ހުލާސާކޮށް އިއްޔެ: އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ފޯރި ގަދަވުން

ހުލާސާކޮށް އިއްޔެ: އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ފޯރި ގަދަވުން

އަންނަ އެޕްރީލް 16، ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އިއްޔެ އިއުލާން ކުރެއްވުމާއެކު އިންތިހާބުގެ ފޯރިގަދަވެ ކެމްޕޭންތައް ވަނީ ފަށާފަ އެވެ.

އިންތިހާބުގައި ވާދަކުރާކަން އިއުލާން ކުރަމުން ފައްޔާޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އޭނާގެ އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުން ކަމަށެވެ. މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ އަކީ މިވަގުތު އެމްޑީޕީ ގައުމީ މަޖިލީހުގެ ގަމު ދާއިރާގެ ރައީސް އެވެ.

"އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން," އެމްޑީޕީގެ ދިދައެއްގެ ފޮޓޯއަކާއެކު އިމްތިޔާޒު އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

Advertisement

މީގެކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފަ އެވެ. ނަމަވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަތި ދެކުނު ޕްރޮވިންސްގެ ރައީސްކަން ވެސް ކުރައްވާ އަމްރު ވާދަނުކުރައްވާނެ ކަމަށް އޭނާގެ އަރިސް ބޭފުޅަކު ވަނީ އިއްޔެ މި ނޫހަށް ކަށަވަރު ކޮށްދީފަ އެވެ.

އިމްތިޔާޒާއި ފައްޔާޒުގެ ކެމްޕެއިން އިއްޔެ ފަށާފައިވާއިރު އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުން ތާއިދު ކުރައްވާ ކެންޑިޑޭޓް ހާމަކުރައްވަމުންނެވެ.

މި ދެ ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާއިރު, އިމްތިޔާޒު ފާހަގަކުރެވެނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. އަނެއްކޮޅުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ އަރިސް މިނިސްޓަރެވެ. އެހެންކަމުން, މި އިންތިހާބުގެ ފޯރިގަވާނެ އެވެ.

ޗެއާޕާސަން: އިދާރީ ގޮތުން އެންމެ ބާރުގަދަ މަގާމު

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ބޭފުޅުން (ތަރުތީބުން)

  1. ރައީސް މުހައްމަދު ނަޝީދު
  2. އިބްރާހިމް އިސްމާއިލް
  3. ރީކޯ މޫސާ މަނިކު
  4. މާރިޔާ އަހްމަދު ދީދީ
  5. އަލީ ވަހީދު
  6. ހަސަން ލަތީފް

މިފަހަރުގެ ޗެއާޕާސަން އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ފެބްރުއަރީ 19، ގެ 16:00 އެވެ. އަދި، ކެންޑިޑޭޓުންގެ ނަންތައް ފެބްރުއަރީ 22، ގައި އެމްޑީޕީން އިއުލާން ކުރާނެ އެވެ.

ހަސަން ލަތީފްގެ ދައުރަށްފަހު އަލަށް އިންތިހާބުކުރާ ޗެއާޕާސަންގެ ދައުރުގައި ވެސް އެ ޕާޓީ އިތުރަށް ހަރުދަނާވެ ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްޑީޕީން މީގެކުރިން ބުނެފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ހަނގުރާމައެއް ބޯމަތިވެފައިވާ ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާ ކަމަށާއި އެ މީހުންގެ ހާލަތު ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނީ އިއްޔެ އެވެ.
  • "ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ބޭނުންކުރަން ފުލުހުން ފެށީ އިއްޔެ އެވެ.
  • ށ. ކޮމަންޑޫ ކައިރީގައި އޮންނަ ތިން ރަށެއް ރިސޯޓް ހެދުމަށް ކުއްޔަށް ދޫކުރުން ހުއްޓުވައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނުކަން ހާމަކުރީ ވެސް އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ފުލުހުންގެ މައްޗަށް ކުރާ ދޮގު ތުހުމަތުތަކާއި އިލްޒާމް ތަކަށް ޖަވާބުދާރީވެ، ހަގީގަތް ހާމަކޮށްދިނުމުގައި އިއްޔެ ބޭނުންކުރަން ފެށި "ބޮޑީ ވޯން ކެމެރާ" އިން އެހީވާނެކަން ހާމަކުރަމުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ:

"މީގެ ސަބަބުން އެންމެ މުހިންމު މަންފާއެއް ކުރާނީ ހާލަތާ ބައްދަލުވާ ރައްޔިތުން. އެއާއެކު ކުރިމަތިލާ އޮފިސަރަށްވެސް ރައްކާތެރިކަން ލިބޭނެ. ފުލުހުންނަށް ކުރާ ތުހުމަތު ތަކަށް ސާފު ހައްލެއް މިކަމުން ހޯދައިދޭނެ،"

ދުވަހުގެ ފޮޓޯ

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-0 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ކްލަބު އީގަލްސްއިން ހޯދުމަށް ތަށި އުފުލާލަނީ. އެ ޓީމުން މެޗު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލި ނުވެ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-0 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ކްލަބު އީގަލްސްއިން ހޯދުމަށް ތަށި އުފުލާލަނީ. އެ ޓީމުން މެޗު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލި ނުވެ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-0 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް ކްލަބު އީގަލްސްއިން ހޯދުމަށް ތަށި އުފުލާލަނީ. އެ ޓީމުން މެޗު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލި ނުވެ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ޗެލެންޖެސް އިން ލާނިން އަ ސެކަންޑް ލޭންގުއޭޖް: ވޮއިސެސް ފްރޮމް ދަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ"

އެއީ 2013 ވަނަ އަހަރު ވިލާ ކޮލެޖުން މާސްޓާސް އޮފް އެޑިއުކޭޝަނަށް ކިޔަވަމުން ދިޔަ އައިމިނަތު ނަޝީދާ ލިޔުއްވާފައިވާ ތީސިސްއެކެވެ. މި ތީސިސްގައި ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުން އެ މީހުންގެ މާދަރީ ބަސް ނޫން އެހެން ބަހެއް ދަސްކުރުމުގައި ދިމާވާ ގޮންޖެހުންތައް ދިރާސާގެ އަލީގައި ގެނެސްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox