ޔޫކްރެއިން މައްސަލަ: ޔޫކޭ އާއި އެމެރިކާއިން ވެސް ބުނީ ޑިޕްލޮމެޓިކް ހައްލެއް ހޯދޭނެ ކަމަށް

ރަޝިއާއިން ބުނެފައި ވަނީ ޔޫކްރެއިން ބޯޑަރު ކައިރީގައި ހިންގާ ބައެއް އަސްކަރީ ތަމްރީންތައް ނިމެން ގާތްވެފައިވާ ކަމަށް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ރަޝިއާއިން ބުނެފައި ވަނީ ޔޫކްރެއިން ބޯޑަރު ކައިރީގައި ހިންގާ ބައެއް އަސްކަރީ ތަމްރީންތައް ނިމެން ގާތްވެފައިވާ ކަމަށް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޔޫކްރެއިން މައްސަލައިގައި ޑިމްލޮމެޓިކް ހައްލަކާ ހަމައަށް ދިޔުމުގެ އުއްމީދު އަދިވެސް އެބަ އޮތް ކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ބުނެފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ޔޫކްރެއިން މައްސަލައިގައި 40 މިނެޓު ވަންދެން ފޯނު މެދުވެރިކޮށް މަޝްވަރާ ކުރައްވާފަ އެވެ.

ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް 100،000 އަށް ވުރެ ގިނަ ރަޝިއާ ސިފައިން ޖަމާވި ނަމަވެސް، ރަޝިއާއިން ތަކުރާރުކޮށް ބުނަމުން ދަނީ ޔޫކްރެއިނަށް އަރަން ނޫޅޭ ކަމަށެވެ.

ހޯމަ ދުވަހުގެ ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ވެސް ވިދާޅުވީ ޑިޕްލޮމެސީގެ ދޮރުތައް އަދިވެސް އޮތީ ހުޅުވިފައި ކަމަށެވެ.

ރަޝިއާއިން ކޮންމެ ވަގުތަކު ވެސް ޔޫކްރެއިނަށް ހަމަލާދީފާނެ ކަމަށް ބެލެވޭތީ ގިނަ ގައުމުތަކަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން ޔޫކްރެއިނުން ފޭބުމަށް އިލްތިމާސްކޮށްފަ އެވެ.

ބޮރިސް އާއި ބައިޑެންގެ މަޝްވަރާއަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ ޑިޕްލޮމެސީ އާއި ޔޫކްރެއިނަށް އޮތް ނުރައްކާ ކުޑަ ކުރަން ރަޝިއާއަށް އޮތް ވަގުތު ކުޑަތަން ވަމުންދާ ކަމަށެވެ.

"ލީޑަރުން ފާހަގަކުރެއްވި ގޮތުގައި ޔޫކްރެއިން މައްސަލައިގައި އިތުރު ގޯސް ފިޔަވަޅުތަކެއް އަޅައިފި ނަމަ، ރަޝިއާއަށް ބޮޑު ކާރިސާއެއް ކުރިމަތިވެ، ރަޝިއާ އާއި މުޅި ދުނިޔެއަށް ވެސް ގިނަ ގެއްލުންތަކެއް ވާނެ."

ހޯމަ ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިް ޒެލެންސްކީ އިއުލާނު ކުރެއްވި ގޮތުގައި ރަޝިއާއިން ހަމަލާ ދޭނެ ކަމަށް ބެލެވޭ ތާރީހަކީ ފެބްރުއަރީ 16 ވަނަ ދުވަހެވެ.

"ރައްދުގައި އަޅުގަނޑުމެންނަށް ވެސް ކުރެވޭނެ ކަންކަން އެބަ ހުރި. އަޅުގަނޑުމެންގެ ލަޝްކަރު ވަރަށް ވަރުގަދަ. މިއީ މީގެ އަށް އަހަރު ކުރިއާ އަޅާ ބަލާއިރު އެތައް ގުނައެއް ވަރުގަދަ ލަޝްކަރެއް."

ނަމަވެސް ޒެލެންސްކީ ވިދާޅުވީ އިސްކަން ދެއްވާނީ ހުރިހާ މައްސަލައެއް ވެސް މަޝްވަރާ އާއި ޑިޕްލޮމެސީގެ ތެރެއިން ހައްލު ކުރަން ކަމަށެވެ.

ރަޝިއާއިން ޑިމާންޑު ކުރަނީ އެމެރިކާއިން އިސްކޮށް އުޅޭ ނޭޓޯ އަސްކަރީ ކޯލިޝަނުގެ މެމްބަރެއްގެ ގޮތުގައި ޔޫކްރެއިން ނުހިމެނުމަށެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ވެސް ދޫދޭކަށް ބޭނުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox