ބަންދުގައި ބަހައްޓައިގެން ޖާބިރު ކޯޓަށް ހާޒިރުކުރަން އަމުރެއް ނެރެފި

ޖާބިރު: އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ވަނީ އަމުރު ނެރެފައި

ޖާބިރު: އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ވަނީ އަމުރު ނެރެފައި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަންގައި, ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރުނީ ޑީއާރްޕީން އެމްޓީސީސީއަށް ދައްކަން ޖެހޭ ދަރަންޏެއް ހޯދުމަށް އެ ކުންފުނިން ދައުވާކޮށްފައިވާ މައްސަލާގަ އެވެ.

އެ ކޯޓުގެ މީޑިއާ އޮފިސަރު މި ނޫހަށް ވިދާޅުވި ގޮތުގައި ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން ޖާބިރު މާދަމާ ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

މީގެކުރިން ވެސް ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ޖާބިރު ހައްޔަރުކުރި އެވެ. އެއީ, ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުކުމެއް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން އަމުރުކުރުންނެވެ.

އޭނާ ކޯޓަށް ހާޒިރުކުރުމަށްފަހު, އެފަހަރު ބަންދުން ދޫކޮށްލި އެވެ.

އަނެއްކާވެސް ޖާބިރު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެފައިވާއިރު, މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހުންނެވީ މާލޭން ބޭރުގަ އެވެ.

އެމްޓީސީސީން ޑީއާރްޕީއާ ދެކޮޅަށް ދައުވާކުރާ މައްސަލައަކީ ޖާބިރު އެ ޕާޓީގެ ލީޑަރުކަމާ ހަވާލުވުމުގެ ކުރިން ހިނގާފައިވާ މުއާމަލާތަކާ ގުޅޭ މައްސަލައެކެވެ. އެހެންވެ, އެ ދަރަނި ދެއްކެވުމަށް ޖާބިރު ގެންދަވަނީ އިންކާރު ވެސް ކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox