11 އެވޯޑެއް ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި

ޒުވާނެއް ރިސޯޓެއްގެ މަސައްކަތުގައި: ދިވެހި މުވައްޒަރުންނަށް އިސްކަންދޭ ފަރާތަތަކަށް ވެސް އެވޯޑު ދޭނެ-- ފޮޓޯ/ ފޯ ސީޒަން

ޒުވާނެއް ރިސޯޓެއްގެ މަސައްކަތުގައި: ދިވެހި މުވައްޒަރުންނަށް އިސްކަންދޭ ފަރާތަތަކަށް ވެސް އެވޯޑު ދޭނެ-- ފޮޓޯ/ ފޯ ސީޒަން

މި އަހަރުން ފެށިގެން 11 އެވޯޑެއް ދޭން ނިންމާ އެ އެވޯޑުތައް ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ޓޫރިޒަމް ރަން އަހަރު ފާހަގަ ކުރުމުގެ ގޮތުން ދޭން ފާށާ މި އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި އުފެއްދުންތައް ކުރިއެރުވުމާއި ދިވެހިންނަށް ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ދޭ އެވޯޑު ތަކެކެވެ.

  • މުވައްޒަފުންނަށް ކަންތައްތައް ފަހިކޮށް ދިނުމުން ދޭ ހަތަރު އެވޯޑު
  • ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ ތިން އެވޯޑު
  • ދިވެހިންނަށް ވަޒީފާ ފަހިކޮށް ދިނުމުން ދޭ އެވޯޑު
  • މީހުން ބިނާކުރުމަށް ބާރު އެޅުމަށް ދޭ އެވޯޑު
  • އަންހެނުންނަށް ވަޒީފާ ފަހިކޮށް ދިނުމުން ދޭ އެވޯޑު
  • ދިވެހި އުފެެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ދޭ އެވޯޑު

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރިސޯޓް، ހޮޓާ، ގެސްޓް ހައުސް އަދި ޓޫރިސްޓު އުޅަނދު ފަހަރަަށް މި އެވޯޑު ތަކަށް ކުރިމަތި ލެވޭނެ އެވެ. މި އެވޯޑު ތަކަށް ކުރިމަތި ލާން ޖެހެނީ އެކަމަށް ޝަގުވެރިވާ ފަރާތްތަކުން އަމިއްލަ އަށެެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި އެވޯޑްތަ ދެމުން ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެވޯޑު ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ ޖޫން މަހު އެވެ.

މި އެވޯޑުތައް ތައާރަފު ކުރުމަކީ ރާއްޖޭގައި ޓޫރިޒަމް ފެށުނުތާ 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަންތައް ތަކުގެ ތެރެއިން އެއް ކަންތަކެވެ. ޓޫރިޒަމް އަހަރު ފާހަގަ ކުރަން ބޭނުންވާ ސިޓީ ތަކާއި އަތޮޅުތަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Newsletter

Get the latest news delivered straight to your inbox