ކޮލަމް: އެ އަޅުވަނީ އަނދުނެއްކަން ވެސް އެނގޭމެ އެވެ.

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އިންތިޚާބެއް ބޯމަތިވެގެން އަންނަ ކޮންމެ ހިނދެއްގައިވެސް، އެކި ކުލަކުލައިގެ ޕޯޑިއަމްތައް ދޮށުގައި އަހަރެމެންގެ "ލީޑަރުން" ގޮވާ ގޮވެލި އަހަރެމެން އަޑުއަހަނީ، އޭގެ ތެރެއިން ގިނަ ވާހަކަތަކަކީ ހޮޅި ވާހަކަ ކަން ހަމަ ދެނެތިބެ އެވެ. މަޢުލޫމާތުގެ ރަން ޒަމާނަށް ފޫޅުކަނޑާފައި ތިބި ދިވެހިންގެ ވޯޓުލާ އާބާދީއަކީ ތަންދޮރު ނުދަންނަ ގަމާރުންނެއް ނޫނެވެ. ޙަޤީޤަތަކީ މިއީ ކަމުގައިވިޔަސް، ތިމާ ތާއީދުކުރާ ސިޔާސީ "ކުލަބު" ގެ މެމްބަރެއް ޕޯޑިއަމެއް ދޮށަށް ހުއްޓި ކޮސް ގޮވިޔަސް، އެ ގޮވެއްޔަށް ސާބަސްދީ އަތްޖަހަން އަހަރެމެން މި ތިބެނީ ކަހާތަން ހިރުވައިވެސް ނުލަ އެވެ. އެންމެ ސުވާލެކެވެ. ރޯމާ ދުވާލު ފެންނަ ޙަޤީޤަތްތައް ނުފެންނަ ކަމަށް ހަދައިގެން ތިބެން، ހަމަ އަހަރެމެން އަމިއްލަ ބާރުގައި އިޚުތިޔާރުކުރަނީ ހެއްޔެވެ؟

އެހެން ސުވާލެކެވެ. ސިޔާސީ ލީޑަރުން ދޮގު ވާހަކަ ދައްކަން ޖެހިލުން ނުވަނީ ކީއްވެގެން ހެއްޔެވެ؟ އަޑުގަދަ މީހާގެ ރުށް ގިނަވާ އުޞޫލަށް އަހަރެމެން ތަބާވާތީ އެވެ. އަޑުހަރުކޮށް، އިތުބާރާއެކު ދޮގު ވާހަކަ ދައްކަން މީހުން ޖެހިލުން ނުވާ ހިނދު، މީހަކު އެހާ ފާޅުގައި އެހާ އިތުބާރާއެކު ދޮގެއް ހަދާފާނޭ ކަމަށް ތިމާއަށްވެސް ޤަބޫލުކުރަން ދަތިވާތީ އެވެ. މޮޅެތި މަރުކާގެ ސޫޓްތަކާއި ހެދުންތަކުގެ ނިވަލުގައި ފަލީހަތްވެފައިވާ ދިރިއުޅުންތައް ފޮރުވައިގެން އުޅޭ ސިޔާސީ ލީޑަރުންނަށް ޢިއްޒަތްތެރިންގެ ލަޤަބު ދީގެން މި ގެންގުޅެނީ ޚުދު އަހަރެމެން؛ ވޯޓުލާ މީހުންނެވެ. މޮނިކާ ލުވިންސްކީ އާ ބޭއަދަބީ ގުޅުމެއް ބޭއްވީތީ ބިލް ކްލިންޓަންގެ ސިޔާސީ ކެރިއަރ ހަލާކުވެ، އޭނާގެ އަނބިކަނބަލުން ހިލަރީ ކްލިންޓަންގެ ސިޔާސީ ކެރިއަރަށް ހިޔަނި އެޅުނު އިރު، ދިވެހި ސިޔާސީ ލީޑަރުންގެ ޢަބުރު ނަގާލައި، ފަސްބައި ކިލަނބު ކޮށްލާ ކޮންމެ ބޭއަދަބީ ވާހަކައަކީ، އެމީހުންގެ ސިޔާސީ ޙަޔާތުގައި ޖަހާ އިތުރު މެޑައްޔަކަށް ހަދަނީ ޚުދު އަހަރެމެންނެވެ. އިތުބާރު ގެއްލިފައި ތިބޭ އެފަދަ އެތައް ބަޔަކަށް އަހަރެމެންގެ ދިރިއުޅުމުގެ މަގުޗާޓު ކުރަހާނޭ ފުރުޞަތު މި ދެނީ، އެމީހުންގެ އެފަދަ ޤާބިލިއްޔަތު ނެތްކަމާއި، އެމީހުންނަކީ އަމިއްލަ މަންފާ އިސްކުރާ ބައެއްކަން ހަމަ ދެނެތިބެގެންނެވެ. ސިޔާސީ ލީޑަރުން އަހަރަމެންގެ މި ބަލިފައި ދަނެ އެވެ. ދިވެހިން އަދިވެސް އަޑުއަހާނީ އަޑުގަދަ މީހާގެ ބަސްކަން ދަނެ އެވެ. އަހަރެމެންނަކީ ނުފޫޒުގެ ކުރިމަތީ ޙަޤީޤަތަށް ފުރުޞަތު ދޭ ބައެއް ނޫންކަން އެވެރިން ދަނެ އެވެ.

އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ހަކުރު ދިނިއްޔާ ބޮޑުބޭބެ އެވެ. ފްލެޓް ދިނިއްޔާ އޭނާ ރަނގަޅެވެ. ގޯތި ދޭ ސަރުކާރަކަށް ވޯޓު ދޭނަމެވެ. ޚިޔާލާތާއި ފިކުރަކީ އަހަރެމެން އަގުކުރަން ދަންނަ ކަމެއް ނޫނެވެ. މި ކުޑަ ކުޑަ، ޅަ ދިވެހި ޑިމޮކްރަސީއަށް ސިޔާސީ ޕާޓީތައް ތަޢާރަފުވެގެންދިޔައިރު، ކޮންމެ ޕާޓީއެއްގެވެސް ބިންގާކަމުގައިވެފައި އޮތީ ވަކި ޚިޔާލާތުތަކަކާއި ފިކުރުތަކެކެވެ. އޭރު، އެއް ޕާޓީއަކުން އެ ނަގަހައްޓާ ފިކުރަށް، ވަކި މިވެނި ސިޔާސީ ލީޑަރެއް ދުވަހަކުވެސް ތާއީދު ނުކުރާނެކަން އަހަރެމެން ދެނެތިބީމެވެ. އެ ވާހަކަތައް ޔަޤީންކަމާއެކު ދައްކަމުން ދިޔައީމެވެ. އެހެންނަމަވެސް މިހާރު، ދިވެހި ސިޔާސީ ލީޑަރުންގެ ތެރެއިން ވަކި ފިކުރަކަށް އިޚުލާސްތެރި ލީޑަރެއް ފެނުމަކީ ނާދިރު ކަމެކެވެ. ފްލޯ ކްރޮސިން ޢާއްމުވެ، ތިމާ ޕާޓީއަކަށް ސޮއިކުރާ ސަބަބަކީ، އެ އިރެއްގައި ވައި ޖެހޭ ކޮޅަކަށް އެރުންކަމުގައިވަނީ ވެފަ އެވެ. އަރުޝީފުތައް ހުޅުވާލައި ޢާއްމުކޮށްލަން ޖެހިލުން ނުވާ މީހަކަށް، އިއްޔެ އެކަކު އަނެކަކަށް ބާޣީންގެ ލަޤަބު ދިން މީހުން، މިއަދު އެއްގަލަކަށް އަރާ ނުފޫޒުގެ ލަގަނުން އަތްދޫނުކޮށް ތިބޭތޯ މަސައްކަތްކުރަނީ އެއްބަފާ އަޚުން ފަދައިންނެވެ. "ވަޔަށް، ފަޒާއަށް ޖެހި ބަޑިއެއް" ނުވަތަ "ބޮލުގައި ޖެއްސި" ބަޑިއެއްވެސް މިއަދަކު ނެތެވެ. ދިވެހިންގެ ފަހުގެ ސިޔާސީ ތާރީޚު ކަރުދާހަށް ތިލަނުކުރެވިގެން އުޅެނިކޮށް އޮޅުން ބޮޅުންވެފައިވާއިރު، ޙަޤީޤަތް ވަނީ މި ޖީލުގެ "ސްކެޕްޓިކުންގެ" ބަނޑުގައި ފޮރުވިފައެވެ. ވަރިހަމަވުމުގެ ޘަޤާފަތުގެ ތެރޭ ވަޅުޖެހިފަ އެވެ.

އަދިވެސް ފުރާވަރަށް ނާޅަނީ އެވެ. އަހަންނެއް ނޫނެވެ. ދިވެހި ޑިމޮކްރަސީ އެވެ. މިނިވަން ޚިޔާލެވެ. ފަރުދީ އަދި ޖަމަޢީ މިނިވަންކަމެވެ. އަދިވެސް މި ބަހާތަކަށް އަހަރެމެން ފަރިތައެއް ނުވެ އެވެ. އަދިވެސް މި "ނަން" ތައް މާނަކުރެވެނީ ރަސްމަތިފުށު ރަދީފަކުންނެވެ. މިނިވަންކަން މިނަނީ ޚުދުމުޚުތާރު ނާޅިއަކުންނެވެ. ފަރުދުން ބޭނުންވަނީ ތަބާ ވާނޭ ވެރިއެކެވެ. ޚިދުމަތްތެރިއެއް ނޫނެވެ. އޭނާއަކީ ރައްޔިތުން ހަވާލުކުރާ ވަޒީފާއެއް އަދާކުރާ މީހެއްގެ ގޮތުގައި ބަލައިގަނެ، އޭނާއަކީވެސް ހަމަ ތިމާ ފަދަ މީހެއްކަމަށް ދެކެން، އަހަރެމެންނަށް އަދިވެސް ދަތިވަނީ އެވެ. ވާނީވެސް އެހެންތާ އެވެ. ޖެހިލުންވުމުގެ ފަރުދާ ކަޝްފުކޮށް ނިކުންނަ ބަޠަލުންގެ ވަސްވެސް ދުނިޔެއިން ފުހެލާތަން އަދިވެސް އެބަ ފެނޭ ވިއްޔާ އެވެ.

ވެދާނެ އެވެ. މިއީ ހަމައެކަނި އަހަރެން ދެކޭގޮތް ކަމުގައިވެދާނެ އެވެ. އަހަރެންނަށް ސިޔާސީ މައިދާން އެންމެ ހެޔޮގޮތުގައި ފަހުމު ނުވަނީކަމަށްވެސް ވެދާނެ އެވެ. ފައިސާ އާއި ނުފޫޒުގެ އަގީދާ އަހަރެންނާ އެހާ ދޯޅު ނޫނީކަމަށްވެސް ވެދާނެ އެވެ. އެހެންނަމަވެސް އަހަރެން ލޯބިވާ މި ދިވެހިރާއްޖޭގައި މި މޭރުމުން ވިސްނާ ދެވަނަ މީހަކު ނުވާނެކަމަށް އަހަރެން ޤަބޫލުކުރާ ހިތެއް ނެތެވެ. ޤަބޫލުކުރާ ހިތް އޮތީ، މި ރާސްތާ ބަދަލުކުރެވިދާނެކަމަށެވެ. މިއަށްވުރެ، އަހަންނަށްވެސް އިތުބާރުކުރަން ފަސޭހަ ނިޒާމެއް ތަޖުރިބާކޮށްލުމުގެ ނަޞީބު އަދި ދިރިހުއްޓާ ލިބޭނޭކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox