ކޮމަންޑޫ ކައިރީ ތިން ރަށް ރިސޯޓް ހަދަން ދޫކުރުން ފަސްކުރަން ކޯޓުން އަމުރުކޮށްފި

ސިވިލް ކޯޓުގައި ހިންގާ ޖަސްޓިސް ބިލްޑިން: ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން ދޫކުރުން ވަނީ މަޑުޖައްސާފައި

ސިވިލް ކޯޓުގައި ހިންގާ ޖަސްޓިސް ބިލްޑިން: ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން ދޫކުރުން ވަނީ މަޑުޖައްސާފައި

ށ. ކޮމަންޑޫ ކައިރީގައި އޮންނަ ތިން ރަށެއް ރިސޯޓް ހެދުމަށް ކުއްޔަށް ދޫކުރުން ހުއްޓުވައި ސިވިލް ކޯޓުން އިއްޔެ ވަގުތީ އަމުރެއް ނެރެފި އެވެ.

ކޮމަންޑޫ ކައިރީގައި އޮތް ށ. މެދުރަށާއި މައިރަށް އަދި ދިގުރަށުގައި ރިސޯޓް ހަދަން އިއުލާންކޮށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ސަރުކާރުން ހުޅުވާލީ ކުއްލި ގޮތަކަށް, ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން ކައިރިވެފައިވަނިކޮށެވެ.

ސިވިލް ކޯޓުން މިއަދު އާންމުކުރި އަމުރަކީ ޕްރިމިއާ އިކުއިޓީ ކުންފުނީގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އިއްޔެ ނެރެފައިވާ ވަގުތީ އަމުރެކެވެ. ޕްރިމިއާ އިކުއިޓީ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ ކޮމަންޑޫ ކައިރި ތިން ރަށަކީ އެ ކުންފުންޏަށް ސެޓްލެމަންޓް އެއްބަސްވުމެއްގެ ދަށުން ސަރުކާރުން ދޭން އެއްބަސްވެފައިވާ ރަށްތަކެއް ކަމަށް ބުނެ އެވެ.

އެއީ, 2008 ވަނަ އަހަރު އެ ކުންފުންޏަށް ލ. ބޮޑުފިނޮޅާއި އެ އަތޮޅު ގަސްފިނޮޅު ރިސޯޓް ހަދަން ދޫކުރި ފަހުން އެ ތަނުގައި އަމިއްލަ މީހެއްގެ ބިމެއް އޮތުމުން އެ ދެ ރަށް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް ދޫނުކުރެވުނު މައްސަލަ އެވެ. އެ މައްސަލާގައި ބަދަލެއްގެ ގޮތުން ސަރުކާރުން މަޝްވަރާކުރީ ލ. އަތޮޅުގެ ދެ ރަށުގެ ބަދަލުގައި ށ. އަތޮޅުގެ ތިން ރަށް ދިނުމަށެވެ.

ނަމަވެސް, މިހާތަނަށް މިކަމުގައި ވަކި ގޮތެއް އޮތީ ނުނިމި އެވެ.

އެހެންވެ, ޕްރިމިއާ އިކުއިޓީ ކުންފުނިން ސިވިލް ކޯޓުގައި އެދިފައިވަނީ މައްސަލަ ނިމެންދެން ތިން ރަށް އެހެން ބަޔަކަށް ދިނުން މަޑުޖައްސައިދިނުމަށެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ ރަށްތައް އެހެން ބަޔަކަށް ކުއްޔަށް ދީފިނަމަ, ޕްރިމިއާ އިކުއިޓީ ކުންފުންޏަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށާއި އެ ރަށްތައް އެ ކުންފުންޏަށް ދޭން ސަރުކާރުން މަޝްވަރާކޮށްފައިވާއިރު މައްސަލާގައި ގޮތެއް ނިމެންދެން ރަށްތައް އެހެން ބަޔަކަށް ދިނުން ހުއްޓުވުމަށް ކޯޓުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އެހެންވެ, ސިވިލް ކޯޓުގެ އިސްގާޒީ އަބްދުالله އަލީ ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރު ކުރެއްވީ ކޮމަންޑޫ ކައިރީ އޮތް ތިން ރަށް ކުއްޔަަށް ދޫކުރުމުގެ ބިޑް ފަސްކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox