އެފްރިކަން ޔޫނިއަންއިން އިޒްރޭލާ މެދު ގޮތެއް ނިންމުން ފަސްކޮށްފި

އެފްރިކަން ޔޫނިއަންގެ އާ ޗެއާޕާސަންއަކީ ސެނެގޯލްގެ ރައީސް މެކީ ސޯލް (ކ). -- ފޮޓޯ: އޭއެފްޕީ

އެފްރިކަން ޔޫނިއަންގެ އާ ޗެއާޕާސަންއަކީ ސެނެގޯލްގެ ރައީސް މެކީ ސޯލް (ކ). -- ފޮޓޯ: އޭއެފްޕީ

އަޑިސް އަބާބާ، އިތިއޯޕިއާ (ފެބްރުއަރީ 7) - އެފްރިކާގެ ބައެއް ގައުމުތަކުގައި ހިނގަމުންދާ ބަގާވާތްތައް ކުށްވެރިކޮށް އިޒްރޭލަށް "އޮބްޒާވާ ސްޓެޓަސް" ދިނުމާ މެދު ގޮތް ނިންމުން އެފްރިކަން ޔޫނިއަންއިން ފަސްކޮށްފި އެވެ.

އަޑިސް އަބާބާގައި ފެށި އެފްރިކަން ޔޫނިއަންގެ ސަމިޓުގައި މެމްބަރު 55 ގައުމުން ބައިވެރިވި އެވެ. ދެ ދުވަހުގެ ސަމިޓް ނިންމާލަމުން، ޔޫނިއަންއިން ވަނީ އެފްރިކާގެ ގައުމުތަކުގައި ހިންގަމުންދާ ބަގާވާތްތައް ކުށްވެރިކޮށްފަ އެވެ.

ސަމިޓް ފަށަން ގާތްވެފައި ވަނިކޮށް ބުރްކީނާ ފާސޯގައި ބަގާވާތްކޮށް ރައީސް ރޯޗް މާކް ކްރިސްޓިއަން ކަބޯރޭ މަގާމުން ދުރު ކުރުމުން އެ ގައުމު ވަނީ ޖަމިއްޔާއިން ސަސްޕެންޑުކޮށްފަ އެވެ. އޭގެ ކުރިން ގިނީ، މާލީ އަދި ސޫދާން ވެސް ސަސްޕެންޑް ކުރީ ބަގާވާތްތަކާ ހެދި އެވެ.

އޭގެ އިތުރުން އިޒްރޭލް ބަލައިގަނެ، ޖަމިއްޔާގެ އޮބްޒާވާ މެމްބަރެއްގެ ގޮތުގައި ހިމެނުމަށް މިދިޔަ ޖުލައި މަހު އެފްރިކަން ޔޫނިއަން ކޮމިޝަންގެ ރައީސް މޫސާ ފާކީ މަހަމަތް ނިންމެވުމުން އެކަމާ ދެކޮޅަށް ފަލަސްތީނުން ހުށަހެޅި މައްސަލަ ވެސް ސަމިޓުގައި ކުރިއަށް ދިޔަ އެވެ.

ސަމިޓުގެ ތެރެއިން ނިންމީ އިޒްރޭލާ ގުޅޭ ވޯޓު ފަސްކޮށް، އެ މައްސަލަ ދިރާސާ ކުރުމަށެވެ. މިދިޔަ އަހަރު އިޒްރޭލަށް އޮބްޒާވާ ސްޓެޓަސް ދިނުމާ ދެކޮޅަށް ތެދުވި ގައުމުތަކުގެ ތެރޭގައި ދެކުނު އެފްރިކާ އަދި އަލްޖީރިއާ ހިމެނެ އެވެ.

އެ މައްސަލަ ދިރާސާ ކުރަން ހަ ގައުމެއް ހިމެނޭ ކޮމިޓީއެއް ވަނީ ހަދާފަ އެވެ. ދެކުނު އެފްރިކާ އާއި އަލްޖީރިއާގެ އިތުރުން ކޮމިޓީގައި ދެން ހިމެނެނީ ރްވާންޑާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އެވެ. އެ ދެ ގައުމުން އިޒްރޭލަށް ތާއީދުކުރެ އެވެ. ދެން ހިމެނެނީ ކެމެރޫން އާއި ނައިޖީރިއާ އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލް ބަލައިނުގަންނަން ބާރު އަޅަން އަލްޖީރިއާ އާއި ދެކުނު އެފްރިކާއިން ކުރަމުން ދިޔަ މަސައްކަތަށް އެފްރިކަން ޔޫނިއަންއިން ހުރަސް އަޅާފައިވާ ކަމަށެވެ.

އިޒްރޭލުގެ މައްސަލަ ދިރާސާ ކުރާ ކޮމިޓީގެ ހޯދުންތަކާ އެކު ރިޕޯޓު ހުށަހަޅަން ޖެހެނީ 2023 ވަނަ އަހަރު އޮންނަ އެފްރިކަން ޔޫނިއަން ސަމިޓަށް ކަމަށް ވެސް އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox