ހުރިހާ ރަށެއްގައި ތާރުއަޅައިގެން މަގުހެދުން ރަނގަޅެއް ނޫން: އަސްލަމް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް: މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ ހުރިހާ ރަށެއްގައި ތާރުއެޅުން ރަނގަޅެއް ނޫންކަމަށް.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް: މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ ހުރިހާ ރަށެއްގައި ތާރުއެޅުން ރަނގަޅެއް ނޫންކަމަށް.

ރާއްޖޭގެ ހުރިހާ ރަށްތަކަކީ ތާރު އަޅައިގެން މަގުތައް ހަދަން ޖެހޭ ރަށްތައް ނޫންކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ރަށްރަށުގެ ބަނދަރުތައް ހަދަން ކުރިން އެދެމުން އައި ވަރަށް މިހާރު އެދެމުން އަންނަނީ މަގުތަކުގައި ތާރު އަޅަން ކަމަށެވެ. އޭނާ ސިފަކުރެއްވީ އެއީ މިހާރު ޓްރެންޑަކަށް ވެފައި އޮތް ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ 22 ރަށެއްގެ މަގުހަދަން މިހާރުވެސް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށާއި އިތުރު 19 ރަށެއްގެ މަގުތައް ހަދަން ޕްލޭންކޮށްފައިވާ ކަމަށެވެ.

"ކޮންމެ ރަށަކީ އަޅުގަނޑުވެސް ގަބޫލެއް ނުުކުރަން ތާރުއަޅަން ޖެހޭނެ ރަށެއްގެ ގޮތުގައެއް. ބައެއް އާބާދީ ތޮއްޖެހިފައި ހުންނަ ޓްރެފިކް ހައި ތަންތަނުގައި ތާރު އަޅައިގެން މަގުތައް ހަދަން ޖެހިދާނެ. އެހެން ނަމަވެސް ރަށްރަށަށް ތަރައްގީ އައުމާ އެކީގައި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ބަދަލުވާނެ. އެއްތަނުން އަނެއް ތަނަށް ގޮސް އުޅޭ ގޮތް ވެސް ބަދަލުވާނެކަން އަަޅުގަނޑު ވެސް ގަބޫލުކުރަން،" އަސްލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ވަރަށް ކުދި ރަށްރަށުގައި ވެސް ތާރު އަޅަައިގެން މަގުތައް ހަދަން ޑިމާންޑް އެބަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެވަރު ކުދި ރަށްތަކަކީ ވެހިކަލްތަކުގައި މީހުން ދަތުރުކުރަން ޖެހޭ ރަށްތައްކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް ބައެއް ރަށްރަށް އެބަހުރި އެއްކޮޅުގައި ހުރެފައި އަނެއް ކޮޅުގައި ހުންނަ މީހާއަށް ގޮވައިލީމާ އަޑުއިވޭ ވަރުގެ ރަށްރަށް. އެރަށްރަށުގައި ވެސް ތާރުއެޅުމަށް ޑިމާންޑް އެބަކުރޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެވަރުގެ ކުދިރަށްތަކުގައި ވެހިކަލް ގެންގުޅެވޭނެ އަދަދުވެސް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް މުދާ އުފުުލަން ޕިކަޕް ގެންގުޅެން ޖެހޭކަން ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ މިމޭރުމުން ވާހަކަދެއްކެވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަށް ފަހު ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ކޮމެންޓަކަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ މަގުތަކަކީ "ދޮންވެލިން ޒީނަތްތެރި ކުރެވިފައި ހުންނަ" މަގުތަކެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ދުއްވާ އެއްޗިހި ގެންގުޅެން ފެށުމުން ބައެއް ރަށްރަށުގައި އަޑިގުޑަން އެބަހުރި ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން އެހެން ނަމަވެސް މިރަށްރަށުގެ، ރާއްޖޭގެ ރަށްތަކުގެ މަގުތަކާ ގުޅޭ ގޮތުން ގެންގުޅޭ ވިސްނުން ބަޖެޓުން އަޅުގަނޑުމެންނަށް އެބަ ފެނޭ،" މަގުތައް ހަދަން ގިނަ އަދެއްގެ ފައިސާ ބެޖެޓްކޮށްފައި ވާތީ އެކަަމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވި އެވެ.

މެމްބަރު ސައުދު ހުސައިން އަސްލަމާ މިއަދު ކުރެއްވި ސުވާލަކީ އޭނާ މިދިޔަ އަހަރު ހުށަހެޅުއްވި ސުވާލެކެވެ. އެއީ އޭނާގެ ދާއިރާގެ ރަށެއްކަމަށްވާ ކޮލަމާފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެކަން އޮޅުންފިލުއްވަން ކުރެއްވި ސުވާލެކެވެ. އަސްލަމް ވިދާޅުވީ އެ މަަސަކަތް މިދިޔަ މަހު އާރްޑީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox