އިންޑިއާގެ ޑިޕްލޮމެޓުންނަށް ގޯނާކުރިކަން ސަމާލު ކަމަށް އައި: ސީޕީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސީޕީ މުހައްމަދު ހަމީދު 241 ކޮޮމިޓީގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސީޕީ މުހައްމަދު ހަމީދު 241 ކޮޮމިޓީގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

"އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ނަފުރަތު އުފެދިގެން ބައެއް ކަހަލަ ކަންތައްތައް ހިނގާފައި އެބަހުރި ކަމަށާއި އިންޑިއާގެ ޑިޕްލޮމެޓުންނަށް ގޯނާ ކުރިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައި އެބަހުރި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަމީދު ވިދާޅުވީ އިންޑިއާގެ ޑިފެންސް އެޓޭޗް އަށް އެކި ގޯނާ ކުރިމަތިވި ކަމަށެވެ. އެއީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައި އެބަހުރި އިންޑިއާގެ ޑިޕްލޮމެޓިކް އޮފިޝަލުންނަށް ދީފައި ހުރި އެކިއެކި ކަހަލަ ގޯނާތައް. ޑިފެންސް އެޓޭޗް ދުއްވާ ބައިސްކަލުގެ ފުރޮޅު ފަޅާލާފައި ހުރެދާނެ. ޑިފެންސް އެޓޭޗްގެ ގޭގެ ފާރުގައި ހަރުކޮށްފައި ހުންނަ އެއްޗެއް ފޮޓޯ ނަގާފައި ސޯޝަލް މީޑިއާއަށް ލާފައި ހުރެދާނެ. މިއީ ހަގީގަތުގައި އެ ކަންބޮޑުވުން އަޅުގަނޑުމެންގެ ވެސް އޮތް ކަންތައްތައް،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންކަމާ ގުޅިގެން، ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ޓަކައި ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.

އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ ރާއްޖޭގައި އުޅޭ އިންޑިއާ މީހަކަށް ގޯނާއެއް ކޮށްގެން ފުލުހުން އެކަން ތަހުގީގުކުރަމުންދޭތޯ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ސުވާލު ކުރެއްވުމުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ހަމީދު ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް ގޯނާކުރި އެހެން ދެ މައްސަލައެއް ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ށ. ފުނަދޫ އާއި އައްޑޫ ސިޓީގައި ހިނގި ކަންތައްތަކެކެވެ.

ފުލުހުންނަކީ ހަމަ އެކަނި ކަމެއް ހިނގުމުން ތަހުގީގުކުރާ ބައެއް ނޫން ކަމަށާއި ކުށެއް ކޮށްފާނެ ކަމުގެ ބިރުވެރިކަން އުފެދިއްޖެ ނަމަ އެކަމެއް ވެސް ބަލާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. ރާއްޖޭގައި އޮތް އެފަދަ އެންމެ ބޮޑު މައްސަލައަކީ އޭނާ ވިދާޅުވި ގޮތުގައި ނަފްރަތު އުފެއްދުމެވެ.

"ނަފުރަތުގެ ކަންކަން ފަތުރަމުން އައިސް އަޅުގަނޑުމެނަށް އެބަހުރި އޭގެ ނަތީޖާ ވަރަށް ހިތިކޮށް ފެނިފައި. އެ ހެޔޮ އައިޑިއޮލޮޖީއާ ގުޅުވައިގެން ކަމަށް ވިޔަސް. އެކި ވިސްނުމެއް ކުރިއަށް ނެރުން ކަމަށް ވިޔަސް އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކޮޮންޓްރޯލް ނުކުރެވޭ ވަރަށް މިކަންކަން ފުޅާވެ، މުޖުތަމައުގެ ތެރެއަށް ފެތުރިގެން ދިޔައިމާ އޭގެ ނުރައްކާ އެއީ ވަރަށް ބޮޑުތަނުން ބޮޑުވެގެން އައުން އެކަށީގެންވާ ކަންތައްތައް،" ސީޕީ ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ފުޅާ ދާއިރާއެއްގައި ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެމްބަރުން އިއްޔެ މަޝްވަރާ ކުރެއްވި އެވެ.

އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ އެމަނިކުފާނު އެ މައްސަލަ ހުށަހެޅުއްވީ އެ ކެމްޕޭނުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުންތަކެއް އޮވެދާނެތީ އެއީ ކޮންކަހަލަ ގެއްލުންތަކެއްތޯ ބައްލަވަން އެދިވަޑައިގަންނަވާތީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ބޭނުންތެރި ކަމެކެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.

ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް ނޮވެމްބަރު 30، 2021 ގައި ބާތިލް ކުރުމާއެކު އެންމެ ފުރަތަމަ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ގެ ޒިންމާ ނަންގަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox