެ އެވެ. އެހެންނަމަވެސް އެ މިނިވަން ޚިޔާލަށް މަގު ކޮށައިދިނީ ހަމަ އެ މީހުންނެވެ. މި ތަފާތުތަކަކީ އެއް ޖީލު އަނެއް ޖީލާ ދުރުކުރާ ސަބަބުތަކަކަށް ނުހަދާށެވެ. ބަދަލުގައި މި ތަފާތުތަކުގެ އަލީގައި އެކަކު އަނެކަކަށް އެހީތެރިވުމަށް މަސައްކަތްކުރަން އަހަރެމެން ދަންނަން ޖެހެ އެވެ.

އެމީހުންގެ ތަޖުރިބާތަކަކީ އަހަރެމެންނަށް ހުވަފެނުންވެސް ފެންނާނޭ ކަންތައްތަކެއް ނޫނެވެ. މި ދައްކަނީ "ކުޑަ ސިޓީ" ގެންގުޅުނު ޒަމާނުގެ މީހުންގެ ވާހަކަ އެވެ. ފިނި ހަނގުރާމަ އާއި ބޮޑުރާޅު ދުށް މީހުންގެ ވާހަކަ އެވެ. ނޮވެންބަރު ތިނެއްގައި ޤައުމުގެ ދިފާޢުގައި ނިކުތް މީހުންގެ ވާހަކަ އެވެ. އޯގަސްޓު 12،13 އާއި، ޒަމާނީ ޑިމޮކްރަސީގެ އިސްލާޙީ މަސައްކަތްތައް ތަޖުރިބާކުރި މީހުންނެވެ. ފުރަ މާލެ ނުހިއްކާ ޒަމާން ދުށް މީހުންނެވެ. އުވިގޮސްފައިވާ އެތައް އާދަކާދައެއް ތަޖުރިބާކުރި މީހުންނެވެ. މަތިންދާބޯޓުތަކުގައި އުދުހުމުގެ ބަދަލުގައި އަނގަމަތި މަސްދީނިތަކާއި ބައްތެލިތަކުގެ އަހުލުވެރިންނެވެ. އެއް ރުފިޔާއަށް ސަތޭކަ މެޓާ ލިބުނު ޒަމާނުގެ މީހުންނެވެ. އެމީހުންގެ ތަޖުރިބާތައް އަޑުއަހާލުމުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އިންސާނެއްގެ ޢުމުރު ދުވަހު ދުނިޔެއަށް އަންނަ ބަދަލުތައް ތަޞައްވަރުކުރެވޭނެ އެވެ. މިއިން ކޮންމެ މީހެއްގެ ނިތްކުރީގައި އެ ހުންނަ ކޮންމެ ރުލަކީވެސް ޝައުޤުވެރިކުރަނިވި ވާހަކައެކެވެ. އެމީހުންގެ ނުރަތަކުގެ ތެރޭ އެ ފޮރުވަނީ އަހަރަމެންގެ ތާރީޚުކަން އަހަރެމެން ދަންނާން ޖެހެ އެވެ.

"އެމީހުންނާއި އަހަރަމެން" ގެ ވިސްނުން ދޫކޮށްލާށެވެ. އަދުގެ މުސްކުޅީންނަކީ އިއްޔެގެ ޒުވާނުންނެވެ. އަދި މިއަދުގެ ޒުވާނުންނަކީ މާދަމާގެ މުސްކުޅިންނެވެ. މިއިން ކޮންމެ ޖީލެއްވެސް، އެ ޖީލެއްގެ ރަން ޒަމާނުގައި، ކޮންމެސް ސިފައެއްގައި ޤައުމަށް ކޮށްދިން ޚިދުމަތްތަކެއް ވާނެ އެވެ. ޒުވާން ޖީލަށް އޮތީ އެކަން ބަލައިގަތުމެވެ. އެ ޖީލަށް ޙައްޤު އިޙުތިރާމު ދިނުމެވެ. ދުވަސްވީ މީހުންގެ ޢިލްމާއި، ހިލްމާއި ތަޖުރިބާގެ ފައިދާ ހޯދުމެވެ. އެއީ މުޖުތަމަޢުގެ ބަގީޗާގެ މާތަކުގައި ހުރި ގުރުޑު ފިޔަކަމުގައި ނުދެކޭށެވެ. ބަދަލުގައި އެއީ އެ ބަގީޗާއަށް ހައިބަތު ގެނެސްދޭ ބޮޑެތި ގަސްގަހުގެ މޫ ކަމުގައި ދެކޭށެވެ. އަހަރެމެންނީ އެއް ބައެއްކަމުގައި ދެކޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox