މަސްކު ޝަކުވާ ކުރުމުން ބައިޑެން "ޓެސްލާ"ގެ ނަން ވިދާޅުވެއްޖެ

ޓެސްލާގެ ވެރިޔާ، ބިލިއަނަރު އެލޮން މަސްކް. --ފޮޓޯ: އޭއެފްޕީ

ޓެސްލާގެ ވެރިޔާ، ބިލިއަނަރު އެލޮން މަސްކް. --ފޮޓޯ: އޭއެފްޕީ

ނިއު ޔޯކް، އެމެރިކާ (ފެބްރުއަރީ 9) - އިލެކްޓްރިކް ކާރުގެ ވާހަކަ ދައްކަވާ އިރު، ޓެސްލާގެ ނަން ފާހަގަނުކުރާތީ ކުންފުނީގެ ވެރިޔާ އަދި ބިލިއަނަރު އެލޮން މަސްކު ޝަކުވާ ކުރުމުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އެންމެ ފަހުން ޓެސްލާގެ ނަން ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހު ބައިޑެން އެންމެ ފަހަރަކު ވެސް ޓެސްލާގެ ނަން ވިދާޅުނުވާ ކަމަށް މަސްކު ބުނެ އެވެ.

ކާރު އުފައްދާ ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްތެރިން ޔޫނިއަންގައި ހިމެނޭ މީހުން ނެގުމަށް ތާއީދު ކުރާ ކަމަށް ވައިޓް ހައުސް އިން ދާދި ފަހުން ބުންޏެވެ. ނަމަވެސް އެ ވާހަކައިގެ ތެރެއިން ވެސް ޓެސްލާގެ ނަން ވަކިން ފާހަގަނުކުރުމުން މަސްކް ހުރީ ހިތްހަމަނުޖެހިފަ އެވެ.

"ނޭނގޭ ބައެއް ސަބަބުތަކާ ހެދި، އެމެރިކާގެ ރައީސަށް ޓެސްލާގެ ނަން ވިދާޅެއް ނުވެވޭ،" ބައިޑެންގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރުމަށް ފަހު މަސްކް ޓްވީޓް ކުރި އެވެ.

އޭގެ ފަހުން ޓެނެސީގައި އިލްޓްރިކް އުޅަނދު ޗާޖު ކުރާނެ ފެކްޓްރީއެއް އުފައްދަން ނިންމިކަން އިއުލާނު ކުރައްވަމުން ބައިޑެން ވަނީ ޓެސްލާގެ ވާހަކަ ދައްކަވާފަ އެވެ.

އެމެރިކާގެ ފެކްޓްރީތަކުގައި އިންވެސްޓް ކުރަމުން އަންނަ ކުންފުނިތަކާއި އެ ކުންފުނިތަކުގެ އިލެކްޓްރިކް އުޅަނދުތައް ފާހަގަކުރަމުން ބައިޑެން އެންމެ ފުރަތަމަ ވިދާޅުވީ ޒަމާންވީ ކުންފުނިތައް ކަމަށްވާ ޖީއެމް އަދި ފޯޑްގެ ވާހަކަ އެވެ. ނަމަވެސް އޭގެ ފަހުން ޓެސްލާގެ ވާހަކަ ފާހަގަކުރައްވާ، ބައިޑެން ވިދާޅުވީ އެއީ "ގައުމުގެ އެންމެ ބޮޑު އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox