އެފްރިކަން ކަޕް: ފަހަތުން އަރައި މޮޅުވެ ކެމަރޫނުން ތިން ވަނަ ހޯދައިފި

Feb 6, 2022, 4:56 AM
ތިން ވަނަ ހޯދުމަށް ފަހު ކެމަރޫން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ތިން ވަނަ ހޯދުމަށް ފަހު ކެމަރޫން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔައުންޑޭ، ކެމަރޫން (ފެބްރުއަރީ 6) - ފަހު 20 މިނިޓް ތެރޭ ތިން ގޯލު ކާމިޔާބުކޮށް ބުރްކީނާ ފާސޯއާ އެއްވަރުކުރުމަށް ފަހު ޕެނަލްޓީ ޖަހައިގެން 5-3 އިން މޮޅުވެ، ކެމަރޫނުން އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ މި ފަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.

އެފްރިކާގެ ޝަރަފްވެރި ތަށި ފަސް ފަހަރު އުފުލާލާފައިވާ ކެމަރޫނުން ރޭގެ މެޗު ފެށީ ދަށްކޮށެވެ. އޭގެ ފައިދާ ބުރްކީނާ ފާސޯ އިން ރަނގަޅަށް ނެގި އެވެ. މެޗުގެ ފުރަތަމަ 50 މިނިޓް ތެރޭ ބުރްކީނާ ފާސޯ އިން ތިން ގޯލުގެ ލީޑެއް ނެގި އެވެ. މެޗުގެ 24 ވަނަ މިނިޓްގައި އީސާ ކަބޯރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްޓީވް ޔާގޯ ވަނީ ބުރްކީނާ ފާސޯ އަށް ލީޑުނަގައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެމަރޫންގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އަތުން ބައިކޮޅަށް ވަން ގޯލުން ބުރްކީނާ ފާސޯ އިން ލީޑުފުޅާކުރި އެވެ.

ދެ ވަނަ ހާފް ފަށައިގެން ހަތަރު މިނިޓް ތެރޭ ބުރްކީނާ ފާސޯ ތިން ވަނަ ގޯލު ޖެހި އެވެ. ބާޓްރަންޑް ޓްރައޯރޭ ނެގި ބޯޅައަކުން މި ގޯލު ޖެހީ ޖިބްރީލް އުޓާރާ އެވެ.

ކެމަރޫނުން މެޗުގެ ތެރެއަށް އެނބުރި އައިސް ރަނގަޅަށް ކުޅެން ފެށީ ފަހު 25 މިނިޓް ތެރޭގަ އެވެ. އެ ޓީމުން ފުރަތަމަ ގޯލު ޖެހީ މެޗުގެ 71 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ސްޓެފަން ބަހޯކެން އެވެ. އޭގެ ފަހުން މެޗުގެ 85 އާއި 87 ވަނަ މިނިޓްގައި ކެމަރޫންގެ ކެޕްޓަން، ވިންސެންޓް އަބޫބަކާރު ވަނީ ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އަބޫބަކާރު މި ފަހަރުގެ ކަޕް އޮފް ނޭޝަންސް ނިންމާލީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުގަ އެވެ. ހަތް މެޗުން އޭނާ ވަނީ އަށް ގޯލު ޖަހައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 3-3 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް އެ ނަތީޖާއެއް ނުނެރެވި ޕެނަލްޓީ ޖަހަން ޖެހުނެވެ. ސެމީ ފައިނަލުގައި މިސްރު އަތުން ޕެނަލްޓީ ޖަހައިގެން ކެމަރޫން ބަލިވި ނަމަވެސް ރޭ ވަނީ އެކަން ތަކުރާރުވިޔަ ނުދީފަ އެވެ. ކެމަރޫނުން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ.

ކެމަރޫންގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަބޫބަކާރު، ނިކޮލަސް އެންގަމަލޭއު، ކާލް ޓޯކޯ-އެކަމްބީ، ޕިއޭރޭ ކޫންޑޭ އަދި އަމްބްރޮއިސް އޮޔޯންގޯ ބިޓޯލޯ އެވެ. ބުރްކީނާ ފާސޯ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރި އެވެ. ކަބޭރޯ އާއި ޔާގޯ އަދި އުޓާރާ ޕެނަލްޓީތައް ވައްދާލިއިރު، އެ ޓީމުގެ އިބްރާހިމް ބްލާޓީ ޓޫރޭ ޖެހި ޕެނަލްޓީ ކާމިޔާބެއްނުވި އެވެ.

އެފްރިކަން ކަޕްގެ ފައިނަލުގައި މިރޭ ސެނެގާލުން ނުކުންނާނީ މުބާރާތުގެ ތަށި ހަތް ފަހަރު ހޯދާފައިވާ މިސްރާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox