ޑޫސަން މެރިން އިންޖީނުގެ ސޭލްސް އެޖެންޓަކަށް މެރިން ޕަވާ

ޑޫސަން މެރިން އިންޖީނެއް: 160 އާއި 1،200 ހޯސްޕަވާގެ އިންޖީނު މެރިން ޕަވާއިން ވިއްކާނެ-- ފޮޓޯ މެރިން ޕަވާ

ޑޫސަން މެރިން އިންޖީނެއް: 160 އާއި 1،200 ހޯސްޕަވާގެ އިންޖީނު މެރިން ޕަވާއިން ވިއްކާނެ-- ފޮޓޯ މެރިން ޕަވާ

ޑޫސަން މެރިން އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކުމަށްޓަކައި، ހިއުންޑާއި ޑޫސަން އިންފްރާކޯގެ ރާއްޖޭގެ އެޖެންޓަކަށް މެރިން ޕަވާ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ރާއްޖޭގައި އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ، ޑޫސަން މެރިން އިންޖީނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރައަކަށް ޑޫސަން ކުންފުނިން މެރިން ޕަވާ މޯލްޑިވްސް ހަމަޖެއްސުމާ ގުޅިގެން އެ ބުރޭންޑުގެ މެރިން އިންޖީނާއި، އިންޖީނުތަކަށް ބޭނުންވާ ސްޕެޔަ ޕާޓްސް ރާއްޖެ ގެނެސް އެތަކެތި ފަސޭހަ ކަމާއިއެކު އެކަށީގެންވާ އަގުތަކެއްގައި ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖޭގައި އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ، ތެލުގެ ހަރަދު ކުޑަ އަދި އަގު ވެސް ނިސްބަތުން ހެޔޮ، ޑޫސަން ބުރޭންޑުގެ މެރިން އިންޖީނުތައް މިހާރުވެސް ރާއްޖޭގެ ވަރަށް ގިނަ އޮޑިދޯނި ފަހަރުގައި އަޅާފައިވެ އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން އިސްކަން މިދެނީ ސްޕެއާ އަށް، މިހާރު ވެސް ސްޕެއާ ރާއްޖެއިން ނުލިބިގެން ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑުމެންގެ ފިހާރައަށް އާދޭ، ކުރިއަށް އޮތްތާގައި ސްޕެއާ ނުލިބުމުގެ ކަންތަކަށް ހައްލު ލިބިގެންދާނެ،" ސޯޅަ އަހަރު ވީ ކުންފުނީގެ ޑައިރެކްޓަރު އަހުމަދު ޝިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރެއާގައި މީގެ 64 އަހަރު ކުރިން ފެށިގެން އުފައްދަމުން އަންނަ ޑޫސަން އިންޖީނުގެ 160 އާއި 1،200 ހޯސްޕަވާ އާ ދެމެދުގެ އިންޖީނު މިހާރުން ފެށިގެން މެރިން ޕަވާއިން ޕްރީ އޯޑަރަށް ގެނެސްދޭނެ އެވެ. އަލަށް އިންޖީނު ވިއްކަން ފެށުމުގެ ގޮތުން އިންޖީނު ގަންނަ ފަރާތްތަކަށް 10-15 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް ވެސް މެރިން ޕަވާއިން ވަނީ ފަށައިފަ އެވެ.

މެރިން ޕަވާ މޯލްޑިވްސް އިން އައްޑޫ ސިޓީ މަރަދޫގައި ހުޅުވާފައިވާ ''މެރިން ޕަވާ މޯލްޑިވްސް އައްޑޫ'' ފިހާރައިން ވެސް ޑޫސަން އިންޖީނުގެ ސްޕެއާ ލިބެން ހުންނާނެވެ.

"އަޅުގަނޑުމެން ކުރިން ވިއްކަމުން ދިޔައީ މިޓްސުބުޝީ ބުރޭންޑުގެ 400 ހޯސްޕަވާ އިން މަތީގެ އިންޖީނުތައް، ޑޫސަން ވިއްކަން ފެށުމާއެކު ދަށް ރޭންޖުތަކުގެ އިންޖީނު ބޭނުންވާ ފަރާތްތަކަށް ހައްލު ހޯދައި ދެވުނީ، އަދި ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން ކުރިޔަށް އޮތް މަހެއް ނޫނީ ދެމަސް ތެރޭގައި ޑޫސަން އަށް ހާއްސަ ފިހާރައެއް ހުޅުވިގެންދާނެ" ޝިމާލް ވިދާޅުވި އެވެ.

ޝިމާލް ވިދާޅުވި ގޮތުގައި ޑޫސަން އިންޖީނާއި ސްޕެއާ ވިއްކުމުގެ އިތުރުން އާފްޓަސޭލްސް ސާވިސް ވެސް މެރިން ޕަވާއިން ފޯރުކޮށްދެވޭނެ އެވެ.

މިނޫނަސް އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ދުނިޔޭގައި ވެސް މަޝްހޫރު ބޮޑެތި ބުރޭންޑުތަކުގެ ތެރޭގއި ހިމެނޭ މިޓްސުބްޝީ މެރިން އިންޖީނާއި، ކޯލާ މެރިން ޖަނަރޭޓަރާއި، ޑޮންގް-އައި ހުންގާނު ސިސްޓަމާއި، މަޖޯނީ ބުރޭންޑުގެ ފެންޑަރާއި، މޮމްބެޓް ބުރޭންޑުގެ ބެޓެރީ އާއި، އޮޓޯ މެރިން ބުރޭންޑުގެ ބެޓެރީ ކޭބަލް އާއި، ޕްރިސްޓާ ބުރޭންޑުގެ އަޑީ ތެލާއި، ހައިޑްރޯލިކު ތެލާއި؛ މަސްވެރިން އެންދަމަން ދިއްލާ ފައިބަ ބުރޭންޑުގެ އިޓަލީގެ ޔޫރޯ ލައިޓާއި، ރޭޑިޔަމް ބުރޭންޑުގެ ޔޫރޯ ލައިޓުގައި ބޭނުންކުރާ ބޮކި އާއި މިނޫން ވެސް ގިނަ އުފެއްދުން ތަކެއް، މެރިން ޕަވާ މޯލްޑިވްސްއިން އެތެރެކޮށް ވިއްކަ އެވެ.

ރާއްޖޭގައި އެންމެ ބާރަށް ދުވާ މަސްދޯނީގައި ބޭނުންކުރާ 1،414 ހޯސްޕަވާގެ މިޓްސުބިސީ އިންޖީނު ވެސް ފޯރުކޮށްދީފައި ވަނީ މެރިން ޕަވާރ މޯލްޑިވުސް އިންނެވެ.

ދޯނިފަހަރުގެ ހުންގާނު ސިސްޓަމްގައި އާއި އަދި ހެވީ ވެހިކަލް ތަކުގައި ބޭނުންކުރާ ހައިޑްރޯލިކް ހޮޅި ޔޫރަޕިއަން ސްޓޭންޑަޑަށް ކުރިންމްޕުކޮށް، ދޮވެ އަދި ޓެސްޓްކުރެވޭ އޮޓޯމޭޓެޑް ވޯކްޝޮޕެއްގެ ހިދުމަތް ވެސް މެރިން ޕަވާ މޯލްޑިވްސްއިން ދެމުން ގެންދެ އެވެ. މި ވޯރކްޝޮޕަކީ ޖަރުމަނު ވިލާތުގެ ޔުނިފުލެކުސް ކުންފުނިން ސަޓިފައިކޮށްފައިވާ ވޯކްޝޮޕެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox