ޗެއާޕާސަންކަމަށް ވާދަ ކުރައްވަނީ ޕާޓީ ހަރުދަނާ ކުރުމަށް: ފައްޔާޒް

މިނިސްޓަރު ފައްޔާޒު އިސްމާއިލް: ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާކަން މިއަދު ވަނީ އިއުލާން ކުރައްވާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މިނިސްޓަރު ފައްޔާޒު އިސްމާއިލް: ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާކަން މިއަދު ވަނީ އިއުލާން ކުރައްވާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރެއްވުމަށް ނިންމެވީ ޕާޓީ ހަރުދަނާކޮށް އެމްޑީޕީގެ ހެޔޮވެރިކަން ދެމެހެއްޓުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބަށް ފައްޔާޒު ނުކުންނަވާނެކަން މީގެކުރިން ވެސް ޔަގީންވެފައިވީ ނަމަވެސް, މިހާތަނަށް އެކަމާ ގުޅޭ ގޮތުން ފައްޔާޒު އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް, އޭނާއަށް ތާއިދުކޮށް ސޯޝަލް މީޑިއާގައި ކެމްޕެއިން ދިޔައީ ކުރަމުންނެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އޭނާގެ އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުން ކަމަށެވެ. މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

އިންތިހާބަށް ފައްޔާޒު ނުކުންނަވާނެކަން އިއުލާން ކުރެއްވިއިރު މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވެސް ވަނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާކަން ރޭ އިއުލާން ކުރައްވާފަ އެވެ. އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މިހާރު ވަނީ އިމްތިޔާޒަށް ތާއިދު އޮތްކަން ހާމަކުރައްވާފަ އެވެ.

މީގެކުރިން އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ވެސް އެ މަގާމަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. ނަމަވެސް, އެމްޑީޕީގެ އިސް ދެ ބޭފުޅަކު ޗެއާޕާސަން ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރެއްވުމާއެކު އިންތިހާބުގެ ވާދަވެރިކަން ވަރަށް ބޮޑުވެ, އަމްރު ވަނީ ކުރިމަތިނުލައްވަން ނިންމަވާފަ އެވެ.

އިމްތިޔާޒާއި ފައްޔާޒުގެ ކެމްޕެއިން މިހާރު ވެސް ފަށާފައިވާއިރު އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުން ތާއިދު ކުރައްވާ ކެންޑިޑޭޓް ހާމަކުރައްވަމުންނެވެ.

މި ދެ ބޭފުޅުން އިންތިހާބުގައި ވާދަކުރައްވާއިރު, އިމްތިޔާޒު ފާހަގަކުރެވެނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. އަނެއްކޮޅުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ އަރިސް މިނިސްޓަރެވެ. އެހެންކަމުން, މި އިންތިހާބުގެ ފޯރިގަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox