ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅޭ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ފައިނަލް މެޗު މިރޭ މީޑިއާނެޓުން ވަގުތުން ދައްކާނެ އެވެ.
މީޑިއާނެޓްގެ އައިސް ޓީވީ ޗެނަލުން މި ފަހަރުގެ އެފްރިކަން ކަޕްގެ ހުރިހާ މެޗެއް ވަގުތުން ދައްކަ އެވެ. މިރޭ އެ މުބާރާތުގެ ފައިނަލުގައި މިސްރާއި ސެނެގާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު ފަށާނެ އެވެ. އެ މެޗު ވެސް، މީޑިއާނެޓްގެ އައިސް ސްޕޯޓްސް އިން ދައްކާނެ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިސްރުން އަށް ވަނަ ފަހަރަށް ތަށި ހޯދުމުގެ އަމާޒުގައި ނުކުންނައިރު، އެ ކާމިޔާބީ އަށް އެންމެ ބޮޑަށް ފެންބޮވައިގަނެފައި ހުރި ކުޅުންތެރިއަކީ މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު އެވެ.
މިސްރުން މިރޭގެ ފައިނަލަށް ނުކުންނާނީ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ ކާލޮސް ކުއެރޯޒް ނެތި އެވެ. ސެމީ ފައިނަލްގައި ކެމަރޫން އަތުން މިސްރު މޮޅުވި މެޗުގައި ކުއެރޯޒަށް ރަތް ކާޑެއް ދެއްކުމުން މިރޭގެ ފައިނަލަށް އޭނާ ސަސްޕެންޑްވީ އެވެ.
އެންމެ ފަހުން 2019 ވަނަ އަހަރުގެ ފައިނަލުގައި އަލްޖީރިއާ އަތުން ބަލިވި ސެނެގާލް އިން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ އެފްރިކަން ކަޕްގެ ފައިނަލުގައި ކުޅުމުގެ ފުރުސަތު މިވަނީ ހޯދައިފަ އެވެ.
ސެނެގާލުން މިހާތަނަށް އެފްރިކަން ކަޕްގެ ޗެމްޕިއަންކަން ހޯދާފައިނުވާއިރު، މިއީ އެކަން ނިމުމަކަށް ގެންނަން ލިބިފައިވާ ފުރުސަތެއްގެ ގޮތުގައި އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު އަލިއޫ ސީސޭ ގަބޫލުކުރެ އެވެ. ސެނެގާލުން މި ފަހަރުގެ އެފްރިކަން ކަޕްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއަކީ ސަޑިއޯ މާނޭ އެވެ.
މިރޭގެ ފައިނަލް މެޗު ބަލަން ސެނެގާލްގެ ރައީސް މެކީ ސާލް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި އެފްރިކާގެ ފުޓްބޯޅަ ރައީސް ޕެޓްރީސް މޮޓްސެޕޭ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މީޑިއާނެޓްގެ އައިސް ސްޕޯޓްސް އަކީ ކުޅިވަރުގެ ގިނަ ވަރުގަދަ މެޗުތަކެއް ދައްކާ ޗެނަލެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ދެ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކާއި ސްޕެނިޝް ލީގުގެ މެޗުތައް މީޑިއާނެޓްގެ އައިސް ޓީވީން ދައްކަ އެވެ. އަދި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ވަރުގަދަ މުބާރާތްތަކުގެ މެޗުތައް އައިސް ޓީވީން އަންނަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދެމުންނެވެ.
މި މެޗު އެމްއެސް މީޑިއާނެޓް އެޕް މެދުވެރިކޮށް ފޯން, ލެޕްޓޮޕް އަދި ޓެބްލެޓުން ކޮންމެތާކުން ވެސް ބަލައިލެވޭނެ އެވެ. އަދި މެޗް މިސްވެއްޖެޔާ 'ސްޓާރޓް އޯވާ' ފީޗާ މެދުވެރިކޮށް ފަށައިގެން ނުވަތަ 'ކެޗް އަޕް' ފީޗާ މެދުވެރިކޮށް ހަތަރު ދުވަހު ފަހުންވެސް ބަލައިލެވޭނެ އެވެ. އެމްއެސް މީޑިއާނެޓް އެޕްގެ އެމެއެސް ކޮމްބޯ ޕެކޭޖް 74 ރުފިޔާގެ ޑިސްކައުންޓް އަގެއްގައި މިހާރު ލިބޭނެ އެވެ. އަދި މީޑިއާނެޓްގެ 'ވޯންޓް އިޓް އޯލް' ޕެކޭޖު ގެންގުޅުއްވާ ކަސްޓަމަރުންނަށް އެއްވެސް އަގަކާ ނުލާ މި ހިދުމަތް ޑައުންލޯޑްކޮށް މެޗް ބަލައިލެވޭނެ އެވެ.
ސްޓާޓް އޯވާ އަދި ކެޗްއަޕް ފީޗާއަކީ އެމްއެސްޓީވީ އަދި އެމްއެސް ލައިޓު އެޕްލިކޭޝަންގައިވެސް ހިމެނޭ ފީޗާއެކެވެ.
މި މެޗާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: 0800332 ގުޅާލާށެވެ.










