ދިގު ވާހަކަ: ގޮތް ހުސްވެފައި

ދިގު ވާހަކަ: ގޮތް ހުސްވެފައި

(ނުވަ ވަނަ ބަޔާ ގުޅޭ)

ކުރިމަތީގައި ހުރީ ފައިޒާނެވެ. އޭނާ އަހަރެން ތެޅުވީ އެވެ. އަހަރެން ގާތަށް އަންނަމުން އަހަރެން ހާސްކުރުވީ އެވެ. ޝައްކެއް ވެދާނެތީ މަކަރެއް ހެދީ އެވެ. އަހަންނަށް އޮޅުލައި ގަނެވުނީ ފައިޒާންގެ ގައިގަ އެވެ. ދުވަހަކު ވެސް ދޫކޮށްލަން ބޭނުން ނުވާ ގޮތަށެވެ.

"ސާބަސް މިހާރު މި ތިބެވުނީ މެލޭޝިޔާއަކު ނޫނޭ." އަހަންނަށް ލޯ ހުޅުވާލެވުނީ ފައިޒާނުގެ އަޑަށެވެ.

އެއީ ތެދެކެވެ. އަހަރުމެން ކޯސް ނިންމުމަށްފަހު މާލެ އައީ އެވެ. މާލެއައިސް އަރާމުކޮށްލުމަށް ކަނޑައެޅި މަސް ދުވަސް ނިމި ކަލަންޑަރުގެ ހިމަ ހޯލި އިނގިލިތަކުން ޖެހިގެން އޮތް ގަނޑު އެއްލީ އެވެ.

"ޓްރައި ކޮށްކޮށް ވަރުބަލިވީތަ؟" ފައިޒާން އޮތް ގޮތް ފެނިފައި އަހަރެން ގާތަށް ހިނިވެސްއަ އެވެ.

"ކުރެވިއްޖެ ދޯ."

"އަދި ވާނެ. އެހާ އަވަހަށް ހާސްވެ މާޔޫސްވާކަށް ނުވާނެ." އަހަރެން ލިޔަމުން ދިޔައީ ފައިޒާނުގެ ވިސްނުމުގެ ފޮޅުވަތް މަތީގަ އެވެ.

"ނޫނޭ. ޑޮކުޓަރަށް ދައްކާލަން ވިސްނަން ވެއްޖެ." ފައިޒާން މާޔޫސީ ރާގެއްގައި ބުނެލި އެވެ.

އަހަރެން ވެސް ފައިޒާނުގެ ބަހަށް އާނއެކޭ ބުނީ އަހަރުމެން ރޭވި ގޮތަށް ކަންކަން ތަރުތީބު ނުވާ ނަމަ ގޮންޖެހުންތަކެއް ކުރިމަތިވާނެތީ އެވެ. އަހަންނާއި ފައިޒާނަކީ ކަރުދާސް ކުރެވިގެން ކަންކަން ކުރުމަށް ލޯބި ކުރާ ދެމީހުންނެވެ. މި ވީހާ ތަނަށް އަހަރުމެން ޢަމަލު ކުރީ އެ ސުންނަތާ އެއްގޮތަށެވެ. އެ ޚިޔާލުތަކުން ތާޖެއް ހަދައިގެންނެވެ. އަހަރުމެންގެ ދިރިއުޅުމުގެ އެންމެ އުނދަގޫ މަރުހަލާތައް މިހާރު ކަޑައްތު ކޮށް ނިންމާލެވުނީ އެވެ.

ދެން އޮތީ ދެއެއް ތިނަކަށް ބަދަލުކުރުމެވެ. އެއީ އަހަރުމެންގެ އަމާޒެއް ނޫނެވެ. އަހަރުމެންގެ ލަނޑުދަނޑިއެއް ވެސް ނޫނެވެ. އަހަރުމެންގެ ކަރުދާސްކުރީ އާއިލާ ފުރިހަމަވާއިރު މީހަކަށް މީހަކު ހުންނަން ބޭނުންވި އެވެ. ބޭނުން ވަނީ އެ ގޮތެވެ. އަހަރުމެންނަށް ނުވިސްނުނު ކަމެއް އޮތެވެ. އެއީ ފިހާރަތަކުން ތަކެތި ގަނެގެން ރާނާ ލެވޭ ކަހަލަ ގަނޑުވަރަކަށްނުވާނެ ކަމެވެ. ޕުޓީ ލައި އޮމާން ކޮށްލައި އޭގެ މަތިން ކުލަ ލެވޭ ކަހަލަ ފާރަކަށް ނުވާނެ ކަމެވެ.

"މައްސަލައެއް އުޅެނީތޯ؟" ފައިޒާނަށް ކެތް ނުވެގެން އަހައިލި އެވެ.

އަހަންނަށް ބަލައިލެވުނީ ފައިޒާނުގެ މޫނަށެވެ. މޭޒު ތިރިން އޭނާގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހައިލެވުނެވެ. އޭނާގެ އަތުގެ ތުރުތުރު އަހަންނަށް އިހުސާސް ކުރެވުނެވެ.

"އަދި އެބަޖެހޭ އިތުރަށް ޔަގީންކޮށްލަން." ޑޮކުޓަރު ފަރުވާތެރިކަމާއެކު އަތުގައި އޮތް ރިޕޯޓު ތަކަށް ބަލަމުން ނިތަށް ދެތިން ރޫ އަރުވާލި އެވެ.

"ކީއްވެ ކުރިން ދެ ފަހަރު،" ހައިރާން ކަމާއެކު ޑޮކުޓަރު ބަލައިލީ އަހަރެންގެ މޫނަށެވެ. "އަދި ނުލިބޭ ދޯ. މިއީ ޕްރައިމްތަ؟ ދެން ކީއްވެ؟"

އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ފަސް އަޅައި ފޮރުވާލެވިފައިވާ ސަހަރާގެ ތެރޭގައި ހުރި މިނިކަށިތައް އެ އެއްޗެއް އޮތްތަނަކުން ތެދުވިހެން އަހަންނަށް ހީވާން ފެށި އެވެ. އަހަންނަށް އަމިއްލަ ތުންފަތުގައި ދައިގަނެވުނެވެ.

"ޕްރައިމް؟ އަދި ނެތް." ފައިޒާން ޖަވާބު ދިނެވެ.

"މެޑިކަލީ؟" ޑޮކުޓަރު ހުއްޓައިލި އެވެ.

އަހަންނަށް ގަދަކަމުން ހިންދިރުވާލެވުނެވެ. ލަސްލަހުން ނޭވާ ބޭރުކޮށްލެވުނެވެ. ދޮގު ހަދައިގެން ވާނެ މޮޅެއް ނޯންނާނެކަން ޔަގީންވާތީ އެވެ.

"ބޭނުން ނުވީމަ ޓަރމިނޭޓް ކޮށްލީ،" އަހަންނަށް ބަލައިލެވުނީ ފައިޒާންގެ މޫނަށެވެ. "ކިޔެވުމުގެ އެންމެ ބުރަ ދުވަސްކޮޅުވީމަ އެގޮތަށް ހަދަން މަޖުބޫރުވީ. ޕްލޭން ނުކޮށް ތިބީމަ."

ފައިޒާން އަހަރެންގެ މޫނަށް ބަލައިލި އެވެ. ހައިރާންކަން އެކުލެވޭ ގޮތަށެވެ. އޭނާ ވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލި އެވެ. ދެ ލޯ ކުޑަވި އެވެ. ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އޮހޮރުނަ ނުދީ ހިފަހައްޓައިލި އެވެ.

"އެއްފަހަރު ދޯ!" ފައިޒާން އަހަންނާ ހަތަރުކަޅި ހަމަކޮށްލި އެވެ.

"ރިޕޯޓުތައް ބުނަނީ ދެ ފަހަރު ކަމަށް." ޑޮކުޓަރު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

އަހަންނަށް ބޯ ޖަހައިލެވުނެވެ. ފައިޒާނުގެ މޫނަށް ބަލަން ނުކުރިގެން އިސްޖަހައިލެވުނެވެ.

"އޭނ!" ފައިޒާން ހައިރާންވި އެވެ.

"އެހެންވީމަ އިތުރު ޓެސްޓުތަކެއް ހަދަން އެބަޖެހޭ. ޑޮކުޓަރެއްގެ އިރުޝާދާ ނުލައި އެހާ ބޮޑު ކަމެއް ކޮށްފައި ހުރީމަ ފަހަރެއްގަ ވަރަށް ބޮޑެތި މައްސަލަތަކެއް ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް." ޑޮކުޓަރު ލަސްލަހުން ބުނެލި އެވެ.

އަހަންނާއި ފައިޒާން ޑޮކުޓަރުގެ ކޮޓަރިން ބޭރަށް ނުކުތުމަށް ފަހު މިސްރާބު ޖެހީ ކައުންޓަރާ ދިމާއަށެވެ. ފައިޒާން އިސް އުފުލާ ބަލައި ވެސް ނުލަ އެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފަ އެވެ.

"ފައި ސޮރީ." އަހަންނަށް ނުހުރެވިގެން ބުނެލީމެވެ.

"ގުޅޭ މިޒާޖެއް ނޫނެއްނު."

"ދެން ފައި. އަންޑަސްޓޭންޑްވާނެ ކަމަށް ހީކޮށް.." އަހަންނަށް ހުއްޓައިލެވުނެވެ.

އަހަރެންގެ ވާހަކަ އަޑުނާހަން ފައިޒާން ހިނގައިގަތުމުންނެވެ. ފިޔަވަޅެއް އަޅައިނެހާ ހިތްވަރު އަހަންނަކަށް ނުލިބުނެވެ. ހީވީ ބިންގަނޑު އަހަރެންގެ ދެފައިގައި ހިފަހައްޓާ ހެންނެވެ.

މެމޯ ހައްދައިގެން ފައިޒާން އާއިރު ވެސް އަހަންނަށް ހުރެވުނީއެވެ. ކުރިން ވެސް ހުރިތަނުގަ އެވެ. ގުޑިލާން ވެސް ނޭނގިފަ އެވެ. ނުކުރެވިފަ އެވެ. ފައިޒާން އައިސް އަހަންނާ އަރާ ހަމަކުރުމަށް ފަހު ކުރިއަށް ހިނގައިގަތީ އެވެ. މާނައަކީ ފަހަތުން ދާންވީއޭކަން އަހަންނަށް ވިސްނުނެވެ. ނަމަވެސް، އަހަންނަށް ފައި ހިއްލައިލާނެހާ ހިތްވަރު ވެސް ނުލިބުނެވެ.

"ކިހިނެއް ވެފަ؟ ކުރެވުނު ކަންކަން އަދިވެސް ރަނގަޅުވީމަ ޑުރާމާ ކުޅެނީތަ؟" ފައިޒާންގެ އަޑުގައިވަނީ ރުންކުރު ރާގެކެވެ.

"ފައި." އަހަންނަށް ބުނެލެވުނެވެ.

"ސްކޭންކޮށް ޓެސްޓު ހަދާން އެބަހުރި." ފައިޒާން ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.

ފައިޒާން ފަހަތުން އަހަރެން ކުރިއަށް ދިޔައީމެވެ. ޓެސްޓު ހެދުމަށް ލޭ ދިނުމަށް ފަހު އަހަރުމެން މިސްރާބު ޖެހީ ސްކޭން ހެދުމަށް ޚާއްޞަ ކޮޓަރިއާ ދިމާއަށެވެ. ސްކޭނު ކުރުމުގެ ކުރިން ފުރިހަމަ ކުރާންޖެހޭ އިންތިޒާމުތައް ކުރުމަށް ފަހު ނަންބަރަށް ޖެހެންދެން އަހަރުމެން އިށީނީ ތަންކޮޅެއް ދުރުގައިހުރި ދެ ގޮނޑީގެ ގޮނޑިބަރީގަ އެވެ.

"ފައި ކީއްވެ ކުއްލިއަކަށް ރުޅި އައީ؟" އަހަރެން އަހައިލީމެވެ.

"އޮޅުވާލީމަ." ފައިޒާންގެ ރުންކުރު ޖަވާބުގެ އަޑު އިވިފައި ހައިރާންވި އެވެ.

"އާކަމެއް ނުކުރަމެއްނު. އެއްފަހަރު ކުރީމަ މާނައަކީ އެކޮޅުގައި ތިއްބާ ވީމަ ހަމަ އޮންނާންވާނީ އެއް އުސޫލެއްހެން." އަހަރެން ބުނެލީމެވެ.

"މައްސަލައަކީ އެޔެއް ނޫން." ފައިޒާން ހިތްހަމަ ނުޖެހި އިނދެ ވާހަކަ ދެއްކި އެވެ.

"ދެން؟"

"ޔާރިޝް ވެގެން އުޅުނު ގޮތް މި ވިސްނުނީ އަދި ކިރިޔާ."

"ފައީ؟" އަހަނަށް ޝަކުވާގެ ރާގެއްގައި ބުނެލެވުނެވެ.

އެ ވަގުތު އަހަރުމެންގެ އަތުގައި އޮތް ނަންބަރު ބޯޑަށް އެރި އެވެ. އަހަންނަށް އިނދެވުނީ އެވެ. ފައިޒާން ކޮޅަށް ތެދުވި އެވެ. އޭނާ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ސްކޭން ކުރުމަށްފަހު ނަތީޖާ ހިފައިގެން ނުކުތް އިރަށް ސަމާލުކަން ދެވުނީ އަހަރެން ބަލާ ޑޮކުޓަރު އެމަރޖެންސީ ރޫމަށް ދިޔަ ޚަބަރު އިއުލާން ކުރި އަޑެވެ.

"ބަނޑުހައި." އަހަރެން ބުނެލީމެވެ.

ފައިޒާން މިސްރާބު ޖެހީ ކެންޓީނާ ދިމާއަށެވެ.

"މަ ދެރަވީ މަ އަނތްބެއް ގޮތުގައި އިނދެމެ މަށަށް އޮޅުވާލީމަ."

ފައިޒާނުގެ ވިސްނުން އިވިފައި އަހަރެން ދެ ލޯ ބޮޑު ކޮށްލެވުނެވެ. އޭނާ އަހަންނާ މެދު އެހާ ބޮޑު ތުހުމަތެއް ކުރަމުން ދާތީ އެވެ.

"މަށަށް މައްސަލައަކީ ނުހާ.. އެހައި ހިސާބަށް ދިޔައީމަ."

"ފައި ކީކޭތަ ތި ކިޔަނީ؟" ފައިޒާންގެ ގައިގައި ހިފާ ތަޅުވާލެވުނެވެ.

"ވަރަށް ދެރަ އިތުރަށް ދެން ފުރުސަތެއް ނެތް. ވަރަށް ބޮޑަށް ހަލާކުވެފަ، ބޭސްކައިގެން ފަރުވާ ކުރެވޭނީ ހަމައެކަނި ފާރުތަކަށް. މިހާރުގެ ހާތަށް ބަލާއިރު، މިއީ ނުވާނެ ކަމެއް." ޑޮކުޓަރުގެ ޖުމުލަތައް އަހަންނަށް އިވެމުންދިޔައީ ހޮނު ގުގުރީގެ ގޮތުގަ އެވެ.

ވަގުތުން ފައިޒާން ބޭރަށް ނުކުތެވެ. އޭނާގެ ފަހަތުން އަހަރެން ދުއްވާގަތީމެވެ.

"އިތުރަށް ދައްކާނެ ވާހަކައެއް ނެތް. އަހާނެ ސުވާލެއް ނެތް. ނުހާ ތިއިނީ ވަރިކޮށްފަ." ފައިޒާން އަހަންނާ ދިމާއަށް ބަލައި ވެސް ނުލާ ދުރު ބަލަހައްޓައިގެން ހުރެ ބުނެލި އެވެ.

އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. ދެ ބުމަ ކައިރިކޮށްލެވުނެވެ. ފައިޒާންގެ އަނގައިން ބޭރުވި ޖުމުލަތައް ވަލު ކުއްތާއެއް ފައިދައިން ވައްވައް ޖަހަމުން އައިސް އަހަރެންގެ ހިތަށް ހަމާލާދިނެވެ. އެއާއެކު ދެ ލޯ މެރުނެވެ. ވީނުވީ ނޭނގި ބިމަށް ތިރިވި އެވެ.

އަހަންނަށް ލޯ ހުޅުވާލެވުނީ ގަދަކަމުންނެވެ. ލައްކަ މަސައްކަތުންނެވެ.

"ކޮންމެ ކުއްޖަކާއެކު އެތައް ހާސް ނިޢުމަތެއް. ރިޒުގެއް އެކަލާނގެ މެދުވެރިކުރައްވާނެ. ދަރިންނަކީ އަމާނާތެއް. އެ އަމާނާތަށް ހިޔާނާތްތެރިވުމަށް ފަހު ދެން ކިތައްމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެ ނިޢުމަތް ނުލިބިދާނެ." އަހަރެންގެ ކަންފަތުގައި ޖެހުނީ ފިރިހެއްގެ އަޑެވެ.

އެހެންވެ ބަލައިލެވުނެވެ. އެއީ ދަންނަ އަޑެއްހެން ހީވެގެންނެވެ. ހީވީ ރަނގަޅަށެވެ. އެއީ ޔާރިޝެވެ. އަހަންނަށް ލަސްލަހުން ލޯ މަރައިލެވުނެވެ. ޔާރިޝް މިތަނަށް އެއީ ކީއްކުރަން ހެއްޔެވެ؟ އޭނާގެ ސަބަބުން އަހަރެން އެކަނި ވެރިވެއްޖެ އެވެ. ގޮތް ހުސްވެއްޖެ އެވެ. މާޔޫސްވެ ބާކީ ވެއްޖެ އެވެ.

"މާ ނާޅާނެ ގަހެއް ކާކު ފެންދީގެން ހައްދާނީ؟ ކާކު އެހާ މޮޔަވާނީ؟" އަނެއްކާ ވެސް އެމީހާގެ އަޑު އިވުނެވެ.

ރަނގަޅަށް ދެ ލޯ ހުޅުވާލުމަށްފަހު ބަލައިލެވުނެވެ. އެއީ ޔާރިޝެއް ނޫނެވެ. އެއީ އަހަރެން މި އޮތް ގޮޅިއާ ޖެހިގެން ހުރި ގޮޅީގައި އޮތް ފިރިހެނެއްގެ އަޑެވެ. އޭނާ އެ ދައްކަނީ ކިހާ ހަމަ ޖެހޭ ވާހަކައެއް ހެއްޔެވެ؟ އެ ކިޔަނީ ކިހާ ބުއްދިވެރި، ފަލްސަފީ ވާހަކަ ތަކެއް ހެއްޔެވެ؟ އާއެކެވެ. އަހަރެން މި އޮތީ ބުއްދި ފިލައިގޮސް ތިބޭ މީހުންގެ މަރުކަޒުގަ އެވެ. އެކަހަލަ މީހެއްގެ ދަރަޖައަށް ވެއްޓިގެން ގެނެސްފަ އެވެ. މިއީ އަހަރެންގެ ހާލަތެވެ. އަހަންނަށް ހުރި ގޮތެވެ. ތިމާގެ މީހުންނާއި މައިންބަފައިންނަށް އަހަރެން ބުރައަކަށް ވުމުގެ ނަތީޖާ އެވެ. ދެން އިތުރަށް ކުރާނެ ކަމެއް ނެތެވެ. ދާނެ ތަނެއް ދައްކާނެ ވާހަކައެއް ވެސް ނެތެވެ. އަހަންނަށް އަހަރެންގެ ދުނިޔެއަކަށް މިތަން ފުދޭނެ އެވެ. މި ހާލަތަށް އަހަރެން ވެއްޓުނީ ދުނިޔޭގެ ދަހިވެތިކަމާ ޖަހައިގެން ކާނެ ހިކި މަހަށް އަހަރެންގެ ނުއުފަންނަ ހަލާލު ދެ ދަރީން ހަދައިލެވުމުންނެވެ. އެ ވޭން އުފުލީ ވަގުތީ ހިތްހަމަ ޖެހުމަކަށެވެ. ނަމަވެސް އެކަން މިވަނީ ދާއިމީ ބައްޔަކަށް ވެ ނިމިފަ އެވެ. ދެން އޮތީ ގޮތް ހުސްވެފައިވާ ހާލު މަރުދުވަހަށް މިތަނުގައި އޮތުމެވެ. މި ޚިޔާލުތަކުން ސިކުނޑި ފިއްސުމެވެ.

(ނިމުނީ)

ނުވަ ވަނަ ބައި

ކޮމެންޓް

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox