ދޫނި މެރި މައްސަލައިގެ ރިޕޯޓެއް ހުށަހަޅަން މިނިސްޓްރީއަށް، ރައީސް އަންގަވައިފި

މަރާލި ދޫނިތައް: މި ދޫނިތަކުގެ ތެރޭގައި ނެތި ދާނެ ކަމުގެ ބިރު ބޮޑު ދޫނިތައް ހިމެނޭ. --

މަރާލި ދޫނިތައް: މި ދޫނިތަކުގެ ތެރޭގައި ނެތި ދާނެ ކަމުގެ ބިރު ބޮޑު ދޫނިތައް ހިމެނޭ. --

އެތެރެކުރުން މަނާ ދޫނިތަކެއް މަރާލި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓެއް ހަދާ ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ 120 ދޫނި، އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން މަރާލާފައިވާއިރު ގިނަ ބަޔަކު ދަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ވެސް ހިމެނެ އެވެ.

ރައީސް އޮފީހުން ބުނީ ގަވައިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލުމުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ރިޕޯޓެއް ހުށަހެޅުމަށް މިނިސްޓްރީއަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ "ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދު" ބުނާ ގޮތުން އެ ގަވާއިދާ ހިލާފަށް އެތެރެކުރާ ދޫނިތައް ކޮންފިސްކޭޓްކޮށް ނައްތާލުމުގެ ބާރު ފިޝަރީޒް މިނިސްޓްރީ ދަށުން އޮންނަ ޕްލާންޓު އެންޑް ކަރަންޓީން ސާވިސަސްއަށް ލިބެ އެވެ.

އެ މައްސަލާގައި މިނިސްޓްރީން ބުނެފައި ވަނީ ދޫނިތައް އެކްސްޕޯޓު ކުރި ފަރާތަށް އަނބުރާ އައި ގައުމަށް ފޮނުވާލަން (ރީއެކްސްޕޯޓު ކުރަން) ފުރުސަތު ދިން ކަމަށެވެ. އަދި ދޫނިތައް އެތެރެކުރި ފަރާތަށް ތަކުރާރުކޮށް ރީ-އެކްސްޕޯޓު ކުރަން ފުރުސަތު ދިނުމުން ވެސް އެ ފުރުސަތުގެ ބޭނުން ނުހިފި ކަމަށް މިނިސްޓްރީން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ދޫނިތަކުގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މަރުވެފައިވާ ދޫނިތައް ހުރީ ބިންމަތީގައި އަތުރާލާފަ އެވެ. އޭގެ ތެރެއިން ބައެއް ދޫނިތައް ހުރީ ކޮތަޅުތަކަށްލާ ބަންދުކޮށްފަ އެވެ.

މި ދޫނިތައް މަރާލި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ގިނަ މީހުން ވަނީ މިކަމުގައި ފިޝަރީޒް މިނިސްޓްރީން އަމަލުކުރީ އަނިޔާވެރިކޮށް ކަމަށެވެ. އަދި މި ނޫން ގޮތަކަށް މިކަން ކުރެވޭނެ ކަމަށާއި ގަވާއިދާ ހިލާފުވެގެން ވެސް މި ނޫން ގޮތެއް އޮންނަން ޖެހޭ ކަމަށް ބުނެ މީހުން ދަނީ މިނިސްޓްރީއަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox