ޔޫކްރެއިން މައްސަލަ: ރަޝިއާއިން ބުނީ ޑިޕްލޮމެޓިކް ހައްލެއް ހޯދިދާނެ ކަމަށް

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން (ކ) އަދި ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ބައްދަލުކުރައްވަނީ. -- ފޮޓޯ: އީޕީއޭ

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން (ކ) އަދި ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ބައްދަލުކުރައްވަނީ. -- ފޮޓޯ: އީޕީއޭ

ޔޫކްރެއިން މައްސަލައިގައި ހުޅަނގުގެ ގައުމުތަކާ އެކު ޑިޕްލޮމެޓިކް ހައްލަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ރަޝިއާއިން ބުނެފި އެވެ.

ޓީވީ މެދުވެރިކޮށް ދެއްކި ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް، ރައީސް ލެޑިމިއަ ޕުޓިންއަށް ވިދާޅުވީ މަޝްވަރާއަށް އޮތް ދޮރު އަދި ބަންދު ނުވާ ކަމަށެވެ.

ރަޝިއާއިން ކޮންމެ ވަގުތަކު ވެސް ޔޫކްރެއިނަށް ހަމަލާދީފާނެ ކަމަށް ބެލެވޭތީ ގިނަ ގައުމުތަކަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން ޔޫކްރެއިނުން ފޭބުމަށް އިލްތިމާސްކޮށްފަ އެވެ.

ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް 100،000 އަށް ވުރެ ގިނަ ރަޝިއާ ސިފައިން ޖަމާވި ނަމަވެސް، ރަޝިއާއިން ތަކުރާރުކޮށް ބުނަމުން ދަނީ ޔޫކްރެއިނަށް އަރަން ނޫޅޭ ކަމަށެވެ.

ރަޝިއާއިން ޑިމާންޑު ކުރަނީ އެމެރިކާއިން އިސްކޮށް އުޅޭ ނޭޓޯ އަސްކަރީ ކޯލިޝަނުގެ މެމްބަރެއްގެ ގޮތުގައި ޔޫކްރެއިން ނުހިމެނުމަށެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ވެސް ދޫދޭކަށް ބޭނުމެއް ނުވެ އެވެ.

ޓީވީ މެދުވެރިކޮށް ދެއްކި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ސާގެއި ޝޮއިގޫ، ޕުޓިންއަށް ވިދާޅުވީ ޔޫކްރެއިންގެ ބޯޑަރު ކައިރީގައި ކުރިއަށްދާ އަސްކަރީ ބައެއް ތަމްރީންތައް ނިމެން ގާތްވެފައިވާ ކަމަށެވެ.

މައްސަލަ ހައްލު ކުރެވޭތޯ ޖަރުމަނުވިލާތުގެ ޗާންސެލަރު އޯލާފް ޝޯލްޒް ހޯމަ ދުވަހު ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް ވަޑައިގެންނެވި އެވެ.

ޝޯލްޒް ވިދާޅުވީ ބޯޑަރު ކައިރީގައި ރަޝިއާ ސިފައިންގެ އަދަދު އިތުރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި، ޔޫކްރެއިނަށް އަރައިފި ނަމަ ބޮޑެތި އިގްތިސާދީ ފިޔަވަޅުތަކެއް ރަޝިއާއާ ދެކޮޅަށް އަޅާނެ ކަމަށެވެ.

ހޯމަ ދުވަހު އެމެރިކާއިން ވަނީ އިތުރު އެފް-15 ފައިޓާ ޖެޓު ނޭޓޯގެ ފައުޖަށް އެހީވާން ޕޮލޭންޑަށް ފޮނުވާފަ އެވެ. އޭގެ ކުރިން އެމެރިކާއިން ވަނީ އިތުރު 3000 ސިފައިން ވެސް ޕޮލޭންޑަށް ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox