ދިގު ވާހަކަ: ގޮތް ހުސްވެފައި

ދިގު ވާހަކަ: ގޮތް ހުސްވެފައި

(ފަސް ވަނަ ބަޔާ ގުޅޭ)

"އޭނާ އެއްލީ އެންކޮޅު. އޭނާގެ އަމާޒަކީ ސީދާ އަހަރެން. އޭނާއަކީ ރަހަބެލުމަށް ލޯބިކުރި މީހެއް. ތަފާތު ރަހަތަކަށް ގަޔާވި މީހެއް. އެކަން އަހަންނަށް އެނގުނީ މާ ފަހުން. ހުރިހާ ކަމެއް ވެ ނިމުނު ފަހުން." ޔާރިޝް ބަލައިލީ އަހަންނަށެވެ.

އޭނާގެ ބަލައިލުމުން ތަފާތު މާނަތަކެއް ނެގެމުން ދިޔަ އެވެ. އޭނާގެ ހިތަށް ލިބިފައިވާ ވޭންތައް ހާމަވެ އެވެ. ވިލާދާގެ ސަބަބުން އޭނާ މާޔޫސްވެފައިވާ މިންވަރު ސާފުވެ އެވެ.

"އެންކޮޅު އެއްލައިގެން ޔާރިޝްއަށް އުނިކަމެއް ނުލިބެއެއްނު. ތުންފުއްސެއްގެ ކިބައިން މިންޖުވުން އެއީ ކިހާ ބޮޑު ނަސީބެއް." ނަސޭހަތުގެ ރާގުގައި އަހަރެން ބުނެލީމެވެ.

"ތުންފުއްސެއްގެ ނާޅިން މިނުން އެއީ ކިހާބޮޑު އުނިކަމެއް." ޔާރިޝް ލޮލަށް ގޮތެއް ހަދައިލި އެވެ.

"ދެން ކިހިނެއްވީ؟"

ޔާރިޝް އެ ބުނީ ކިހާ ބޮޑު ތެދެއް ހެއްޔެވެ؟ އޭނާ އެ ދައްކަނީ ކިހާ ތެދު ވާހަކައެއް ހެއްޔެވެ؟ އެކަން އަހަންނަށް ވިސްނައި މި ލެވުނީ އަދި ކިރިޔާ އެވެ. އޭނާގެ ކެކުޅުންތަކާއި އޭނާގެ އިހުސާސްތަކުގައި އަސަރު ހިމެނުނީ ކީއްވެ ކަމެވެ. އޭނާގެ ޖަޒުބާތުތަކާއި ކަންބޮޑުވުން ތަކުގެ ބުރަދަނެވެ.

"ދެން އެ ވާހަކަ ބާއްވަމާ ދޯ. އެއީ މާޒީ. މާޒީ ކުރެހި ތަސްވީރުގައި ކުލަޖައްސަން ފިހި ނަގައިގެން ކުރިއެރުމެއް ނެތެއްނު." ޔާރިޝް ލުއި ގޮތަކަށް ހިނިތުންވެލި އެވެ.

"ކިހިނެއް؟ އަހަންނާ ގުޅޭ މައުލޫމާތު…؟" އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ބޮޑު ސުވާލު ކޮށްލެވުނެވެ.

"ތި ވާހަކަ ދައްކަން މި އައީ. އަހަންނަށް އެނގޭ ހަނާ ގަސްތުގައި އެހާ ބޮޑު ކަމެއް ނުކުރާނެކަން." ޔާރިޝް ފުން ނަޒަރަކުން އަހަންނާ ދިމާއަށް ބަލައިލި އެވެ.

"ކޮން ކަމެއް؟" އަހަރެން ހިތް ތެޅި ގަތެވެ.

"ނޫރު،" ޔާރިޝް ބުނެލި އެވެ. "ހޮސްޕިޓަލު. ހޮޑު..."

"ކީކޭ؟" ދެ ބުމައަށް ވާންކޮށްލަމުން ނިތަށް ދެތިން ރޫ އަރުވާލެވުނެވެ.

"އާނ، އަހަންނަށް ދިވެހި ކުދީން ރީތިކަން އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް އެނގޭނެ. ހަނާއަށް މިއަދު ހޮސްޕިޓަލުން ފަރުވާ ދިނީ އޭނާ. އެއީ ޑޮކުޓަރެއް. ގައިނީއެއް. ދެކެވުނު ވާހަކައެއްގެ ތެރެއިން އަހަންނަށް ހަނާ ރީތިވެގެން އެ ވާހަކަ އޭނާ ގާތު ބުނެވި ފޮޓޯއެއް ވެސް ދެއްކިފަ އޮތީމަ، ހަނާ ފެންނަ އިރަށް އޭނާއަށް އެނގިއްޖެ." ޔާރިޝް އޮޅުންފިލުވައިދިނެވެ.

އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ޔާރިޝަށް އެ މައުލޫމާތު ލިބުނު ގޮތް ސާފުވި އެވެ. އޭނާއަށް ކަންކަން އެނގުނު ގޮތް ހާމަވި އެވެ.

"އަސްލެއް ނޫން. ފެންނަ ފެނުމާ ހަގީގަތާ ދުރުވާނެ." އަހަރެން ފުން ނަޒަރަކުން ޔާރިޝްއަށް ބަލައިލީމެވެ.

ކަންވީ ގޮތް ޚުލާޞާކޮށްލަމުން ޔާރިޝްއަށް ކިޔައިދިނީމެވެ. ނޫރަކީ ކާކުކަމެވެ. އިފާޝާއަކީ ކާކު ކަމެވެ. ފައިޒާނާއި އަހަރެންގެ ވިސްނުން ހުންނަ ގޮތެވެ. ދެމީހުން ބޭނުންވާ ގޮތެވެ. ދެމީހުންގެ އުއްމީދުތަކެވެ. ކަންކަން ރޭވި ގޮތެވެ. އެއާއެކު ކަންކަން ބަދަލުވަމުން ދިޔަ ގޮތެވެ. އަހަރުމެންގެ ހާލަތެވެ.

"އެކަމަކު ވިސްނައިލަންވާނެ ނުކުތާ ތަކެއް އެބަހުރި ދޯ." ޔާރިޝް ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

ސުވާލެއްގެ ސިފަ މޫނުމަތިން ފާއްދައިލެވުނީ ބޭއިޚްތިޔާރުގަ އެވެ. ޔާރިޝްގެ ބޭނުމާމެދުގަ އެވެ.

"ލިބޭ ގެއްލުންތައް. ހަށިގަނޑަށް ކުރާ އަސަރު. އަޅާ ވޭންތައް. ކޮންމެ ފަހަރު ހަލާކަށް ހުށަހަޅައިލެވެނީ ތިމާގެ ހަށިގަނޑެއްނު. ތިމާގެ އަންހެން ވަންތަކަމުގެ އަސާސަށް އެ ޖަހައިލެވެނީ ކެމިކަލެއްނު،" ޔާރިޝް ފުން ނޭވާއެއް ދޫކޮށްލި އެވެ. "އަހަރެންގެ ލަފަޔެއް، ވާހަކައެއް އަޑު އަހަންޏާ ދެން އެކަހަލަ ކަމެއް ނުކުރާތި، އަހަރެން ހަނާ ހޯދައިގެން ވެސް މި އައީ އެހެންވެ."

ޔާރިޝްގެ ވާހަކަތައް އިވިފައި އަހަރެންގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. ނޭވާ ހިފަހައްޓައިލައިގެން އިނދެވުނެވެ. ހީވަނީ ޑޮކުޓަރެއްގެ އިރުޝާދުތައް އިވެމުން ދިޔަހެންނެވެ. އެފަދަ މޭރުމަކުން އޭނާ ވިސްނައިދޭހެންނެވެ.

"އާނ، ތި ހީވީ ރަނގަޅަށް. މި ދައްކަނީ ޑޮކުޓަރު އަހަންނަށް ހިއްސާކުރި ވާހަކަތަކުން އަހަންނަށް ދޭހަވި ވާހަކަތައް. މީހުންނަށް ވިސްނައި ނުލައި ހެދޭ ގޯސްތަކުން ފަހުން ކުރާން ޖެހުނު ތަޖުރިބާތަކުން އެޅި ވޭންތަކުގެ ވާހަކަތައް." ޔާރިޝް ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

އަހަންނަށް ލަސްލަހުން ހިންދިރުވާލެވުނެވެ. މަޑުމަޑުން ނޭވާ ހިފަހައްޓައިލެވުނެވެ. ޔާރިޝްގެ ވާހަކައިން އެތައް ކަމަކަށް ލޯ ހުޅުވިއްޖެ އެވެ. އޭނާގެ އެ ނަސޭހަތުން އެތައް ކަމެއް ސާފުވެއްޖެ އެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެ އެވެ. ވަގުތު ފާއިތު ނުވާ ކަމެއް ޔަގީނެއް ނޫނެވެ.

ޔާރިޝް ދިޔުމުން ވެސް އަހަންނަށް ވިސްނެމުން ދިޔައީ އޭނާ ދެއްކި ވާހަކަތަކަށެވެ. އޭނާ ދިން ނަސޭހަތް ތަކަށެވެ. ފައިޒާނާ ސިއްރުން މި ކުރެވުނު ބޮޑު ކަންތައް އޭނާއަށް އެނގިއްޖެ ނަމަ ވެދާނެ ގޮތަކާ މެދުގަ އެވެ. އެ ފިކުރުގައި އޮއްވާ ނިދޭ ގޮތްވި އެވެ.

ނިދުމާއެކު ފެންނާން ފެށީ ތަފާތު ދުނިޔެއެކެވެ. މުޅީން އެހެން މާހައުލެކެވެ. ސިފަވަމުން ދިޔައީ ވޭނާއި ކެކުޅުން ތަހައްމަލު ކުރަމުން ދިޔަ ތުއްތު ކުއްޖެއްގެ މޫނެވެ. އިވެމުން ދިޔައީ އެ މައުސޫމު ކުއްޖާގެ ގިސްލުމުގެ އަޑެވެ. ހިތުގައި ޖެހިޖެހިފައި އެ ކުއްޖާ ރޮމުން ދިޔަ މަންޒަރެވެ. އޭނާގެ ވޭނީ އަޑެވެ.

އިވެމުންދިޔަ ރުއިމުގެ އަޑު ބާރުވަމުން ދިޔަ އެވެ. ހީވަނީ ސީދާ އަހަރެންގެ ކުރިމަތީ އޮތް ކުއްޖަކު ރޯހެންނެވެ. ކަންފަތުގެ ތެރޭގައި އެ މައުސޫމު ކުއްޖާގެ އަޑު ގުގުމާން ފެށި އެވެ. އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ. ފެންނަމުން ދިޔައީ އަނދިރިކަމެވެ. ކަޅުކަމެވެ. އެތައް އިރެއް ވީއިރު ވެސް އެއްވެސް ތަނެއް ފެންނަ ގޮތެއް ނުވި އެވެ. ތަނެއް ފެންނަ ވަރެއް ނުވި އެވެ. އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ކަންފަތުގައި އަތްއަޅައިލެވުނެވެ. އިވެމުންދިޔަ އަޑު ބާރުވަމުން ދާތީ އެވެ. އެ ކުއްޖާގެ ގިސްލުމުގެ އަޑާއެކު ހިތުގައި ޖެހިޖެހިފައި ރޮމުންދާތީ އެވެ. އެ އަޑު އިވުމާއެކު އަހަންނަށް ލޯ މަރައިލެވުނެވެ.

ކުއްލިއަކަށް ރުއިމުގެ އަޑު ކެނޑުނެވެ. މުޅި ތަން ހިމޭންވި އެވެ. އަހަންނަށް ލޯ ހުޅުވާލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރާއެކު ދެ ލޯ ބޮޑުކޮށްލެވުނެވެ. އަނގަހުޅުވާލެވުނެވެ. ކަޅު އަނދިރިކަމުގެ ތެރެއިން ފެންނަމުން ދިޔައީ ދިއްލިފައިވާ ސައިބޯނި ބޮތްކެއް ކަހަލަ އެއްޗެކެވެ. އެ ބޮކިން އެކި ކުލަކުލަ އަރަމުން ދިޔަ އެވެ. މަޑު ރީނދޫކުލައާއި މަޑުމަޑު ފިޔާތޮށި ކުލަ ވެސް ބޮކީގެ ބޭރުން ދިއްލެމުން ދިޔަ އެވެ. ކުއްލިއަކަށް ބޮކި ފަޅައިގެން ދިޔަ އެވެ. އެއާއެކު ބޮކީގެ ތެރެއިން ފެންނަމުން ދިޔައީ ތުއްތު ތުއްތު ކުއްޖެކެވެ. ހީވަނީ ވިހޭ ގޮތަށް އޮތް ކުއްޖެއް ހެންނެވެ. އެ ކުއްޖާގެ ގައިގައި އެއްވެސް އެއްޗެއް ނެތެވެ. އޮތީ ކުރުގެޅިގެން ލޯބި ލޯބި ގޮތަކަށް ނިދައިފައި އޮތް ހެންނެވެ.

އަހަރެންގެ ލޮލުގައި އަޅައިގަތީ އެ ކުއްޖާގެ ބުރަކަށްޓާ ދިމާގައިވާ ކުޑަކުޑަ ވަރަ އެވެ. ދެ ފިޔަ އެވެ.

"އޭންޖަލް އެއްތަ؟" މަޑުމަޑުން އަހަންނަށް ބުނެލެވުނެވެ. "ކިހިނެއް އެހެންވާންވީ؟" (ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox