ކެނެޑާގެ "ފްރީޑަމް ކޮންވޯއި" މުޒާހަރާއިން މީހުން ހައްޔަރުކުރަން ފަށައިފި

މީހުން ހައްޔަރު ކުރަނީ ކެނެޑާ އާއި އެމެރިކާއާ ދެމެދު އޮންނަ ބޯޑަރު ހުރަސްކުރަން ހާއްސަ އެމްބެސެޑާ ބްރިޖުން. -- ފޮޓޯ: އޭއެފްޕީ

މީހުން ހައްޔަރު ކުރަނީ ކެނެޑާ އާއި އެމެރިކާއާ ދެމެދު އޮންނަ ބޯޑަރު ހުރަސްކުރަން ހާއްސަ އެމްބެސެޑާ ބްރިޖުން. -- ފޮޓޯ: އޭއެފްޕީ

ވިންޑްސާ، ކެނެޑާ (ފެބްރުއަރީ 13) - ކެނެޑާ އާއި އެމެރިކާއާ ދެމެދު އޮންނަ މުހިއްމު ބޯޑަރު ބްރިޖެއް ބަންދުކޮށްގެން ތިބި "ފްރީޑަމް ކޮންވޯއި" މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރަން ފަށައިފި އެވެ.

ކެނެޑާގެ އޮންޓާރިއޯގެ ވިންޑްސާ ސިޓީގެ ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މުޒާހަރާގައި ބޭނުންކުރާ އުޅަނދުތައް ވެސް ހިފަހައްޓާނެ ކަމަށެވެ.

"މަނާ ހަރަކާތްތައް އޮންނާނީ ޒީރޯ ޓޮލަރެންސް."

ކެނެޑާއިން އެމެރިކާގެ މިޝިގަންގެ ޑެޓްރޮއިޓް ސިޓީއަށް ދެވެން އޮންނަ މައި ބޯޑަރު ކްރޮސިންއަކީ އެމްބެސެޑާ ބްރިޖެވެ. އެ ބްރިޖުން މުޒާހަރާގެ ބައިވެރިން ފޮނުވާލަން ފުލުހުން މަސައްކަތް ފެށީ ހޮނިހިރު ދުވަހު އެވެ.

ބައެއް މީހުން ފޮނުވާލެވުނު ނަމަވެސް، އިތުރު ބަޔަކު ނިންމީ މަޑުކޮށްގެން ތިބުމަށެވެ. އެހެންވެ، އާދީއްތަ ދުވަހު ހެނދުނު ބްރިޖު މަތިން މީހުން ހައްޔަރުކޮށް، ބިޑި އަޅުވައިގެން ގެންދަން ފެށި އެވެ.

ކޮވިޑްގެ ފިޔަވަޅުތަކާ ދެކޮޅަށް ކެނެޑާގެ މަގުތައް ބަންދުކޮށްގެން ބާއްވާ މުޒާހަރާތައް ކޮޕީކޮށް، ފްރާންސް، ނެދަލޭންޑްސް، ސްވިޓްޒަލޭންޑް، އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑުގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. އޭގެ އިތުރުން އަންނަ މާޗް މަހު އެމެރިކާގައި މުޒާހަރާ ކުރަން ދަނީ ތައްޔާރުވަމުންނެވެ.

ކެނެޑާގެ އޮންޓާރިއޯގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، މުޒާހަރާގެ ބައިވެރިން އެމްބެސެޑާ ބްރިޖް ދޫކޮށް ދާން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެއީ ބްރިޖު ބަންދުވުމުން ކެނެޑާ އާއި އެމެރިކާގެ ވެސް ކާރު އުފައްދާ ކުންފުނުތަކުގެ މަސައްކަތަށް ހުރަސް އެޅިފައި ވާތީ އެވެ.

މުޒާހަރާ ހުއްޓާލަން ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑާ ގޮވާލެއްވި ނަމަވެސް، އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox