ރަޝިއާގެ ނުރައްކާ އޮތަސް ވައިގެ ސަރަހައްދު ބަންދު ނުކުރާނަން: ޔޫކްރެއިން

ސަލާމަތީ ސަބަބުތަކަށްޓަކައި ޔޫކްރެއިނަށް ދަތުރު ކުރުން ހުއްޓާލި ފުރަތަމަ ބޮޑު އެއާލައިނަކީ ކޭއެލްއެމް. -- ފޮޓޯ: ޓަސް

ސަލާމަތީ ސަބަބުތަކަށްޓަކައި ޔޫކްރެއިނަށް ދަތުރު ކުރުން ހުއްޓާލި ފުރަތަމަ ބޮޑު އެއާލައިނަކީ ކޭއެލްއެމް. -- ފޮޓޯ: ޓަސް

ކިޔެވް، ޔޫކްރެއިން (ފެބްރުއަރީ 13) - ޔޫކްރެއިންގެ ބޯޑަރު ވަށާލައިގެން ތިބި ރަޝިއާ ސިފައިން ކޮންމެ ވަގުތަކު ވެސް އެ ގައުމަށް އެރުމުގެ ބިރު އެބަ އޮތް ކަމަށް ޖާސޫސީ ފަރާތްތަކުން ބުނި ނަމަވެސް، ވައިގެ ސަރަހައްދު ބަންދު ނުކުރަން ނިންމައިފި އެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ޔޫކްރެއިން ދަތުރު ކުރުން ހުއްޓާލި ފުރަތަމަ ބޮޑު އެއާލައިނަކީ ނެދަލޭންޑްސްގެ ކޭއެލްއެމް އެވެ. އެ އެއާލައިނުން އެގޮތަށް ނިންމީ ހޮނިހިރު ދުވަހު އެވެ.

ޔޫކްރެއިންގެ ބަޖެޓު އެއާލައިން ސްކައިއަޕް އިން އާދީއްތަ ދުވަހު ބުނީ ޕޯޗުގަލް އިން ކިޔެވް އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއް މޯލްޑޯވާ އަށް ތިރިކުރަން ޖެހުނީ ފްލައިޓް ކުއްޔަށް ދޫކުރި އަޔަލޭންޑުގެ ކުންފުނިން ޔޫކްރެއިންގެ ވައިގެ ސަރަހައްދަށް ވަންނަން ހުއްދަ ނުދިނުމުން ކަމަށެވެ.

ސްކައިއަޕް އިން ބުނީ ފްލައިޓް ކުއްޔަށް ދޫކުރާ ޔޫރަޕްގެ ކުންފުނިތަކުން ޑިމާންޑް ކުރަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ޔޫކްރެއިންގެ އެއާލައިންތަކުން ފްލައިޓްތައް އީޔޫގެ ވައިގެ ސަރަހައްދަށް ގެންދަން ކަމަށެވެ.

ޔޫކްރެއިންގެ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ބުނީ ވައިގެ ސަރަހައްދު ބަންދު ނުކުރާ ކަމަށާއި އެއާލައިންތަކަށް އޮތް ނުރައްކާ ކުޑަ ކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ.

ވައިގެ ދަތުރުފަތުރާ ގުޅޭ އެނެލިސްޓުން ބުނާ ގޮތުގައި ގިނަ އަދަދެއްގެ ބައިނަލްއަގްވާމީ އެއާލައިންތަކުން ވަރަށް އަވަހަށް ޔޫކްރެއިނަށް ދަތުރު ކުރުން މެދުކަނޑާލާނެ އެވެ.

އެގޮތުން ޔޫކްރެއިންގައި ހަމަނުޖެހުން ބޮޑު އިރުމަތީ ސަރަހައްދު ކައިރިން ދަނިކޮށް ޖުލައި 2014 ވަނަ އަހަރު ވައްޓާލި މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް17 އަށް ދިމާވި ގޮތް އެއާލައިންތަކުގެ ހަނދާނުން ނުފިލާ ކަމަށް އެނެލިސްޓުން ބުނެ އެވެ.

އެމްސްޓަޑަމް އިން ކުއަލަ ލަމްޕޫރަށް ދަތުރު ކުރަމުން ދިޔަ އެ ފްލައިޓުގައި ތިބި 298 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox