ދިގު ވާހަކަ: ގޮތް ހުސްވެފައި

ދިގު ވާހަކަ: ގޮތް ހުސްވެފައި

(ހަ ވަނަ ބަޔާ ގުޅޭ)

ދެފަހަރަކު އެސްފިޔަ ޖަހައިލެވުނެވެ. މަޑުމަޑުން އެ ކުއްޖާ މައްޗަށް އަރަމުން ދިޔަ އެވެ. އޭރު ވެސް ކުއްޖާ އޮތީ އެތެރެ ވަކިވާ ޒާތުގެ ބޯޅައެއްގެ ތެރޭގަ އެވެ. އަހަންނަށް ބަލައިލެވުނީ ކުއްޖާގެ ބުރަކަށިން ދެ ފަރާތަށް ބޮޑުވަމުން ދިޔަ ފިޔަގަނޑަށެވެ. އެ ފިޔަގަނޑުގެ ކުލަ ބަދަލުވަމުން ދިޔަ އެވެ. ހީވަނީ ހުދުކުލައިގެ ދޫންޏެއްގެ ފިޔަގަނޑު ހެންނެވެ. ހުދުކަމުން އެ ފިޔަގަނޑު ހީވަނީ ބޯ ކިރުކޮޅެއް ހެންނެވެ. އެ ކުއްޖާ މައްޗަށް އަރަމުން ދިޔައީ ފިޔައިގެ ބާރުގައެއް ނޫނެވެ. އެހެން ކޮންމެ ވެސް ބާރެއްގެ އެހީގަ އެވެ. ހީވަނީ ނޭނގޭ ބާރަކުން އެ މައުސޫމު ކުއްޖާ މައްޗަށް އުފުލަމުން ގެންދާ ހެންނެވެ.

ދެ މީހެއްގެ މާނޭވާއެކުވެ މަސްހުނިވަމުން ދިޔަ ގިސްލުމުގެ އަޑާއެކުވަމުން ދިޔައީ ކެކުޅުންތަކާއެކު އިވެމުން ދިޔައީ ރުއިމުގެ އަޑެވެ. މަސްހުނިކަމާއެކު އެ އަޑުތައް ދުރުން އިވެމުން ދިޔަ އެވެ. އަހަނަށް ބަލައިލެވުނީ ތަންކޮޅެއް ތިރިއަށެވެ. އެ ތަނުގައި ތިބީ ދެ ޒުވާނުންނެވެ. ބަލައިބެލުމަށް އެއީ ދެ މަފިރިންނެވެ. އެމީހުންގެ ހަރަކާތްތަކުން އެކަން ހާމަވެ އެވެ. ނަމަވެސް، އެ މީހުންގެ މޫނު ސާފެއް ނުވެ އެވެ. ދެ މީހުން ވެސް ފެންނަނީ ހިޔަނިތަކެއް ގޮތުގަ އެވެ. ގަދަ އަލިކުލައަކުންނެވެ. މުޅި މާހައުލުގައި ވެސް ވަނީ އަލިކުލަ އެވެ. ފަނޑު އަލިކުލަ އެވެ.

ބަލައިބެލުމަށް ފިރިހެން ކުއްޖާ ތަންކޮޅެއް ދިގެވެ. އޭނާގެ ބުރުސޫރައާއި ހަށިގަނޑުގެ ބައްޓަމާއި އޮނިގަނޑުން އަހަންނަށް ސިފަވީ ފައިޒާނެވެ. ފައިޒާން ލޯބި ކުރާ ގޮތަށް އެ މީހާގެ ޖީންސުގެ ފައިކުރި ހުރީ ތަނބިކަށްޓާ ހަމަ އަށެވެ. އޭނާގެ ގައިގައި އޮޅުލައިގަނެގެން ހުރީ ޒުވާން އަންހެން ކުއްޖެވެ. އެ ކުއްޖާގެ އިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮށްލައިފަ އެވެ. އޭނާ ލައިގެން ހުރީ ގަޔަށް ދޫ ހެދުމެކެވެ. ތިރިއަށް ރޫ ޖެއްސި ފަސްބަޔެއް ހިމެނޭ ޒަމާނީ ހެދުމެކެވެ.

ލައިގެން ހުރި ހެދުމުގެ ސަބަބުން ހަށިގަނޑުގެ ބައްޓަމާއި ސޫރަ ފާހަގަކުރާކަށް ނޭނގެ އެވެ. އޭނާގެ ހަށިގަނޑަށް އަންނަ ލުއި ހަރަކާތްތަކާއި ކުދިކުދި ލޮޅުން ތަކުން ރޮމުން ދިޔައީ އެ އަންހެން ކުއްޖާކަށް ޔަގީންކުރެވެ އެވެ. ފިރިހެން ކުއްޖާ މަޑުމަޑުން އަންހެންމީހާއާ ދުރަށް ޖެހިލި އެވެ. އޭނާ ބަލައިލީ މައްޗަށެވެ. އެތެރެ ސާފުކޮށް ފެންނަ ގޮތަށް އޮތް ބޯޅައެއް ކަހަލަ އެ ދުލީގެ ތެރޭގައި އޮތް ކުއްޖާ އޮތީ އެ މީހުން އަތް ދަމައިލުމުން ޖެހޭ ހިސާބުގަ އެވެ. އޭރު އެކަހަލަ ދެ ބޯޅަ މައްޗަށް އަރަމުންދާތަން ފެނެ އެވެ.

ފިރިހެން މީހާ އަތް ހިއްލައިލި އެވެ. ނަމަވެސް އެއިން ބޯޅައެއްގައި އަތް ޖެހޭ ގޮތެއް ނުވި އެވެ. އޭނާގެ އަތް ގެންދާ ކޮންމެ ދިމާއަކުން އެ ބޯޅަ ދުރަށް ޖެހިލަ އެވެ. އެންމެފަހުން ފިރިހެން މީހާ އެކަން ހުއްޓައިލި އެވެ. އޭނާ ވަރުބަލިވީ ކަންނޭނގެ އެވެ. ގޮތް ހުސްވީ ކަމަށް ވެސް ވެދާނެ އެވެ. އޭރު ވެސް އޭނާގެ ގާތުގައި އަންހެން މީހާ ބަލަން ހުއްޓެވެ. އަންހެން މީހާގެ ވޭނީ ގިސްލުމުގެ އަޑުން މުޅި ތަން ގުގުމަމުން ދިޔަ އެވެ.

ކުއްލިއަކަށް ތުއްތު ތުއްތު އަޑަކުން ކުއްޖަކު ވާހަކަ ދައްކާ އަޑު އިވެންފެށި އެވެ. މަޑުމަޑުން އެ އަޑު ބާރުވަމުން ދިޔަ އެވެ. އަޑު ބާރުވާ މިންވަރަކަށް އަޑުގެ ރާގު ބަދަލުވަމުން ދިޔަ އެވެ.

"ކީއްވެ؟ ކީއްވެ؟"

އަޑު އިވުނީ މަތިންނެވެ. ދެ މީހުން އެކުގައި މައްޗަށް ބަލައިލީ ވެސް އެހެންވީމަ އެވެ.

"ކީއްވެހޭ؟ އަހަންނަށް މިހެން ހެދީ ކީއްވެ ހޭ؟"

ދެމީހުން މައްޗަށް ބަލަން ތިބީ އެވެ. އޭރު ވެސް ބޯޅައިގެ ތެރޭގައި ނިދައިފައި ތިބި ދެ ކުދިން އެ ގޮތުގައި ތިއްބެވެ.

"އުއްމީދެއް އޮތީ ތަ؟ ޔަގީންކަން އޮތީ ތަ؟" އަޑު އިވެމުން ދިޔައީ ސީދާ މަތިންނެވެ.

އެއާއެކު އަންހެން މީހާގެ ބަޑިފަޅައިގެން ދިޔަ އެވެ. އޭނާ ގޮސް ލައްވެލީ ފިރިހެން މީހާގެ މޭގަ އެވެ. މިފަހަރު ފިރިހެން މީހާ އިންކާރު ކުރާ މަންޒަރު ފެންނަމުން ދިޔަ އެވެ. އަންހެން މީހާއާ ދުރަށްދާ މަންޒަރެވެ. އޭނާ ބޭނުން ނުވެގެން ދޫކޮށްލާ މަންޒަރެވެ.

"ވަކި މީހެއް ނޫން. ދެ މީހުންނަށް ވެސް. އުއްމީދު ނުކުރާތި!"

މި ފަހަރު އިވެމުން ދިޔައީ އިންޒާރުގެ އަޑެވެ. ގޮތް ނޭނގޭ މީހާގެ އިންޒާރުތައް ދެ ފަހަރު ތަކުރާރުވި އެވެ.

"ނޫން، ނޫން، ތިހެން ނުހަދާ. ތިހެން ނުހަދާ. އާދޭސްކުރަން." އަންހެން މީހާ ގިސްލަމުން އާދޭސްކުރާން ފެށި އެވެ.

އޭނާއަށް ކެތް ނުވީ ކަން ނޭނގެ އެވެ. ވެގެން އުޅޭ ގޮތާއި ވާން އުޅޭ ގޮތް އެނގެނީ ކަން ނޭނގެ އެވެ.

"މިއަދު ރުއިމަކުން ވާނެ ކަމެއް އެބައޮތްތަ؟"

މިފަހަރު އިވުނީ ފިރިހެނެއްގެ އަޑެވެ. އެ އަޑު އެންމެ ވައްތަރީ ޔާރިޝްގެ އަޑާ އެވެ.

"ތައުބާވެ އެ ފަދަ ކަމެއް ނުކުރަން އަޒުމު ކަނޑައެޅިދާނެ."

މިފަހަރު ވާހަކަދެއްކީ ފިރިހެން މީހާ އެވެ. އޭނާގެ ވާހަކައިގައި ވަނީ މޮޅިކަމުގެ ރާގެވެ. ކަންބޮޑުވުމުގެ އަސަރުތަކެވެ.

"މި އަހަނީ ވީކަމެއް ނުވާކަމަށް ވާނެ ހޭ؟ ގެއްލުން ދިރުމެއް އަލުން ގެނެވޭނެ ހޭ؟ އެ ނޭވާއެއް ނުލަނީސް."

މަތިން އިވެމުންދިޔަ އަޑުގައި ރުޅިވެރިކަން އިތުރުވަމުން ދިޔަ އެވެ. އެ އަޑު އިވެމުންދިޔަ މިސްރާބު ބަދަލުވަމުން ދިޔަ އެވެ. ދެ ފަރާތުން އަޑު އިވޭގޮތަށެވެ. މިހާރު ހީވަނީ ވަށައިގެން އަޑު އިވޭހެންނެވެ. ތަކުރާރުކޮށް އެ އަޑުތައް އިވޭ ހެންނެވެ.

"ކަލޭމެންނަށް އޮތީ އެންމެ ގޮތެއް. ހަމަ އެންމެ ގޮތެއް. ޤަބޫލަސް ނުޤަބޫލަސް އެކަމަށް ކަލޭމެން ޖެހޭނީ ކެތްކުރާން."

މި ފަހަރު އަޑުއިވުނީ ސީދާ ތިރިންނެވެ. ބިންގަނޑު ތެރެއިންނެވެ. އެއީ ބަރު އަޑެކެވެ. ބުން އަޑެކެވެ. ރާގުގައި ލަސްކަމެއް ހުއްޓެވެ.

އެއާއެކު އަންހެން މީހާ ބިމަށް ތިރިވި އެވެ. ބޮލުގައި އަތް އަޅައިގެން ނެވެ. އެ އަޑުގެ ބަރުކަމުން އޭނާއަށް އުނދަގޫވީ ކަން ނޭނގެ އެވެ. އެ މަންޒަރު ފިރިހެން މީހާއަކަށް ނުފެނެ އެވެ. އޭނާ އުޅުނީ އޭނާގެ ވަށައިގެން ލަސްލަހުން ހަރަކާތްކުރަމުން ދިޔަ ދެ ބޯޅައިން ބޯޅައެއް އަތުލެވޭތޯ އެވެ. އޭރު ބޯޅަތައް ހުރީ އޭނާގެ އަތްފޯރާފަށުގަ އެވެ. ކޮނޑާ ހަމައިގަ އެވެ.

އޭނާގެ ހަރަކާތްތައް އަވަސްވަމުން ދިޔަ އެވެ. ބޯޅައާ ދިމާއަށް އަތް ގެންދާއިރަށް ކޮންމެ ވެސް އެއްފަރާތަކަށް ބޯޅަޖެހިލަ އެވެ. ހީވަނީ ދުރުގައި ބަލަން ހުރި މީހެއްގެ ރިމޯޓުން ބޯޅަ ކޮންޓްރޯލް ކުރާހެންނެވެ. ޖެއްސުން ކޮށްލާނެހެންނެވެ. ބައެއް ފަހަރު ފިރިހެން މީހާ އަރި އަޅައިލަ އެވެ. ބިންމައްޗަށް ވެއްޓެ އެވެ. ހަމަ ވެއްޓުމާއެކު ތެދުވެ އެވެ. އޭނާ އެއްވެސް ވަރަކަށް މާޔޫސް ނުވެ އެވެ. އަޒުމަށް ބަދަލެއް ނާދެ އެވެ.

އެންމެފަހުން އޭނާއަށް ބޯޅައެއްގައި އަތް ލެވުނެވެ. އޭނާ މަޑުމަޑުން ބޯޅައިގައި ހިފައިލަ އެވެ. އޭނާގެ އަތް ޖެހުމާއެކު ބޯޅަ ތަޅައިގެން ދިޔަ އެވެ. ހީވަނީ ބިއްލޫރިތަކެއް ކުނޑިކުނޑިވެގެން ބިމަށް ފޭބި ހެންނެވެ. އެކަހަލަ އަޑެއް ވެސް އިވުނެވެ. އޭނާއަށް ހިފުނީ ބޯޅައިގައި އޮތް ކުއްޖާގެ ފިޔަގަނޑުގަ އެވެ. އެ ފިޔަގަނޑުގައި އަތްޖެހުމާއެކު ފިޔަގަނޑުގެ ކުލަ ބަދަލުވާން ފެށި އެވެ. ބޯކިރުފޮދެއް ހެން އޮތް ފިޔަގަނޑު ކަޅު ކުލައަށް ބަދަލުވި އެވެ.

ފިޔަގަނޑުގެ ކުލަ ފޭދެމުން ގޮސް އެ ތުއްތު ކުއްޖާގެ މުޅި ހަށިގަނޑަށް އެ ކަޅު ކުލަ ފޭދިގެން ދިޔަ އެވެ. ހީވަނީ އެންދެރި ގަނޑެއް ހެންނެވެ.

އެވަރުން ވެސް ފިރިހެން މީހާ ބޭނުންވީ އެ ކުއްޖާ އެވެ. އޭނާ ކުއްޖާގެ ނިތަށް ދޮނެއް ދިނެވެ. އޭނާގެ ތުންފަތް އެ ކުއްޖާގެ ނިތުގައި ޖެހުމާއެކު ބާރު އަޑުފަށްގަނޑެއް އިވުނެވެ. ބިއްލޫރި ޝީޓުތަކެއް އެއްފަހަރާ ވެރިގަތުމުން އިވޭކަހަލަ ކަންފަތަށް އުނދަގޫ އަޑެކެވެ. އެއާއެކު އަތުގައި އޮތް ކުއްޖާ ވެސް ބިއްލޫރިތަކެއް ހެން ކުނޑިކުނޑިވެ، ހިމުން ވެގެން ވައިގެ ތެރެއަށް ފޭދިގެން ދިޔަ އެވެ. އެއާއެކު ތުއްތު ތުއްތު ކުއްޖެއްގެ ގިސްލުމުގެ އަޑުން މުޅި މާހައުލު ގުގުމައިލި އެވެ. އޭރު އެ ފިރިހެން މީހާ ބޮލަށް އަތް ނަގައިގެން ކުޑަކަކޫ މައްޗަށް ތިރިވަނީ އެވެ. އޭނާގެ ކުރިމަތީގައި އޮތީ އަންހެން މީހާ އެވެ. އަންހެން މީހާގެ ހުވާހެއް ނެތެވެ. ހަރަކާތެއް ނެތެވެ. އޭނާ އޮތީ ހުއްޓިފަ އެވެ.

ފިރިހެން މީހާ ކަކޫ މައްޗަށް ތިރިވެ ބާރުބާރަށް ހަޅޭއްލަވާގަތެވެ. އޭނާގެ ހަޅޭއްކުގެ އަޑުން މުޅިތަން ގުގުމަން ފެށި އެވެ. އެއަޑު އެތައް ފަހަރަކު ތަކުރާރުވި އެވެ. އެތައް އިރެއް ވަންދެން މުޅި ތަނުގައި ގުގުމަމުން ދިޔަ އެވެ.

ދެން ވެރިވީ ހިމޭންކަމެވެ. އަނދިރިކަމެވެ. އެއްވެސް އަޑެއް ބަޑެއް ނީވި އެތައް އިރެއް ހޭދަވެގެން ދިޔަ އެވެ. އޭގެ އިރުކޮޅެއް ފަހެވެ. ފަސްވޯޓު ބޮތްކެއް ދިއްލޭއިރު ގޮވާ ކަހަލަ ހިމުން އަޑުތަކެއް ދެތިން ފަހަރަކު އިވިލި އެވެ. އެ ހަރަކާތް ތަކުރާރުވާން ފެށި އެވެ. ނަމަވެސް އެއްވެސް ތަނެއް ނުފެނެ އެވެ. އިވެނީ ހަމައެކަނި އަޑެވެ.

ކުއްލިއަކަށް ފަސްވޯޓު ބޮތްކެއް ފެނުނެވެ. އެއްވެސް ނަރެއް ބޮތްކާ ގުޅައިފައެއް ނެތެވެ. އެއްވެސް ތަނެއްގައި ބޮކި ހަރުކޮށްފައެއް ވެސް ނެތެވެ. ބޮކި ހުރީ ވައިގެ ތެރޭގައި ހަރުވެފަ އެވެ. ބޮކި ދިއްލިލައިފައި ނިވެ އެވެ. އިރުއިރު ކޮޅާ ދިއްލެ އެވެ. ދިއްލިފައި ނިވެ އެވެ. ނިވޭ އިރަށް ދިއްލެ އެވެ. ދިހަވަރަކަށް ފަހަރު އެ ހަރަކާތް ތަކުރާރުވި އެވެ. އެންމެ ފަހުން ބޮކި ދިއްލުނެވެ. ބޮކީގެ އަލިން މުޅިތަން އަލިވެގެން ދިޔަ އެވެ. ބޮކީގެ އަލި އަމާޒުވީ ބިންމައްޗަށް ވެއްޓިފައިވާ ދެ މީހުންނަށެވެ. އެ ދެ ޒުވާނުންގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް ދެމީހުންގެ ނޭވާގެ އަޑު އިވިއިވި ހުއްޓެވެ. ހީވަނީ މެޝިނަކާ ގުޅައިގެން ނޭވާލާ ހެންނެވެ. އިވެމުން ދިޔައީ އެކަހަލަ އަޑެކެވެ.

އެ ބޮކި ހަރަކާތްކުރާން ފެށި އެވެ. މަޑުމަޑުން ތިރިއަށް ޖެހެމުން ޖެހެމުން ދިޔަ އެވެ. ބޮކީގެ އަލި އެޅުނީ ފިރިހެން މީހާގެ މޫނަށެވެ. ފޫޓެއްހާ ކައިރިއަށް ބޮކި ދިޔަ އެވެ. ދިހަވަރަކަށް މިނެޓުވަންދެން އެއްވެސް ހަރަކާތެއް ނެތި ބޮކި ވައިގެ ތެރޭގައި ހުއްޓިފައި ހުރީ އޭނާގެ މޫނަށް އަލިވާ ގޮތަށެވެ.

އޭނާގެ ލޯ ހަރަކާތްކޮށްލި އެވެ. މަޑުމަޑުން ލޯ ހުޅުވާލި އެވެ. ލޯ ހުޅުވާލުމާއެކު ތުއްތު ތުއްތު ކުއްޖެއްގެ އަޑު އިވުނެވެ.

"ބައްޕާ!"

(ނުނިމޭ)

ހަ ވަނަ ބައި

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox