އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ޝާހިދު، ފައްޔާޒް އަދި އަމްރު ވާދަކުރައްވަނީ

އެސްޓީއޯގެ އެމްޑީ އަމްރު (ކ)، ފޮރިން މިނިސްޓަރު ޝާހިދު (މ) އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު. -- ފޮޓޯ: އަދަދު

އެސްޓީއޯގެ އެމްޑީ އަމްރު (ކ)، ފޮރިން މިނިސްޓަރު ޝާހިދު (މ) އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު. -- ފޮޓޯ: އަދަދު

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވާދަ ކުރައްވަން ނިންމަވައިފި އެވެ.

ފެބްރުއަރީ 11، 2017 ގައި އެ މަގާމަށް އިންތިހާބުކުރި ހަސަން ލަތީފްގެ ދައުރު މިއަދު ހަމަވާނެ އެވެ. އޭނާއަކީ އެމްޑީޕީގެ ފަސްވަނަ ޗެއާޕާސަން އެވެ.

މިހާތަނަށް އެ މަގާމަށް ވާދަކުރުމުގެ ޝައުގުވެރިކަން އާންމުކޮށް ފާޅުކުރެއްވީ އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު އެކަންޏެވެ. އޭނާ ވަނީ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވާދަކުރާނެކަން މިނޫހަށް ކަށަވަރު ކޮށްދީފަ އެވެ. އަމްރުއަކީ މިވަގުތު އެމްޑީޕީ ގައުމީ މަޖިލީހުގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސް އެވެ.

އަމްރުގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވާދަ ކުރައްވާކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާކަން ޔަގީންކޮށްދެއްވުމަށްފަހު އަމްރު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަގާމަށް ކުރިމަތިލެއްވީ ޕާޓީއަށް ގެންނަންޖެހޭ ބަދަލުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

"އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ ރައީސް އާއި ކެމްޕޭން ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް އަޅުގަނޑަށް ވަނީ ކުރެވިފައި. ކުރިމަތި މިލަނީ ޕާޓީއަށް ގެންނަން ޖެހޭ ބަދަލުތައް ވަރަށް ރަނގަޅަށް އެނގޭތީ،" ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން "އަދަދު" އަށް ކަށަވަރު ކޮށްދެއްވަމުން އަމްރު ވިދާޅުވި އެވެ.

މިރޭ 08:30 ގައި ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ގޮތެއް ނިންމާނެ އެވެ. ޗެއާޕާސަންއެއްގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox