ރަޝިއާއާ ދެކޮޅަށް ޔޫކްރެއިން ރައްޔިތުންގެ ބޮޑު ހިނގާލުމެއް

ގައުމީ ދިދަ ހިފައިގެން ރަޝިއާއާ ދެކޮޅަށް ބޭއްވި ހިނގާލުމުގައި އެތައް ހާސް ރައްޔިތުން ބައިވެރިވި. -- ފޮޓޯ: އޭއެފްޕީ

ގައުމީ ދިދަ ހިފައިގެން ރަޝިއާއާ ދެކޮޅަށް ބޭއްވި ހިނގާލުމުގައި އެތައް ހާސް ރައްޔިތުން ބައިވެރިވި. -- ފޮޓޯ: އޭއެފްޕީ

ކިޔެވް، ޔޫކްރެއިން (ފެބްރުއަރީ 12) - ގައުމީ ދިދަ ހިފައިގެން، ގައުމީ ސަލާން ކިޔަމުން ޔޫކްރެއިންގެ އެތައް ހާސް ރައްޔިތުން ރަޝިއާއާ ދެކޮޅަށް ބޮޑު ހިނގާލުމެއްގައި ބައިވެރިވެއްޖެ އެވެ.

"ކަންބޮޑުވުމުގެ ބޭނުމެއް ނެތް. އެންމެން އެއްބައިވެ، މިނިވަންކަމަށް ހަނގުރާމަ ކުރަން ޖެހޭ،" މުޒާހަރާގައި ބައިވެރިވި ދަރިވަރު މާރިއާ ޝެރްބެންކޯ އޭއެފްޕީއަށް ބުންޏެވެ.

ހުކުރު ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވެސް ރައްޔިތުންނަށް ގޮވައިލެއްވީ ރަޝިއާއާ ދެކޮޅަށް އެއްބައިވެގެން ތިބުމަށެވެ.

ހިނގާލުމުގައި ބައިވެރިވި ބައެއް މީހުން ތިބީ "ހަނގުރާމައަކީ ހައްލެއް ނޫން" ލިޔެފައިވާ ބެނާތައް ހިފައިގެންނެވެ. އޭގެ އިތުރުން އަޅުވެތިކަމާ ދެކޮޅަށް ތިބުމަށް އަޑު އުފުލަމުން ދިޔަ އެވެ.

ޔޫކްރެއިންގެ ދާހިލީ ހަމަނުޖެހުމަށް އަށް އަހަރު ވެފައި ވާއިރު، އެ ގައުމުގެ އިރުމަތީ ހިސާބުތައް ކޮންޓްރޯލް ކުރަނީ ރަޝިއާގެ ތާއީދާއެކު އުޅޭ ގްރޫޕުތަކެވެ.

ދާހިލީ ހަމަނުޖެހުމުގައި 14،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ރަޝިއާއިން ތައްޔާރުވަމުން ދަނީ ޔޫކްރެއިންގެ ފަސްގަނޑަށް އަރައި، ސަރުކާރު ބަދަލު ކުރުމަށެވެ.

ޔޫކްރެއިންއާ ގުޅޭ ބޯޑަރު ކައިރިއަށް ރަޝިއާގެ 100،000 ސިފައިން ޖަމާވެފައިވި ނަމަވެސް، ޔޫކްރެއިނަށް އަރަން ނޫޅޭ ކަމަށް ރަޝިއާއިން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

އެމެރިކާއިން އިންޒާރުދޭ ގޮތުގައި ރަޝިއާއިން އޮތީ ކޮންމެ ވަގުތަކު ވެސް ޔޫކްރެއިނަށް އަރަން ތައްޔާރަށެވެ. އެހެންވެ، ޔޫކްރެއިންގައި ތިބި އެމެރިކާ ރައްޔިތުން އެ ގައުމުން ފޭބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޔޫކްރެއިން ސަރުކާރުން ތައްޔާރުވެފައި ވަނީ ރަޝިއާއިން ހަމަލާދީފި ނަމަ ވެރިރަށް ކިޔެވްގެ ތިން މިލިއަން ރައްޔިތުން އެހެން ތަނަކަށް ބަދަލު ކުރުމަށެވެ. އެކަމަށް ހާއްސަ އިވެކުއޭޝަން ޕްލޭނެއް ވަނީ ހަދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox