ޖޯޖް ކޯބިންއަށް ރާއްޖެ ތަފާތުވަނީ ދިވެހީންގެ މެހެމާންދާރީގެ ފުރިހަމަކަމުން

ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރެއްވި ޖޯކް ކޯބިން (މ)، ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް ފޮޓޯ އަކަށް ހުއްޓިގެން -- ފޮޓޯ އަހުމަދު ނަސީމު ޓުވިޓާ

ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރެއްވި ޖޯކް ކޯބިން (މ)، ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް ފޮޓޯ އަކަށް ހުއްޓިގެން -- ފޮޓޯ އަހުމަދު ނަސީމު ޓުވިޓާ

އެހެން ޓޫރިޒަމް މަންޒިލުތަކާ އަޅާބަލާއިރު ރާއްޖެ ވަރަށް ތަފާތު ކަމަށާއި ރާއްޖެ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ ދިވެހިންގެ މެހެމާންދާރީ ކަމަށް ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރެއްވި ޖޯޖް ކޯބިން ވިދާޅުވެއްޖެ އެވެ.

މީގެ ފަންސާސް އަހަރު ކުރިން، 16 ޕެބްރުއަރީ 1972 ގައި އެންމެ ފުރަތަމަ ޓުއާ ގްރޫޕް ރާއްޖެ ގެންނެވި ކޯބިން، ޓޫރިޒަމް މިނިސްޓްރީގެ ހާއްސަ ދައުވަތަކަށް މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މީގެ 50 އަހަރު ކުރިން ކޯބިން އާއެެކު ރާއްޖެ ވަޑައިގަތް ކޯބިންގެ އަންހެން ދަރިފުޅު ޖޯޖިއާ ކޯބިން ވެސް މިއަދު ރާއްޖެ އައެވެ. އޭނާގެ އުމުރުރަކީ އޭރު ދެ އަހަރެވެ.

ކޯބިންއަށް އެއާޕޯޓު ވީއައިޕީން މަރުހަބާ ދެންނެވީ އިޓަލީގެ ޓުއަ ގްރޫޕް ރާއްޖެ ގެނައުމުގައި ކޯބިން އާއެކު އިސް ދައުރެއް އަދާކުރެއްވި މިހާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް އެވެ.

"މިއީ ލިބޭ ވަރަށް ބޮޑު ސަރަފެއް އަދި އުފަލެއް، ވަރަށް އުފާކުރަން ޓޫރިޒަމަށް ފަންސާސް އަހަރު ފުރުން ފާހަގަ ކުރުމުގައި ބައިވެރިވުމަށް ދަވަތު ލިބުނީމަ،" ކޯބިން ވިދާޅުވި އެވެ.

އެބޭފުޅާ ވިދާޅުވި ގޮތުގައި ކޮންމެ ގައުމަކީ ވެސް ރީތި ގައުމަކަށްވި ނަމަވެސް، ރާއްޖެ އާ އެއްފަދަ ޖަޒީރާ ވަންތަ އަދި ހިތްހެޔޮ ބަޔަކު ދިރިއުޅޭ އެހެން ގައުމެއް ފާހަގަ އެއް ނުކުރެ އެވެ.

ޖަޒީރާ ވަންތަ ކަމުގެ ގޮތުން ވެސް ރާއްޖެ ތަފާތު، ރާއްޖެ އަކު ފަރުބަދައެއް ނުހުރޭ، ރާއްޖެގައި އޮތީ ވަރަށް ހިއްގައިމު ދޮންވެލީގެ ގޮނޑު ދޮށާއި ސާފު މޫދު، "ރާއްޖެ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ ދިވެހިން، ދިވެހިންގެ ހިތްހެޔޮ ކަމާއި މެހެމާން ދާރީ."

ކޯބިން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް ހިދުމަތް ކޮށްދިނުމަށްޓަކައި އިތުރު ފަންސާސް އަހަރު ދުނިޔޭގައި ހުރެވޭނަމަ ކިތަންމެހާ ވެސް ރަނގަޅު ރަނގަޅު ކަމަށާއި، ރާއްޖޭގެ ޓޫރިޒަމް ކުރިއަށް އޮތްތަނުގައި އިތުރަށް ކުރިއަރާ ދާތަން ދެކެން ބޭނުންވާ ކަމަށެެވެ.

ސސސސސސސސ
ސސސސސސސސ

މީގެ 50 އަހަރު ކުރިން ޖޯޖް ކޯބިން މާލޭގައި ދަރިފުޅަށް ކުރުނބަލެއް ދޭއިރު، ކައިރީގައި މިނިސްޓަރު އަހުމަދު ނަސީމު އިށީނދެ ވަޑައިގެން-- ފޮޓޯ އަހުމަދު ނަސީމު ޓުވިޓާ

"މި ދަތުރުގައި ވަރަށް ގިނަ ފަރާތަތަކާއި ބައްދަލު ކުރުން އެބައޮތް، ބަލާނަން އަޅުގަނޑަށް ދެން ކޮށްދެވެނީ ކޮން ކަމެއްތޯ، އެމެރިކާގެ މާކެޓް ރާއްޖެއަށް ގެނައުމަށް މަސަައްކަތް ކޮށްދޭނަށް، އެއީ ވަރަށް ބޮޑު މާކެޓެއް. ރާއްޖެއަށް ވަރަށް ރަނގަޅު މާކެޓަކަށް އެމެެރިކާ ވާނެ،" ކޯބިން ވިދާޅުވި އެވެ.

ކޯބިން ވިދާޅުވި ގޮތުގައި މިދިޔަ ފަންސާސް އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

"ކުރިން މީ މަސްވެރި ގައުމެއް، މިހާރު ހުރީހާ އެންމެން ވެސް އުޅެނީ ޓޫރިޒަމްގައި،" އެ ބޭފުޅާ ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމާ ބެހޭ ގޮތުން ކޯބިން ވިދާޅުވީ 'ނަސިމަކީ، ބޭބެ އެއް، އެކުރެވިޔަކަށްވުރެ ގާތް ބޭފުޅެއް' ކަމަށެެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ޓޫރިޒަމަށް 50 އަހަރު ފުރުމާއި ގުޅޭ ބައެއް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާގައި މިހާރު ދިރިއުޅުއްވާ ކޯބިން، ވަޑައިގަތުމަކީ ޓޫރިޒަމް އަހަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމެކެވެ. ކުރިން ވެސް އަދި މިހާރު ވެސް ކޯބިން ގެ ތަޖުރިބާ އާއި އެހީތެރިކަން ރާއްޖޭގެ ޓޫރިޒަމަށް ނުހަނު ބޭނުން ކަމަށް މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ސްޓޭމްޕް ސެޓް ނެރުމަށް މާދަމާ ހަވީރު މެންހަޓަން ބިޒްނަސް ހޮޓަލުގައި ބާއްވާ ރަސްމިއްޔާތުގަ އާއި ރާއްޖޭގައި ޓޫރިޒަމް ފެށިގެން އަދި ގޮތުގެ ތަޖުރިބާ ދަރިވަރުންނަށް ހިއްސާ ކުރުމަށް ބުރާސްފަތު ދުވަހު ހަވީރު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބާއްވާ ޓޯކް ޝޯގަ ކޯބިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox