ނޫރާގެ ގޯލުން 9 އަހަރު ތެރޭ ރާއްޖޭގެ އަންހެން ގައުމީ ޓީމަށް ބޮޑު މޮޅެއް

ރާއްޖޭގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން

ރާއްޖޭގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން

މަރިޔަމް ނޫރާ ޖަހައިދިން ހަމައެކަނި ގޯލާ އެކު ސީޝެލްސް އަތުން 1-0 އިން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު މޮޅުވެއްޖެ އެވެ.

މިއީ ފާއިތުވި ނުވަ އަހަރުތެރޭ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ގަލޮޅު ދަނޑުގައި ކުޅުނު ރަސްމީ އެކުވެރިކަމުގެ ފުރަތަމަ މެޗެވެ. އެ ގޮތުން 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭ ގަލޮޅު ދަނޑުގައި ގަތަރާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ރާއްޖެ މޮޅުވި އެވެ. ފަހު މެޗުން ގަތަރުގެ މައްޗަށް ރާއްޖެ ކުރިހޯދީ 3-0 އިން އޭގެ ފަހުން ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑުގައި ކުޅެ، ރާއްޖެ މިރޭ މޮޅުވިއިރު، މިރޭ ގައުމީ ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންތަކެއް އަމިއްލަ ފަސްގަނޑުގައި ރަސްމީ މެޗެއް މި ކުޅުނީ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިހާރު ތިބި ކުޅުންތެރިންނަށް މި މޮޅު ހާއްސަވާނެ އެވެ.

އަނެއްކޮޅުން ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ދާދި ފަހުން ހަމަޖެއްސި ސާބިއާގެ ކޯޗު ޑޭވޯ ބާބާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެެޗެވެ.

މިހާރު ޓީމްގައި ތިބި ތިން އެސިސްޓަންޓް ކޯޗުން ކަމަށްވާ މަރިޔަމް މިރުފަތާއި، ފަދުވާ ޒާހިރު އަދި އާމިނަތު ޝިޔާނާ އަކީ އެންމެ ފަހުން ގަލޮޅު ދަނޑުގައި ގައުމީ އަންހެން ޓީމުން މެޗު ކުޅުނުއިރު ޓީމުގެ ކުޅުންތެރިންނެވެ. މިހާރު އަންހެން ޓީމުގައި އަރަމުން އަންނަނީ އާ ޖީލެކެވެ.

ސީޝެލްސް ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ޝާލިޔާ ބޯޅަ ހިފައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން

މިރޭގެ މެޗު ފަށައިގެން ސީޝެލްސް ފެނުނީ ކުރިއަށް ޖެހި ރާއްޖޭގެ ފަހަތަށް ޕްރެޝަރު ކޮށްގެން ކުޅެން މަސައްކަތްކުރިތަނެވެ. އެ ގޮތުން ރައްޖޭގެ އެންމެ ފަހަތަށް ކުޅުނު ދެ ޑިފެންޑަރުން ކަމަށްވާ ފާތިމަތު ތީބާ އާއި މައީޝާ އަބްދުލް ހަންނާނަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު ކުރިން ޕްރެސް ކުރާތަން ފެނުނެވެ.

މެޗުގައި ފެނުނު ހަމައެކަނި ގޯލް ސީޝެލްސްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން 10 ވަނަ މިނެޓުގައި ޖަހައިދިނީ މަރިޔަމް ނޫރާ އެވެ. އޭރިއާ ރޮނގުމަތިން ބޯޅަ ހޯދައި، ސީޝެލްސްގެ ކީޕަރު މެންޑީ ގަބްރިއޭލަށް އެއްވެސް ފުރުސަތެއް ނުދީ ނޫރާ ވަނީ ބޯޅަ ގޯލްގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

ރާއްޖޭގެ ގޯލާ އެކު ޓީމަށް އިތުބާރު ލިބި އިތުރު ގޯލެއް ޖަހަން މަސައްކަތް ފެށި އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ރާއްޖެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ފާތިމަތު ޝާލިޔާ ބޯޅައާ އެކު ކުރިއަށްދަނިކޮށް، ސީޝެލްސްގެ އެންމެ ފަހަތުގައި ހުރި ޑިފެންޑަރު ފްލޮރެންސް މަރީ ވަނީ ޝާލިޔާ އަށް ފައުލުކޮށްފަ އެވެ.

ޖުމްލަކޮށް ބަލާއިރު ފުރަތަމަ ހާފުގައި ފެނުނީ ރާއްޖެ އިން ގިނަ ހަމަލާ އުފެއްދިތަނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ރާއްޖެ އަށް ލިބުނު ކޯނަރަކުން ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ހޯދިއެވެ. މަރިޔަމް ރިފާ ނަގައިދިން ބޯޅަ ތީބާ ފޮނުވާލި ބޯޅަ ބްލޮކްވީ ރާއްޖެގެ ޝަހުލާ ތައުފީގްގެ ގައިގައި ޖެހިފަ އެވެ.

ސީޝެލްސް ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ރިފާ ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން

ރާއްޖޭގެ ލީޑް ފުޅާކުރަން ފުރަތަމަ ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ ޝާލިޔާ އަށެވެ. ހުސްކޮށް ލިބުނު ބޯޅައެއް ހިފައިގެން ވަދެ ޝާލީޔާ މަސައްކަތް ކުރީ ކީޕަރު މެންޑީ ބޯމަތިން ގޯލަށް ފޮނުވާލާށެވެ. ކީޕަރު މެންޑީ ބޯމަތިން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

އޭގެ ފަސް މިނެޓު ފަހުން ރާއްޖޭގެ ތީބާ އަނެއްކާވެސް ނުރައްކާތެރި ބޯޅަ އެއް ގޯލަށް ފޮނުވާލި އެވެ. ރިފާ ނަގައިދިން ކޯނަރު ސީޝެލްގެ ޑިފެންޑަރުންނަށް ސާފުކޮށް ނުލެވިގެން އުޅެނިކޮށް ލިބުނީ ތީބާ އަށެވެ. ތީބާ ފޮނުވާލި ބާރު ހަމަލާ ދިޔައީ އަރީމަތީ ދަނޑު ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓްގައި ވެސް ރާއްޖޭން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ރާއްޖެ އަށް ލިބުނު ކޯނަރުން ތަނަވަސްކުރި ފުރުސަތަކުން ރިފާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ ރާއްޖޭންނެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުން ޝާލިޔާ ފޮނުވާލި ބޯޅަ ގޯލްގެ ކަނަށް ދަނިކޮށް ކީޕަރު މެންޑީ ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

ސީޝެލްސް އަށް ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމްގެ ފޯވާޑް ނަތާޝާ ބިބީ އަށެވެ. ބޯޅައާ އެކު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު، އަދި ކެޕްޓަން، އާމިނަތު ލީޒާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. .

މެޗު 73 ވަނަ މިނެޓުގައި ރާއްޖޭގެ ރިފާ އަށް ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ޝާލިޔާ ދިން ބޯޅަ ލިބުނުއިރު، ރިފާ އޭރިއާގެ ކަނުގައި ހުރީ ހުސްކޮށެވެ. ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ކީޕަރު މެންޑީ ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

ސީޝެލްސްގެ ފޯވާޑް ނަތާޝާ އަށް މެޗުގެ 78 ވަނަ މިނިޓްގައި ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ރާއްޖޭގެ ތީބާގެ ފައިގައި ޖެހިފައި އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅަ ނަތާޝާ ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ. ޝީޝެލްސްގެ އެޓޭކްތައް ކާމިޔާބުވިޔަ ނުދޭން ރާއްޖޭގެ ފަހަތުގައި ހުރި މައީޝާ އާއި ތީބާ ދެއްކީ ތައުރީފު ހައްގު ކުޅުމެކެވެ. ސީޝެލްސް ކުޅުންތެރިންނަށް މާ ބޮޑު ޖާގައެއް ލިބުނަނުދީ ބޯޅަ ސަލާމަތްކުރުމުގައި ތަފާތު ދެއްކި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ނެސްލޭ ކުންފުނީގެ ދިޝާން.-- ފޮޓޯ: އެފްއޭއެމް

މިރޭގެ މެޗުން ރާއްޖެ މޮޅުވިއިރު، މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ސްރީ ލަންކާ ބަލިކޮށް ތިން ވަނަ ހޯދި ފަހުން ލިބުނު ފުރަތަމަ މޮޅެވެ. ރާއްޖޭން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ދެ މެޗެއް ކުޅޭނެ އެވެ.

ރާއްޖޭގެ އަންހެން ޓީމުން އެކުވެރިކަމުގެ އިތުރު ދެ މެޗެއް ކުޅޭނެ އެވެ. އެއީ އަންނަ ހުކުރު ދުވަހުގެރޭ ސީޝެލްސްއާ ކުޅޭ މެޗާއި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.

މިރޭގެ މެޗު ފެށުމުގެ ކުރިން އެފްއޭއެމްގެ ފަރާތުން ވަނީ މައިލޯގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައިވާ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރެ، ދިޝާން ވިޖަޔަވަރްދަނާ ފުޓްބޯޅަ އާއި ޖުމްލަކޮށް ދިވެހި ކުޅިވަރަށް ކޮށްދެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox