ކުޑަފަރި ގޮނޑުދޮށް ހިމާޔަތްކުރަން 15 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

ކުޑަފަރި މަތިން ނަނގާފައިވާ ފޮޓީއެއް: އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާނެ -- ފޮޓޯ: މަނިކު އާޓްސް، ފޭސްބުކް

ކުޑަފަރި މަތިން ނަނގާފައިވާ ފޮޓީއެއް: އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާނެ -- ފޮޓޯ: މަނިކު އާޓްސް، ފޭސްބުކް

ނ.ކުޑަފަރި ގޮނޑުދޮށް ހިމާޔަތް ކުރަން 15 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން އެ ދެ ރަށުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރެއް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ދެ ރަށުގެ ގޮނޑުދޮށް ވެސް ހިމާޔަތްކޮށް ނިންމެޖެހޭ ގޮތަށެވެ.

އެ މަޝްރޫއަށް ވެސް ސަރުކާރުން ހަރަދުކުރަނީ ގްރީން ފަންޑުން ލިބޭ ފައިސާއިންނެވެ. މި ފަންޑަކީ ރާއްޖެއަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ނަގާ ގްރީން ޓެކުހުން ހިންގާ ފަންޑެކެވެ.

ނ.ކުޑަފަރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު

އަގު: 15،011،223.92 ރ.

މުއްދަތު: 300 ދުވަސް

ކުރެވޭ މަސައްކަތްތައް: ރަށުގެ އުތުރު ފަރާތުގައި 100 މީޓަރުގެ، އަދި ދެކުނު ފަރާތުގައި 618 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ގާއިމުކޮށް ބީޗް ގާއިމުކޮށް ބީޗް ރިޕްލެނިޝްކުރުން (ވެލި އަޅިއިގެން ގޮނޑުދޮށް ފެށޭ ހިސާބު ނުވަތަ ޝޯލައިން ބޮޑުކުރުން)

އެރަށަކީ ތިމާވެށީގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ރަށެކެވެ. ދެކުނު ފުއްޓަރުގެ ބޮޑު ބައެއް ގިރި، ހޭޅި ފަށުގައި ހުރި ބައެއް ގަސްތައްވެސް ބިމުން ލުހިފައިވާ ފޮޓޯތަކާއި ވީޑިޔޯތައް މީގެ ދެ އަހަރު ކުރިންވެސް މީސް މީޑިޔާގައި ދައުރި ވިއެވެ.

އެރަށުގެ ފިރިހެނުން އާއްމު ގޮތެއްގައި ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކެވެ. ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށްވެސް މިރަށުގެ ރައްޔިތުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ރަށަކީ މަސްވެރިރަށެއް ނޫނެވެ. އެހެންނަމަވެސް ފަރުމަހުގެ މަސްވެރިކަން ކުރާ ކުދި ދޯނިފަހަރު އެ ރަށުގައި ގެންގުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox