18 އަހަރު ތެރޭ ބޯކުމް އަށް ބަޔާން އަތުން ފުރަތަމަ މޮޅު

Feb 12, 2022, 5:40 PM
18 އަހަރު ތެރޭ ބޯކުމް އަށް ބަޔާން އަތުން ފުރަތަމަ މޮޅު

މިއުނިކް (ފެބްރުއަރީ 12) - ޖަރުމަނު ލީގުގައި މިރޭ ވީއެފްއެލް ބޯކުމް އިން 4-2 އިން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިކޮށްފި އެވެ.

މިއީ ބަޔާން އަތުން މިދިޔަ 18 އަހަރު ތެރޭ ބޯކުމް އަށް ލިބުނު ފުރަަތަަމަ މޮޅެވެ. ބޯކުމް އިން އެންމެ ފަހުން ބަޔާން ބަލިކުރީ 2004 ވަނަ އަހަރު އެވެ.

އެގާރަ އަހަރަށް ފަހު މި ފަހަރު ޖަރުމަނު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި ބޯކުމް އިން މިރޭ ބަޔާން ބަލިކުރިއިރު، މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. ބޯކުމް އޮތީ 22 މެޗުން 28 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.

ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 22 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 21 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ. މާދަމާ ޑޯޓްމަންޑުން ޔޫނިއަން ބާލިންއާ ދެކޮޅަށް މޮޅުވެ. ފަރަގު ކުޑަކުރެވޭނެ އެވެ.

ބޯކުމް ދަނޑުގައި މިރޭ ފުރަތަމަ ލަނޑު ޖެހީ އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ރޮބަޓް ލެވަންޑޯޯސްކީ އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ކިންގްސްލީ ކޯމަން ބޮލުން ޖައްސާލި ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ލެވަންޑޯސްކީ ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯކުމް އިން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

މެޗުގެ 14 ވަނަ މިނިޓްގައި ބޯކުމް އަށް އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އެއްވަރުކޮށްދިނީ ކްރިސްޓޮފާ އަންޓްވީ އަޖޭއި އެވެ. މެޗުގެ 37 ވަނަ މިނިޓްގައި ބޯކުމް އިން ލީޑުނެގީ ޕެނަލްޓީ އަކުން ޔާގެން ލޮކާޑިއާ ޖެހި ގޯލުންނެވެ. އޭގެ ދެ މިނިޓް ފަހުން ބޯކުމް އިން ލީޑުފުޅާކުރީ އޭރިއާ އަރިމަތިން ކްރިސްޓިއަން ގަމްބޯއާ ޖެހި މޮޅު ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯކުމްގެ ހަތަރު ވަނަ ގޯލު ޖެހީ 43 ވަނަ މިނިޓްގައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ގެރިޓް ހޯލްޓްމަން އެވެ.

މިއީ 1975 ވަނަ އަހަރު އެއިންޓްރަކްޓް ފްރޭންކްފާޓުން 6-0 ބަޔާން ބަލިކުރި މެޗަށް ފަހު ޖަރުމަނު ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގައި ބަޔާން ކޮޅަށް ހަތަރު ގޯލު ވަން ފުރަތަމަ ހާފެވެ.

ދެ ވަނަ ހާފުގައި ބަޔާނުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ޖެހުނީ އެންމެ ގޯލެކެވެ. މެޗުގެ 75 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ބަޔާންގެ ޔޯސުއާ ކިމިމް ހިލޭ ޖެހުމަކުން ނެގި ބޯޅައެއް ބޯކުމް ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވި، ލެވަންޑޯސްކީ އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ބަޔާނަށް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox