ކަހަފް ސޫރަތުގެ އަލިކަން ހޯދައިގަތުން

ކަހަފް ސޫރަތުގެ އަލިކަން ހޯދައިގަތުން

ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަ ހަދީސް ބަސްފުޅުތަކުގައި ވާރިދުވެފައި ވެ އެވެ. މީގެ ތެރެއިން ބައެއް ބަސްފުޅުތަކަށް ނަޒަރުކުރާއިރު، އެއްގޮތްކަމަކަށް ފާހަގަވާ އެއް ކަމަކީ، ކަހަފް ސޫރަތް ކިޔަވާ މީހާއަށް ނޫރެއްގެ އަލިކަން ލިބުމުގެ ވާހަކަ އެވެ. ކަހަފް ސޫރަތުގައިވާ މި ނޫރާނީ އައްޔަކީ ކޮބައިތޯ އަދި އެއަލި ހޯދައިގަނެވޭނެ ގޮތަކީ ކޮބައިތޯ ވިސްނާ ފިކުރުކޮށްލުން މުހިންމު ވަނީ އެހެންވެގެންނެވެ.

ކޮންމެ ހުކުރު ދުވަހެއްގައި ކަހަފް ސޫރަތް ކިޔެވުމަކީ ސުންނަތެއްކަން އެންމެންނަށް އެނގެ އެވެ. އެކަމަކު އެއީ ކީއްވެތޯ ވިސްނާލުމަކީ އޮންނަންވީ ކަމެކެވެ. ކަހަފް ސޫރަތް ކޮންމެ ހުކުރު ދުވަހެއްގައި ކިޔެވުން އިސްލާމީ ގިނަ އާއިލާތަކާއި މުޖުތަމައުތަކުގައި ސަގާފަތެއްކަމުގައި ހަދާފައިވާއިރު، ކަހަފް ސޫރަތުގެ ހަގީގީ އަލިން ސަގާފަތާއި އާދަކާދަ ދިއްލިފައިވާ މިންވަރަށް ބުއްދިކުރުމަކީ މުހިންމުކަމެއްކަމުގައި ދެކެމެވެ.

ކަހަފް ސޫރަތުގައި ތަފުސީލުކޮށް ބަޔާންކޮށްދޭ އެއް ވާހަކައަކީ ކަހުފު ބާގައިގެ މީހުންގެ ވާހަކަ އެވެ. އެވާހަކައަކީ، އީމާންކަމުގެ ވާހަކަ އެވެ. ތެދުވެރި މުއުމިނުންގެ ވާހަކަ އެވެ. ﷲ އަށް އީމާންނުވާ ކާފަރު ގައުމެއްގައި އުޅުނު މުއުމިނުންގެ މަދު މީސްކޮޅެއް، އެބައިމީހުންގެ ދީނާހެދި އެބައިމީހުންގެ ނަފުސުތަކަށް ބިރުވެތިކަން އޮތްކަމުގެ އިހްސާސްވީހިނދު، އެގައުމު ދޫކޮށްދިޔަ ގޮތުގެ ވާހަކަ އެވެ. އެބައިމީހުން ފަރުބަދައެއްގެ ހޮހޮޅައަށް ވަތްހިނދު، މާތް ﷲ އެބައިމީހުންގެ މައްޗަށް ދިގުމުއްދަތެއްގެ ނިންޖެއް ލެއްވި އެވެ. އަދި އެބައިމީހުންގެ ގައުމުގެ އަނިޔާވެރިންގެ ކިބައިން އެބައިމީހުން ރައްކާތެރިކޮށްދެއްވި އެވެ. އެތައް ޒަމާނަކަށްފަހު އެނިދިން އެބައިމީހުން ހޭލެވޭ ގޮތް މެދުވެރިކުރައްވައި ދުނިޔޭގައި އަމާންކަމާއެކު އުޅުމުގެ ފުރުސަތު އެބައިމީހުންނަށް ދެއްވި އެވެ.

މުއުމިނުންގެ އީމާންކަން ހުންނާންވީ ގޮތުގެ މިސާލާއި، މުއުމިނުން އެބައިމީހުންނަށް ދިމާވާ ކިތަންމެ ބޮޑު ކަމެއްގައިވެސް މާތް ﷲ އަށް ޑިޕެންޑްވާންވީ ގޮތުގެ ލާމަސީލު މިސާލު އެވާހަކައިން ދަސްކޮށްދެ އެވެ. މުއުމިނުން ތިބެންވީ ހައްގު ގޮތުގައި ކިތަންމެ މަދު ބަޔަކު ތިއްބަސް އެބަޔަކާއެކު ބަދަހިކަން މަތީގައިކަން މިވާހަކައިން ކޮންމެ ހަފުތާއަކު ހަނދާންކުރަންވާނެ އެވެ.

ދެން ކަހަފް ސޫރަތުގެ 28 ވަނަ އާޔަތް ވިދާޅުވާށެވެ. "އަދި އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހަފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު ދުއާކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ ނަފުސު ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލުކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!"

ކަހަފް ސޫރަތުގައި ބަޔާންކޮށްދެއްވައި ދެވަނަ ވާހަކައިގައި ހަނދާންކޮށްދެނީ ތަނަވަސްކަމާއި މުދާވެރިކަން ލިބުމުން ބޮޑާވެ ނުގަތުމަށެވެ. އަބަދުވެސް ޝުކުރުވެރިވުމަށެވެ. މާތް ﷲ އަށް އުރެދިނުގަތުމަށެވެ. ކަހަފް ސޫރަތުގެ 32 ވަނަ އާޔަތުން ފެށިގެން 43 ވަނަ އާޔަތުގެ ނިޔަލަށް ދެމީހެއްގެ ދެމެދުގައި ހިނގާ ޖަދަލެއްގެ ގޮތުގައި ގެނެސްދެއްވާފައިވާ އެވާހަކައިގެ ހުލާސާއަކީ ތަނަވަސްކަން ދެއްވި މީހާ އޭނާގެ ތަނަވަސްކަމާއި މެދު ބޮޑާވެގަނެ، ދުވަހަކު ވެސް ގިޔާމަތް މަހުޝަރު ނުވާނެކަމަށް ބަލައި ބޮޑާކަން ދައްކައިގަތުމުގެ ނަތީޖާ އެވެ. އޭނާއަށް ދެއްވާފައި އޮތް މުދާވެރިކަމަކީ، ބަގީޗާތަކާއި ދަނޑުފަނގުތަކުން މުއްސަނދިކުރެވިފައިވާ މާސިންގާ ބިންތަކެވެ. ގުދުރަތީ ނިޒާމަކުން އެދަނޑުތަކަށް ފެންލިބިދެވޭނެ ގޮތުގެ މަތީން ދެމިގެންވާ ކޯރެއް އެތަންތަނުގެ މެދުން ލެއްވިފައިވާ ގޮތުގަ އެވެ. އެތަނުގެ މޭވާޔަކުން ގޮވާމަކުން ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް އެއްވެސް އުނިކަމެއް މަދުވުމެއް ނާންނަ ކަމުގައިވި އެވެ. އެތަނަވަސްކަމާއި މުދާވެރިކަމަކީ ﷲ ވޮޑިގެންވާކަމާމެދު ޝައްކު ކުރުމަށް އޮތް ސަބަބެއްކަމުގައި އޭނާ ހެދި އެވެ. އެކަމަކު އޭނާ ބޮޑާވެގަތްހިނދު އެމުދާވެރިކަމަށް ނިމުން އައެވެ. އާދޭހެވެ. އަބަދުވެސް ހަނދާންކުރުމަށެވެ. ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ކަލަކު ކަމުގައި ވޮޑިގެންވަނީ ގަދަކީރިތިވަންތަ މާތް ﷲ އެވެ.

ކަހަފް ސޫރަތް ކިޔައިދޭ ތިންވަނަ ވާހަކައަކީ، މޫސާގެފާނާއި ޚަޟަރުގެފާނާ ދެމެދު ހިނގާދިޔަ ހާދިސާތަކެވެ. މޫސާގެފާނު އިމްތިހާނުކުރެއްވުނު ހާދިސާ އެވެ. އޭގެ ދެކަލުން އެކުގައި ދަތުރުކުރެއްވުމުގައި ޚަޟަރުގެފާނު ކުރެއްވި ކޮންމެ ކަމަކަށް މޫސާގެފާނު ގޮތް ނިންމަވަމުން ގެންދެވީ މޫސާގެފާނުގެ އިލްމާއި ފެނުމުގެ މައްޗަށެވެ. އެކަމަކު ޚަޟަރު ޢަލައިހިއްސަލާމް ކުރެއްވި ކަންކަމުގެ ހިކުމަތްތަކާއި ސަބަބުތައް ފަހުން މޫސާގެފާނަށް ބަޔާންކޮށްދެއްވަ އެވެ. އިންސާނުންގެ އިލްމަކީ މިންކަނޑައެޅިފައިވާ އުނި އެއްޗެކެވެ. މާތް ﷲ ގެ ތަނަވަސް ހިކުމަތަކީ އަހަރެމެންގެ މަހުދޫދުކުރެވިފައިވާ އިލްމުގެ އަލީގައި ދެނެގަނެވޭނެ އެއްޗެއް ނޫންކަން މި ހާދިސާއިން ދަސްކޮށްދެ އެވެ.

ދާދި އިހަށް ދުވަހު ފުންވަޅެއްގެ ތެރޭގައި ތާށިވި ކުޑަކުއްޖާގެ ހާދިސާއާމެދު އިންސާނާ ސުވާލުކުރެ އެވެ. އެކަމުގައި ފޮރުވިފައިވާ ހިކުމަތަކީ ކޮބައިތޯ އެވެ. ޖަވާބަކީ އިންސާނާގެ މަހުދޫދުކުރެވި މިނާއި އިން ކަނޑައެޅިފައިވާ އިންސާނީ އިލްމުން މާތް ﷲ ގެ މިނެއް ނެތް އިމެއް ނެތް އިލްމުފުޅާއި ހިކުމަތުގެ ތެރެއިން މަދު މިންވަރެއް ނޫނީ ދެނެ ނުގަނެވޭނޭ ބުނުމެވެ. އަގީދާގެ ކޮންފަދަ މަތިވެރި ފިލާވަޅެއްތޯ އެވެ؟ އެހެންނާ ޚަޟަރުގެފާނުގެ އަމަލުފުޅުތަކުގެ ބޭރުފުށުން ފެނުނީ ރަނގަޅު ކަންތައްތަކެއް ނޫނެވެ. އެކަމަކު އެ އަމަލުފުޅުތަކުގައި ފޮރުވިފައިވާ ހިކުމަތްތައް އެނގޭހިނދު، އެޔަށްވުރެ ވަކި ރަނގަޅު އެހެން ކަންތައްތަކެއް ނެތެއްނޫންތޯ އެވެ.

ހަތަރުވަނަ ވާހަކައަކީ ޒުލްގަރްނައިނިގެ ވާހަކައެވެ. އެއީ މަތިވެރި ރަސްކަލެކެވެ. މުޅި ދުނިޔެއަށް ދަތުރުކުރައްވައި މުޅި ދުނިޔޭގައި ހެޔޮކަން ފެތުރުއްވި ރަސްކަލަކެވެ. މީސްތަކުންގެ ދަތިތައް ފިއްލަވައިދެއްވި ނުރައްކާތަކުން ދުނިޔެ މިންޖުކޮށްދެއްވި ރަސްކަލެކެވެ. ލިބޭ ބާރަކީ މާތް ﷲ ގެ ހަޒުރަތުން ލިބޭ ހަދިޔާއެއްކަން ގަބޫލުކުރަންވީ ގޮތާއި ބާރުގެ ބޭނުންކުރަންވާނީ ހެޔޮކަން ފަތުރައި ނުބައިކަންކަމާއި ދެކޮޅަށްކަން ދަސްކޮށްދިނުމުގެ ފިލާވަޅެކެވެ.

ކަހަފް ސޫރަތް ކިޔެވުމުން ލިބޭ އަލިކަމަކީ، ދެތުންފަތުން ކުރާ ހަރަކާތްތަކެއްގެ މައްޗަށް ލިބިގަނެވިދާނޭ ނޫރެއްކަމުގައި އަހުރެންނަކަށް ނުފެނެ އެވެ. އެކަމަކު ކަހަފް ސޫރަތް ކިޔުމުން ލިބޭނޭ ނޫރުކަމުގައި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވާ ނޫރުން އަހަރެމެންގެ ހަޔާތަށް އަލިކަން އެޅިގެންދާނީ، ކޮންމެ ހުކުރު ދުވަހެއްގައި އެސޫރަތުގައި އައިސްފައިވާ ދަރުސްތަކަށް ނަޒަރުކޮށް އިބުރަތްތައް ބަލައި މުރާޖައާކުރުމުންނެވެ. ކިޔެވުމަކީ އެއީ އެވެ. ކިޔެވުމަކީ ދެތުންފަތުގެ ހަރަކާތެއް ނޫނެވެ. ކިޔެވުމަކީ މުޅި ހަށިގަނޑުން ކުރާންޖެހޭ ހަރަކާތްތަކެކެވެ.

މުޙައްމަދު ސޫރަތުގެ 24 ވަނަ އާޔަތުގައި މާތް ﷲ އަންގަވަ އެވެ. "ފަހެ، ގުރުއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީ ހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟"

އީމާންކަމަކީ ﷲ އަށް ވަކީލުކުރުމުގެ މައްޗަށް އޮންނާންވީ ކަމެކެވެ. ހައްގު ގޮތުގައި މާތް ﷲ އަށް ޑިޕެންޑްވެއްޖެ ނަމަ އެކަލާނގެ ނަސްރާއި ކާމިޔާބުދެއްވާނެ އެވެ. ތަނަވަސްކަމާއި މުދާވެރިކަން ލިބުމުން އީމާންކަމާމެދު ހިތުގައި ޝައްކު ހިނގާނެ އެވެ. އެކަމަކު އެޝައްކަށް ދީލައިލައި ބޮޑާވެރިކަން އިހުތިޔާރުކޮށްފުމުން ދުނިޔޭގެ އިމްތިހާނުން މީހާ ފެއިލްވީ އެވެ. އިންސާނީ ބާރުވެރިކަން ބޭނުންކުރަންވާނީ ހެޔޮ ކަންކަމަށް ބާރުދިނުމަށެވެ. ނުބައިތަކުން ދުނިޔެ ސަލާމަތްކުރުމަށެވެ. ކޮންމެ ހުކުރު ދުވަހެއްގައި ސިކުނޑިއަށް ލައިދޭންޖެހޭ ކޮންފަދަ މަތިވެރި ފިލާވަޅުތަކެއްތޯ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox