ޔޫކްރެއިން މައްސަލަ: އަނެއްކާވެސް ބޮޑު ސައިބާ ހަމަލާއެއް ދީފި

މީގެ ކުރިން ވެސް ޔޫކްރެއިން ސަރުކާރުގެ ގިނަ ވެބްސައިޓްތަކަށް ސައިބާ ހަމަލާއެއް ދީފައިވޭ.

މީގެ ކުރިން ވެސް ޔޫކްރެއިން ސަރުކާރުގެ ގިނަ ވެބްސައިޓްތަކަށް ސައިބާ ހަމަލާއެއް ދީފައިވޭ.

ކިޔެވް، ޔޫކްރެއިން (ފެބްރުއަރީ 16) - ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީ އާއި ސިފައިންނާއި ދައުލަތުގެ ދެ ބޭންކެއްގެ ވެބްސައިޓަށް ސައިބާ ހަމަލާއެއް ދީފި އެވެ.

ހަމަލާދިން ދެ ބޭންކަކީ އޮޝަޑްބޭންކް އާއި ޕްރިވެޓް އެވެ. އެއީ ޔޫކްރެއިންގެ އެންމެ ބޮޑު ދެ މާލީ އިދާރާ އެވެ. އެ ދެ ބޭންކުން ވެސް ވަނީ މައްސަލަ ހައްލުކޮށް، ހިދުމަތް އަލުން ދޭން ފަށާފަ އެވެ.

ނަމަވެސް ޑިފެންސް މިނިސްޓްރީ އާއި ސިފައިންގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލު ކުރެވުނު ކަމެއް ސާފެއް ނޫނެވެ. އެގޮތުން ވެބްސައިޓްގެ "ޓެކްނިކަލް މަސައްކަތެއް" ކުރާ ކަމަށް އަރުވާފައިވެ އެވެ.

މީގެ މަހެއް ކުރިން ވެސް ޔޫކްރެއިނަށް އަމާޒުކޮށް ދިން ބޮޑު ސައިބާ ހަމަލާއެއްގައި ސަރުކާރުން ގިނަ ވެބްސައިޓްތަކެއް ޑައުންކޮށްލި އެވެ.

އެ ހަމަލާއަށް ފަހު ނޭޓޯއުން ވަނީ ޔޫކްރެއިނާ ގުޅިގެން ސައިބާ ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރާނެކަން އިއުލާނުކޮށްފަ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ބުނީ ޔޫކްރެއިނަށް އެހީވާނެ ކަމަށެވެ.

ހުޅަނގުން ދެކޭ ގޮތުގައި ސައިބާ ހަމަލާތަކުގެ ފަހަތުގައި ވެސް ރަޝިއާ އެވެ. ނަމަވެސް ޔޫކްރެއިނުން ސީދާ ރަޝިއާއަށް ތުހުމަތުކޮށްފައެއް ނުވެ އެވެ.

އަންގާރަ ދުވަހުގެ ސައިބާ ހަމަލާދިނީ ބޯޑަރު ކައިރީގައި ތިބި ރަޝިއާގެ ބައެއް ސިފައިން އެނބުރި ދާން ފަށާފައިވާ ކަމަށް ރަޝިއާއިން ބުނެފައި ވަނިކޮށެވެ.

ނަމަވެސް ޔޫކްރެއިނުން ބުނީ ރަޝިއާގެ ވާހަކަ ގަބޫލުކުރެވޭނީ ސިފައިން ދާ މަންޒަރު ފެނުމުން ކަމަށެވެ. އަންގާރަ ދުވަހު ވެސް ޔޫކްރެއިން މައްސަލައިގައި ރަޝިއާ އާއި އެމެރިކާއިން މަޝްވަރާ ކުރި އެވެ.

ރަޝިއާގެ 100،000 އަށް ވުރެ ގިނަ ސިފައިން ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް ޖަމާވުމުން، ރަޝިއާއިން ޔޫކްރެއިން ހިފަން އުޅޭ ކަމަށް ތުހުމަތު ބޮޑުވި އެވެ. ނަމަވެސް ރަޝިއާއިން ދިޔައީ އެކަން ދޮގުކުރަމުންނެވެ.

ޖާސޫސީ މައުލޫމާތަށް ބިނާކޮށް، މި ހަފްތާގައި އެމެރިކާއިން ބުނީ ކޮންމެ ވަގުތަކު ވެސް ރަޝިއާގެ ހަމަލާއެއް ދީފާނެ ކަމަށެވެ. އެހެންވެ، ގިނަ ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން ޔޫކްރެއިނުން ފައިބަން އިލްތިމާސްކޮށްފަ އެވެ.

ރަޝިއާއިން ޑިމާންޑު ކުރަނީ އެމެރިކާއިން އިސްކޮށް އުޅޭ ނޭޓޯ އަސްކަރީ ކޯލިޝަނުގެ މެމްބަރެއްގެ ގޮތުގައި ޔޫކްރެއިން ނުހިމެނުމަށެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ވެސް ދޫދޭކަށް ބޭނުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox