ރާއްޖޭގޭ ބާޒާރުގައި މިވަގުތު ލިބެން ހުރި އެންމެ މަގުބޫލު އަދި އިތުބާރު ހިފޭ އެއް ގަލަކީ އެސްޓީއޯ އިން ވިއްކާ ރެނޮކޮން އޭއޭސީ ބްލޮކް އެވެ.
އެސްޓީއޯއިން ރެނޮކޮން އޭއޭސީ ބްލޮކް ރާއްޖޭގެ މާކެޓަށް ތައާރަފްކުރީ ޑިސެމްބަރު 2019، ގަ އެވެ. މި ގާ ވިއްކަން ފެށުމާއެކު ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު މިހާރު އެއީ ރާއްޖޭގެ ބޮޑެތި ކޮންޓްރެކްޓަރުން ވެސް ގިނަ ޕްރޮޖެކްޓްތަކެއްގައި ބޭނުންކުރާ ގަލެކެވެ.
މި ގަލަކީ އަވިދޭ ހޫނު ދުވަސްތަކުގައި އިމާރާތް ތެރޭ އުފެދޭ ހޫނު ވައި ބޭރުކޮށްދީ އެސީ ހަރަދު 20 ޕަސެންޓަށް ކުޑަކޮށްދޭ ގަލެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެހެންކަމުން، އިމާރާތުގެ ފިނި ހޫނުމިން ހިފަހައްޓައިދީ ކަރަންޓުގެ ހަރަދު ކުޑަކޮށްދޭނެ އެވެ. މިއީ، ރާއްޖެ ފަދަ ހޫނު ގައުމެއްގައި އިމަރާތްކުރަން އެންމެ އެކަށީގެންވާ ގޮތަށް އުފައްދާފައިވާ ގަލެކެވެ.
ރެނެކޮން އޭއޭސީ ބްލޮކަކީ އާދައިގެ އެޅިގަލާ އަޅާ ބަލާއިރު ތިން ގުނަ އަލިފާން ރައްކާތެރި ކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ގަލެކެވެ. އޭގެ އިތުރުން، އަޑު ދައުރު ކުރާ މިންވަރު ވެސް ވަރަށް ބޮޑު ތަނުން ކުޑަކޮށްދެ އެވެ.
މިއީ އާދައިގެ އެޅިގަލަށް ވުރެ ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ގުނަ ލުއިކޮށް އުފައްދާ ގަލެއް ކަމުން އިމާރާތް ކުރަން ހޭދަވާ ވަގުތު ވެސް 20 ޕަސެންޓް ކުޑަކޮށްދެ އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަންގެ ހޮޓްލައިން 7478585 އަށް ގުޅައިގެން ރެނަކޮން އޭއޭސީ ބްލޮކް ގަނެވޭނެ އެވެ.











