ސީޝެލްސް އަތުން ލިބުނު މޮޅަކީ ރާއްޖޭގެ އަންހެން ޓީމުގެ އާ ޖީލުގެ ފެށުން: ކޯޗު

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ބާބާ: ޓީމާ މެދު އުންމީދުތަކެއް އެބައޮތް ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ބާބާ: ޓީމާ މެދު އުންމީދުތަކެއް އެބައޮތް ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ސީޝެލްސް އަތުން ރޭ ގައުމީ އަންހެން ފުޓްބޯޅަ ޓީމު 1-0 އިން މޮޅުވި މެޗަކީ ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ އާ ޖީލުގެ ފެށުން ކަމަށް ކޯޗު ޑޭވޯ ބާބާ ބުނެފި އެވެ.

މަރިޔަމް ނޫރާ ޖެހި ގޯލުން ރާއްޖެ ސީޝެލްސް އަތުން މޮޅުވިއިރު، މިއީ ފާއިތުވި 9 އަހަރުގެ ތެރޭގައި ގައުމީ ޓީމުން އަމިއްލަ ދަނޑުގައި ކުޅެ މޮޅުވި ފުރަތަމަ މެޗެވެ. މީގެ ކުރިން ރާއްޖެ އިން ވަނީ 2013 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ގަތަރާއި ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗަށްފަހު ފަހު ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ގަތަރާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން 1-0 އިން މޮޅުވިއިރު ދެވަނަ މެޗުން ރާއްޖެ މޮޅުވީ 3-0 އިންނެވެ.

ސީޝެލްސް އަތުން މޮޅުވި މެޗަކީ މިދިޔަ މަހު ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސާބިއާގެ ކޯޗު ޑޭވޯ ބާބާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެެޗެވެ.

ގައުމީ ޓީމާ އެކު ނިކުތް ފުރަތަމަ މެޗަށްފަހު ކޯޗު ބާބާ ބުނީ ސީޝެލްސް އަތުން ލިބުނު މޮޅަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ އާ ޖީލުގެ ފެށުން ކަމަށާއި، މި މޮޅާ އެކު މި ޒުވާން ޓީމަށް ހިތްވަރާއި އުއްމީދު ލިބިއްޖެ ކަމަށެވެ.

ބާބާ ބުނީ މިހާރު މިއޮތް ގައުމީ ޓީމުގެ އެވަރެޖް އުމުރަކީ 21 އަހަރު ކަމަށާއި، ރޭގެ މެޗުގައި މުޅިން އަލަށް މި ފެންވަރުގެ މެޗަކަށް ނިކުތް ކުޅުންތެރިންތަކެއް ވެސް ހިމެނޭ ކަމަށެވެ. އަދި މި މެޗާ އެކު މި ހުރިހާ ކުޅުންތެރިންނަށް ބޮޑު އިތުބާރެއް ލިބޭނެކަމަށް ބާބާ ގަބޫލުކުރެ އެވެ.

"ވަރަށް އުފާވެއްޖެ. މިއީ މި ޒުވާން ކުޅުންތެރިންގެ ފެށުމޭ އަހަރެން ބުނާނީ. މުޅިން އަލަށް ފެށުން ކަހަލަ ކަމެއް މިއީ. ޒުވާން ކުޅުންތެރިން ގިނައިން ލައިގެން ކުޅުން. މި ޓީމާ އެކު ފެށުން ރަނގަޅަށް މި ދިޔައީ. އެހެންވީމަ ހުރިހާ ގޮތަކުންވެސް މި މެޗު ހާއްސަވެފައި މިއޮތީ،" ހިތްހަމަޖެހިފައި ހުރެ ބާބާ ބުންޏެވެ.

ގައުމީ ޓީމުގެ މައިގަނޑު ޓާގެޓް ކަމަށްވާ ސާފް ވިމެންސް ޗެމްޕިއަންޝިޕަށް މި ޓީމް ތައްޔާރު ކުރުމުގައި ރަނގަޅު މިސްރާބަށް ދެވޭނެ ކަމުގެ އުންމީދު ބާބާ އަށް އެބައޮތެވެ. އޭނާ ބުނީ ރޭގެ މެޗުން ފުރުސަތު ނުލިބޭ ކުޅުންތެރިންނަށް ކުރިއަށް އޮތް ދެ މެޗުން ފުރުސަތު ދޭނެކަމަށެވެ.

"މި މެޗުގައި އާ ކުޅުންތެރިން ފެނިއްޖެ. މިކަހަލަ މެޗެއްގެ ޕްރެޝަރު މިހާރު އެ ކުދިންނަށް އިނގޭނެ. މިރޭ (ރޭގެ) މެޗުގައި ފުރުސަތު ނުލިބި ބެންޗުގައި ތިބި ކުޅުންތެރިންނަށް ކުރިއަށް އޮތް ދެ މެޗުން ފުރުސަތު ދޭން އަހަރެން އިސްކަމެއް ދޭނަން" ބާބާ ބުންޏެވެ.

ގައުމީ އަންހެން ޓީމު ބުރާސްފަތި ދުވަހުގެރޭ ސީޝެލްސްއާ އެކު ދެ ވަނަ މެޗަށް ނުކުންނާނެ އެވެ. އަދި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާއާ ކުޅޭނެ އެވެ.

ބަލިވިޔަސް ޓީމުން ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭ: ސީޝެލްސް ކޯޗު

ސީޝެލްސްގެ ކޯޗު އެންޖެލިން ޗުއާ ބުނީ މި މެޗަކީ މިދިޔަ ހަތް ވަރަކަށް އަހަރުގެ ތެރޭގައި ސީޝެލްސް އަންހެން ޓީމުން ކުޅުނު ދެ ވަނަ މެޗު ކަމަށާއި، އެހެން ކަމުން ނަތީޖާ ގޯސް ނޫން ކަމަށެވެ.

"އަހަރެން އުންމީދު ކުރި ވަރަށް ވުރެ ރަނގަޅަށް ޓީމުން ކުޅުނު، ހަތް ވަރަކަށް އަހަރުގެ ތެރޭގައި ދެ ވަނަ މެޗު މި ކުޅުނީ، ޖުމްލަކޮށް ބަލާއިރު އަހަރެން މިހުރީ ހިތްހަމަޖެހިފައި. ކުރިއަށް އޮތް ދެ މެޗުގައި ޓީމުން ރަނގަޅު ކުޅުމެއް ދައްކާނެކަމުގެ އުއްމީދު އެބައޮތް،" އެންޖެލިން ބުންޏެވެ.

އެންޖެލިން ބުނީ މި މެޗުން ފެނުނީ ބައިނަލްއަގްވާމީ ފުޓްބޯޅައަށް ކުޅުންތެރިން އާވެފައި ތިބި މަންޒަރު ކަމަށާއި، މި މެޗުގެ ތަޖުރިބާއާ އެކު ކުރިއަށް އޮތް ދެ މެޗުގައި އެ ޓީމުގެ ކުޅުން ރަނގަޅުވާނެ ކަމަށެވެ. ރާއްޖެއިން ޖެހި ގޯލަކީ ސީޝެލްސްގެ ކުޅުންތެރިންނަށް ހެދުނު ގޯހަކުން ޖެހުނު ގޯލެއްކަން ފާހަގަކޮށް، އެންޖެލިން ބުނީ މި މެޗުގެ ކުރީކޮޅު އެވަރުގެ މިސްޓޭކެއް ހެދުނީ މި ލެވެލްގެ ފުޓްބޯޅައަށް އާ ކުޅުންތެރިން ޓީމްގައި ގިނަވުމުން ކަމަށެެވެ.

ސީޝެލްސް ޓީމަށް ބާކީ އޮތީ ބުރާސްފަތި ދުވަހުގެރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހޯމަ ދުވަހު ސައުދީ އަރަބިއްޔާއާ ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox