ދިގު ވާހަކަ: ގޮތް ހުސްވެފައި

ދިގު ވާހަކަ: ގޮތް ހުސްވެފައި

(ފުރަތަމަ ބަޔާ ގުޅޭ)

އިފާޝާގެ އެ ސުވާލަށް އަހަންނަށް ނޫނެކޭ ބުނެވުނީ ދެ ފަހަރު އޭނާ އެ ސުވާލު ކޮށްލުމުންނެވެ. އެއީ ވެސް ހަމައެކަނި ބޯ ހަރަކާތްކޮށްލައި ގެންނެވެ.

"ދެން، ކޮންމެ ވެސް ކަމެއް ދިމާވެއްޖެ. އަނެއްކާ މާލެއިން.. ފެމެލީ މީހަކަށް ކަމެއް ދިމާވީތަ؟" އިފާޝާ އަހައިލި އެވެ.

އަހަންނަށް ބޯހޫރައިލެވުނެވެ. އިފާޝާގެ މޫނަށް ތަފާތު ކުލަތައް އަރައި ފައިބަމުން ދިޔަ މަންޒަރު އަހަންނަށް ފެނުނެވެ.

"ފައި ކަމެއް ކުރީތަ؟ އަނެއްކާ މާ ބޮޑަށް ވައިލްޑުވީތަ؟" އިފާޝާ ލާނެތް ރާގެއްގައި ބުނެލި އެވެ.

އޭނާ އެ ބުނީ ކީކޭކަން އަހަންނަށް ވިސްނުނެވެ. އެއީ ކުރިން ދުވަހު އިފާޝާ އިންދާ ފައިޒާން ބުނެލި ވާހަކައެކެވެ. އެ ދުވަހު ފައިޒާނާ ދިމާއަށް އިފާޝާ ބުނި ވާހަކައަކަށް އޭނާ ދިން ރައްދެވެ. އިފާޝާ އަފުގާނިސްތާނު ފިރިހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ފައިޒާން އެކަމާ ޖޯކު ޖަހައިލުމުން އިފާޝާ ބުނެލީ ދިވެހި ފިރިހެނުންނަށް އެ ގޮތަށް ލޯބިދޭން ނޭނގޭ ވާހަކަ އެވެ. އަދި ލޯބީގެ މައިދާނުގައި ދިވެހި ފިރިހެނުން އުޅެނީ ފަހަތުގައި ކަމަށެވެ. އަމުދުން އަންހެން ކުދިންގެ އިހުސާސްތައް ދިވެހި ފިރިހެނުންނަށް ނޭނގޭ ކަމަށް ބުނެ އިފާޝާ ދިވެހި ފިރިހެނުން ދަށްކޮށްލުމުން، ފައިޒާން ބުނެލީ ދިވެހި ފިރިހެނުން މާ ވައިލްޑް ވާނެ ކަމަށެވެ. އެ ވާހަކައަށް އަހަންނަށް އޭނާ ކޮޅު އެއްލަމުން އެ ދުވަހު އޭނާ ދޯ ދިނެވެ. އަހަރެންގެ ހިނިފަޅައިގެން ދިޔުމުން ތިން މީހުން އެކުގައި ހެވުނެވެ. ހީވީ އެ މަންޒަރު ލޮލަށް ފެނުނު ހެންނެވެ.

"ހަނާ. ހަމަޖެހިބަލަ. ހަމަޖެހިލައިފަ ބުނެބަލަ." އިފާޝާ އަހަރެންގެ އަތުގައި ހިފައިލި އެވެ.

އަހަންނަށް އަތް ހިއްލައިލެވުނެވެ. އަތުގައި އޮތް ކިޓު އިފާޝާއަށް ދައްކާލެވުނެވެ. އެއާއެކު ބަޑި ފަޅައިގެން ދިޔަ އެވެ. އިފާޝާއަށް ވިސްނުނެވެ. އަހަރެން ބޭނުން ނުވެ ހުއްޓާ އެފަދަ ކަމެއް ދިމާވުމުން ވާނެ ގޮތެވެ. ކުރާނެ އަސަރެވެ. އިފާޝާ އަހަރެންގެ ގައިގައި ބައްދާލި އެވެ. އަހަރެން ބޭނުންވީ ރޮއެލާށެވެ. އިފާޝާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ހިތް ފުރެންދެން ރޯށެވެ. ރޮއެރޮއެ ގޮސް ކަރުނަތައް ހުސްކޮށްލާށެވެ. އިފާޝާ އަހަންނަށް އެ ފުރުސަތު ދިނެވެ. އަނގައިން ވެސް ނުބުނެ އޭނާ އިނީ އެވެ. އަހަރެންގެ ބޮލާއި ބުރަކަށީގައި ފިރުމަދޭށެވެ. ފަނަރަވަރަކަށް މިނެޓުވީ އިރަށް އަހަންނަށް ހަމައަކަށް އެޅުނެވެ.

"އަހަންނަކީ ވަރަށް ބޮޑު މޮޔައެއް ދޯ؟" އަހަންނަށް އިފާޝާގެ ކޮނޑުން ބޯހިއްލައިލަމުން ބުނެލެވުނެވެ.

"ކިހިނެއްވީ؟" އިފާޝާ އަހައިލި އެވެ.

"އުފާކުރަންވީ ވަގުތު ހިތާމަ ކުރެވުނީމަ." އަނެއްކާ ވެސް އަހަރެންގެ ބަޑި ފަޅައިގެން ދިޔަ އެވެ.

އިފާޝާ ތެދުވި އެވެ. އޭނާ ދިޔައީ އައިސް އަލަމާރިއާ ދިމާ އަށެވެ. އަހަންނަށް އެ އިން ގޮތަށް އިނދެ ރޮވުނީ އެވެ. ގިސްލަމުން ގިސްލަމުންނެވެ. އިރުކޮޅަކުން އިފާޝާ އައިސް ފެންތަށްޓެއް ދިއްކޮށްލި އެވެ.

"ބޭނުން ނުވެ ހުއްޓާ ތިޔަ ފަދަ ޚަބަރެއް ލިބުނީމަ މަ ނަމަވެސް ވާނީ ވެސް ތިހެން."

އަހަރެން ހީކުރީ އިފާޝާ އަހަންނާ ދެކޮޅުވާނެ ކަމަށެވެ. ނަމަވެސް އޭނާ ހިފައިލީ އަހަރެންގެ އަތުގަ އެވެ. ފިނިކަން ލިބުނީ ހިތަށެވެ. އޭނާ ފިރުމައިލީ ބުރަކަށީގަ އެވެ. އެ އިހުސާސް ކުރެވުނީ ސިކުނޑި އަށެވެ. ފިނިކަމެވެ. ލުއިކަމެވެ.

"ފައި ބޭނުންވީތަ؟" އިފާޝާ ވިސްނުންތެރިކަމާއެކު އަހައިލި އެވެ.

އަހަންނަށް ބޯ ހޫރައިލެވުނެވެ. ފައިޒާންގެ ވިސްނުން އަހަރެން ހިއްސާކުރީމެވެ. މިއީ އެފަދަ ވާހަކައެއް އެހެން މީހަކު ގާތުގައި އަހަންނަށް ދެއްކުނު ފުރަތަމަ ފަހަރެވެ. އަހަންނަށް އެ ވާހަކަ ދެއްކުނީ އެވެ. ވަގުތުގެ ނާޒުކު ކަމުގެ ސަބަބުންނެވެ. އިހުސާސްތަކުގެ ގޮތުންނެވެ.

"ޓަރމިނޭޓް ކޮށްލަންވީނު،" އަހަންނަށް ބަލައިލެވުނީ އިފާޝާގެ މޫނަށެވެ. "ކޮންމެ ގޮތެއް ވިޔަސް ބޭނުންނެތިއްޔާ، ތިހާ ބޮޑު ކަމެއް ނުކުރެވޭނެ."

"ފަސޭހައިން އެކަން ވޭތަ؟ ދެން ކިހިނެއް ހަދާނީ؟" އަހަންނަށް ބުނެލެވުނެވެ.

ކަންކުރެވިދާނެ ހުރިހާ ގޮތެއް އިފާޝާ އަހަންނަށް ކިޔައިދިނެވެ. އަދި އެކަމުގައި އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށާއި އެއީ ސިއްރުގެ ގޮތުގައި ބާއްވާނެ ކަމެއްކަން އޭނާ ބުނެދިނެވެ.

"އިފާ ވަރަށް ތަޖުރިބާ އެބަހުރި." އަހަރެން ހަމައަކަށް އެޅެމުން ދިޔުމާއެކު އިފާޝާގެ ތަޖުރިބާއާ މެދު ސުވާލު އުފެދުނެވެ.

ބަދަލުގައި އިފާޝާ ތުންފަތަށް ބާރުކޮށްލަމުން ހިނިތުންވެލި އެވެ. އަހަންނަށް ނިތް އަރުވާލެވުނެވެ. ކިޔައި ދެވިދާނެހޭ އަހައިފަދަ ގޮތަކަށް އިފާޝާއަށް ބަލައިލެވުނެވެ.

"ނޫރުގެ ސަބަބުން އެހެންވީ،" އިފާޝާ ނުތަނަވަސް ވެފައި އިނދެ ފެށި އެވެ. "އަސްލު ނޫރުގެ މިސްޓޭކެއް ވެސް ނޫން. އަހަންނާ ހެދި އެހެންވީ."

އިފާޝާ ހިފައިލީ އަހަރެންގެ އަތުގަ އެވެ. އޭނާ ހިއްސާކުރާން ފެށީ އޭގެ ޒާތުގައި ބޮޑުވާހަކައެކެވެ. އިފާޝާއާ މެދު އަހަރެން އުއްމީދު ކޮށްގެން ހުރި ކަމެއްގެ ވާހަކައެއް ވެސް ނޫނެވެ. އޭނާއާއި ނޫރުއާއި ދެމީހުންގެ މެދުގައި އޮތް ގުޅުމުގެ ވާހަކަ އެވެ. ނޫރަކީ އަފުގާނިސްތާނު ޒުވާނެކެވެ. ޖާނު ވަރުގަދަ ބިޔަ ހަށިގަނޑެއްގެ ވެރިޔެކެވެ. ބަލައިލަން ރީތި ޒުވާނެކެވެ. ނޫރާއި އިފާޝާގެ ގުޅުމާއި އެމީހުން އުޅޭލެއް ލޯބިކަމުގެ ވާހަކައަކީ ޔުނިވަރސިޓީގައި އާއްމު ވާހަކައެކެވެ. އެއީ ޔުނިވަރސިޓީގެ "ލަވްބަރޑް" އެވެ. އެމީހުންނާ މުޚާތަބު ކުރަނީ ވެސް އެގޮތަށެވެ.

"މިކަމުގައި ފިރިހެނުންނަށް ބްލޭމު ކުރުމެއް ވެސް ނެތް. އަހަރުމެންނަށް ވެސް ގޯސް ހެދެނީ. މި ހަގީގަތަކީ." އިފާޝާ ބުނެލި އެވެ.

އިފާޝާގެ އެ ޖުމުލައާ މެދު އަހަންނަށް ވިސްނައިލެވުނެވެ. އެއީ ކިހާ ވަރެއްގެ ތެދެއްކަން އަހަންނަށް ވަޒަންކޮށްލެވުނެވެ. ހަގީގަތުގައި މި ފަހަރު ގޯސް ހެދުނީ ސީދާ އަހަންނަށެވެ. އެ ވާހަކަ ފައިޒާން ވެސް އޮތީ ބުނެފައެވެ. ނަމަވެސް ފައިޒާން ކުށްވެރިކުރީ އޭނާގެ އަމިއްލަ ޟަމީރެވެ. އަމިއްލަ ނަފުސެވެ.

"ނޫރުގެ އެހީތެރިކަން އަހަރެން ހޯދައިދޭނަން. ކޮންމެ ގޮތެއް ވިޔަސް ނޫރު މިކަމުގައި އެކްސްޕީރިއަންސް ހުންނާނެ. އަހަރުމެންނަށް ވެސް ދެ ފަހަރު މިހެން ދިމާވެއްޖެ،" އިފާޝާ ބުނެލި އެވެ. "ފުރަތަމަ ފަހަރު ކުޑަކޮށް ޖެހިލުންވި، އެކަމަކު ކުރެވުނީމަ ފަހުން މާ ހިތްހަމަ ޖެހުނު."

ފައިޒާން ގެއަށް ވަން މަންޒަރު ފެނިފައި އިފާޝާ ތެދުވި އެވެ. އިފާޝާ އަހަންނަށް ބަލައިލަމުން ހިނިތުންވެލަމުން ދަނީއޭ ބުނެލި އެވެ.

"ކޮބާ ވައިލްޑް ބުޅާ. ބުޅާ ނުލައިތަ އައީ؟" އިފާޝާ ފެނުމާއެކު ފައިޒާން ދިމާކޮށްލި އެވެ.

"ދިވެހި ފިރިހެނުން ވެސް އަސްލު ވަރަށް ވައިލްޑް. މަށަށް އެ ކަން ކުރިން ނޭނގުނީ." އިފާޝާ އަހަރެންގެ މޫނަށް ބަލައިލަމުން ބުނެލި އެވެ.

"އާ ތަޖުރިބާއެއް ކޮށްލީތަ؟" ފައިޒާން ކޮނޑުގައި އޮތް ލެޕްޓޮޕް ދަބަސް ސޯފާގައި ބާއްވާލި އެވެ.

"ހޫމް. ވަރަށް ބޮޑަށް. ފަހުން އެނގޭނެ،" އިފާޝާ ލުއި ގޮތަކަށް ހިނިތުންވެލި އެވެ. "ބެސްޓް އޮފް ލަކު. މަގޭ ވައިލްޑް ބުޅާގެ ތަޖުރިބާ ވަރަށް މުހިއްމުވާނެ. ލިބޭނެ."

އިފާޝާ އެހެން ބުނެލުމަށްފަހު ނުކުމެގެން ދިޔައީ އެވެ. އޭނާގެ ފަރި ހަރަކާތްތަކަށް ބަލަން ފައިޒާން ހެވިފައި އިނެވެ. އިފާޝާ ދިޔުމުން ފައިޒާން ދެ ފަރާތަށް ބޯ ހޫރައިލަމުން އަހަންނަށް ބަލައިލި އެވެ. ބަދަލުގައި އަހަންނަށް އިނދެވުނީ އެވެ. ހިމޭންކަމަށް ގެއްލިފަ އެވެ. މާޔޫސްކަމުގައި އޮޅުލައިގަނެގެންނެވެ. ފައިޒާން އަހަންނަށް ދެ ފަހަރަކު ގޮވާލިހެން ހީވި އެވެ. ޔަގީނެއް ނޫނެވެ. އެންމެ ފަހުން ފައިޒާންގެ އިނގިލިން އަހަރެންގެ މޫނަށް ޗޮކެއް ކަނޑައިލިއެވެ. އަހަންނަށް ސިހިފައި އަތް ހިއްލައިލެވުނެވެ. އަހަންނަށް ދައްކާލެވުނީ މުށުތެރޭގައި އޮތް ކިޓެވެ. އޭގައިވާ ރޮނގުކޮޅު ފައިޒާނަށް ފެންނާނެ ގޮތަށެވެ.

"ވަޓް؟" ފައިޒާން ދެ ލޯ ބޮޑުވިއެވެ.

އޭނާގެ އިސްތަށިގަނޑު ތެރެއަށް އިނގިލިތައް މަހައިލަމުން ދެ ފަރާތަށް ބޯ ހޫރައިލި އެވެ. މުޅި މީހާ މާޔޫސްވެ ހާސްވާ ގޮތްވި އެވެ. އަހަންނަށް ވެސް ކެތް ނުކުރެވުނެވެ. ބަޑިފަޅައިގެން ދިޔައީ އެވެ. ފައިޒާން ވެސް އަހަރެންގެ ގައިގައި އޮޅުލަމުން ގިސްލަމުން ރޮމުން ދިޔަ އެވެ. ދެމީހުން ދެމީހުންނަށް ހިތް ފުރެންދެން ރުއީމެވެ. އިރުގަނޑެއް ވަންދެން ވާހަކަ ވެސް ނުދައްކާ ތިބެވުނެވެ.

"އިފާއަށް އާދެވުނީމަ އަހަންނަށް ބުނެވިއްޖެ." އަހަރެން ކޮށި ގޮތަކަށް ބުނެލީމެވެ.

"ދެން؟" ފައިޒާން އަހަންނާ ދިމާއަށް ބަލައިލި އެވެ.

"އޭނާ އެ ބުނީ އެހެން. އެމީހުންނަށް ވެސް މިހެން ދިމާވިއޭ. ނޫރުގެ ހެލްޕު ލިބޭނޭ." އަހަރެން އޮޅުންފިލުވައިދިނީމެވެ.

އިފާޝާ ދެއްކި ހުރިހާ ވާހަކައެއް އަކުރުން އަކުރަށް އަހަރެން ފައިޒާނަށް ހިއްސާކުރީމެވެ. އަދި އެކަމުގައި އޮތް އެންމެ ފަހި ގޮތް ވެސް ބުނެދިނީމެވެ.

"ތިކަހަލަ ކަމެއް ކުރާއިރު ވިސްނައިލަންވާނެ ދޯ." ފައިޒާންގެ ފިކުރު ކުޑަކޮށް ތަފާތުވި އެވެ.

"ބޭނުންވީމަ ކުރާން ޖެހޭ ކަމެއް، ބޭނުން ނުވެ ތިއްބާ ވީމަ ކިހިނެއް؟ ހައު ވީކެން... އަމުދުން މިތާ؟ ކިހިނެއް؟" އަހަރެން ނުތަނަވަސްވާ ގޮތްވި އެވެ.

"ފުރުސަތަކީ އަބަދު ލިބޭނެ އެއްޗެއް ނޫން. ވަރަށް އުނދަގުލުން ދެމީހުންނަށް އެކުގައި ކިޔަވަން އާދެވުނީ،" ފައިޒާން މާނޭވާއެއް ބޭރުކޮށްލި އެވެ. "ވަރަށް މަސައްކަތްކޮށް، ސިޔާސީ މީހުންގެ ފައިބުޑަށް ވެސް ވެއްޓިގެން މިހާ ހިސާބަށް އާދެވުނީ މި."

"އަހަރުމެން ބޭނުން ނުވަންޏާ އެއްވެސް މައްސަލައެއް ނޫނެއްނު. ހިނގާ ޑޮކުޓަރަށް ގޮސް ބުނާން." އަހަރެންގެ ޚިޔާލު ހުރީ މުޅިން އެހެން ގޮތަކަށެވެ.

"މިތަނުގެ ޤާނޫނުތައް އޮތް ގޮތެއް ވެސް ނޭނގެ. ތިކަހަލަ ކަމެއް ހިތަށް އަރުވައިފި ނަމަ ޖަލަށް ނުލާނެ ކަމެއް ވެސް ނޭނގެ،" ފައިޒާން ދެކޮޅަށް ހިނގަންފެށި އެވެ. "އަހަރުމެން ހީކުރާހާ ފަސޭހައިން ކަންކަން ނިންމާ ނުލެވޭނެ. މިއީ ރާއްޖެއެއް ނޫން. ރާއްޖެ ނަމަތާ ސިއްރު ސިއްރުން ކަންކަން ނިންމާލާނީ ވެސް."

"ދެން؟" އަހަރެން އަހައިލީމެވެ. "އޯކޭ ވެފަ ތިބެންވީ. ދުވަސްވީ ވަރަކަށް ގޯސްވާނީ."

"ތީތާ މައްސަލައަކީ؟" ފައިޒާން ބުނެލި އެވެ.

"އާނ، ފައިއަކަށް އެއްވެސް ކަމެއް ނުވާނެއްނު. ހުރިހާ ބުރައެއް، ހުރިހާ ތަކުލީފެއް އުފުލާން ޖެހޭނީ އަހަންނަށް ވިއްޔަ." އަހަންނަށް ނޭނގި ނަމަވެސް ބުނެވުނީ ފައިޒާން ހިތުގައި ޖެހޭ ފަދަ ވާހަކައެކެވެ.

އެއާއެކު ފައިޒާންގެ ދެ ލޮލުން ހޯސްލައިފައި ކަރުނަތައް ހިލިގަތެވެ. އެ ކަން ފޮރުވަން އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާއަށް ކާމިޔާބެއް ނުވި އެވެ.

"އެއްބަސް. އިފާއަށް ގުޅާ." ފައިޒާން ވަގުތުން އެއްބަސްވި އެވެ.

(ނުނިމޭ)

ވާހަކައިގެ ފުރަތަމަ ބައި

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox